މައިކްރޯސޮފްޓް އޮފީސް 2021 އަންނަ މަހު ނެރެނީ

ހަސަންވީ 19 ސެޕްޓެމްބަރު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

މައިކްރޯސްފްޓް އިން ވަނީ އަންނަ އޮކްޓޯބަރ މަހު 5 ވަނަ ދުވަހު އޮފީސް 2021 ނެރޭނެކަން ބްލޮގް ޕޯސްޓެއްގައި ހާމަކޮށްފައެވެ. އޮފީސް 365 އާއި ޚިލާފަށް އޮފީސް 2021 ގައި މަހުން މަހަށް ސަބްސްރިޕްޝަން ފީ އެއް ދެއްކުމުގެ ބަދަލުގައި އެއްފަހަރާ އަގެއް ދައްކައިގެން އުމުރުދުވަހު ބޭނުންކޮށްލެވޭނެއެވެ. އޮފީސް ގެ އައު ވާޝަން މިނެރެނީ ވިންޑޯސް 11 ވެސް ނެރެން ހަމަޖެހިފައިވާ ދުވަހުއެވެ.

އޮފީސް 2021 ގައި ވަރަށް ގިނަ އައު ފީޗާރސް ހިމަނާފައިވެއެވެ. އޭގެ ތެރޭގައި :

* އެކްސެލް 2021 އަށް އިތުރުވި : އެކްސް ލޫކްއަޕް، ޑައިނަމިކް އެރޭސް، ލެޓް ފަންކްޝަން، އެކްސް މެޗް،

* ޕަވަރޕޮއިންޓް 2021 އަށް އިތުރުވި: ޕްރެސެންޓޭޝަން ރިކޯޑްކުރާ ފީޗަރ، އިންކް ސްޓްރޯކް ރިޕްލޭ،

* އައުޓްލުކް 2021 އަށް އިތުރުވި: 70 ބަހަށް ތަރުޖަމާކުރުން، އީމެއިލްތަކުގައި ކުރެހުން، އިންސްޓެންޓް ސާޗް

* އޮފީސް ގިނަ އެޕްތަކަށް: އައު ޔޫޒަރ އިންޓަފޭސްއެއް، ޑްރޯ ޓެބްގެ އަޕްޑޭޓެއް، ވަން ޑްރައިވް އޮޓޯ ސޭވް، އޯޑީއެފް ފައިލް ސަޕޯޓް، ސްކެޗްޑް އައުޓްލައިން، އައު ކަލަރ ޕިކަރއެއް

މީގެ އިތުރުން އޮފީސް 2021 ގައި ހިމެނޭ އެޕްތައް ފާސްޓް ވާނެ ކަމަށް މައިކްރޯސޮފްޓްއިން ފާހަގަކުރެއެވެ.

އޮފީސް 2021 އަކީ އޮފީސް 2019 ގެ އަޕްޑޭޓެޑް ވާޝަންއެވެ. އޮފީސް 2019 ވިއްކާފައިވަނީ އެއްފަހަރާ 149 ޑޮލަރު ދައްކާގޮތަށެވެ. އައުފީޗަރތައް ނުލިބުނު ކަމުގައިވީނަމަވެސް އޮފީސް 2019 ގެ ސެކިއުރިޓީ އަޕްޑޭޓްތައް ލިބޭނެއެވެ. ބެލެވޭގޮތުގައި އޮފީސް 2021 ވެސް ނެރޭނީ އޮފީސް 2019 އާއި އެއްވަރު އަގެއްގައެވެ.

ހަސަންވީ

ހަސަންވީ

ޓެކްނޮލޮޖީގެ ފޭންއެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.