އެޕަލް ގެ އާ އެމް ވަން މެކްސް މެކްބުކް ޕްރޯ ހައި ޕަރފޯރމަންސް މޯޑަށް ލުމަށަ ވާރޗުއަލް ޓާރބޯ ބަޓަން އެއް ހިމެނިގެންދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށް މެކްރޫމާސް އިން ހާމަކޮށްފިއެވެ.
މެކްރޫމާސްގެ ކޮންޓްރިބިއުޓަރ ސްޓީވް މޯސަރ ކޮށްފައި ވާ ޓުވީޓެއްގައި ބުނާ ގޮތުގައި އެޕަލް ގެ މި އަހަރު ނެރޭ މި މެކްބުކް ޕްރޯގައި މެކްސިމަމް ޕަރފޯރމަންސް އަށް ޖައްސާލުމަށް ވަރޗުއަލް ބަޓަން އެއް ހިމެނޭނެއެވެ. ސްޓީވް ވަނީ މި އަހަރު އައު މެކްބުކާއެކު ނެރޭނެ މެކް އޯއެއެސް މޮންޓަރޭގެ އޮޕަރޭޓިންގ ސިސްޓަމްގެ އެންމެ ފަހުން ނެރުނު ބީޓާ ރިލީސްގެ ސޯރސް ކޯޑް ބަލާފައެވެ.
މެކްރޫމަރސް އިން ދެކޭގޮތުގައި މި އާ ފީޗާ އަކީ އެމް ވަން މެކްސް ޗިޕަށް ހާއްސަ ފީޗާއެކެވެ. އަދި އެމް ވަން ޕްރޯ ނުވަތަ އޮރިޖިނަލް އެމް ވަން ޗިޕަށް މިފީޗަރ މަސައްކަތް ކޮށްފާނެކަމަށް ނުބެލެވެއެވެ.
2018 ވަނަ އަހަރު ނެރުނު މެކްބުކް ތަކުގެ ކޯރ އައި ނައިން އަށް ވުރެ އޭގެ ކުރީ އަހަރު ނެރުނު މެކްބުކް ގެ ކޯރ އައި ސެވެން ވާޝަން ވަނީ ހައި ޕަރފޯރމަންސް ދަށްކާފައެވެ. ނަމަވެސް ކުރިން ވަނީ ތަރމަލް ތްރޮޓްލިން ގެ މައްސަލަތަކެއް ދިމާވުމާއި އެކު އެޕަލް ގެ ސޮފްޓްވެއަރ އަޕްޑޭޓޭއްގައި އެކަން ވަނީ ރަނގަޅު ކޮށްފައެވެ.
މި ހައި ޕަވަރ މޯޑް (ވަރޗުއަލް ބަޓަން) އިން އިތުރު ޕަރފޯމަންސް ދެއްކޭތޯ، އަދި މި ހަފްތާގައި ސްޓޭޖް މަތީގައި އެޕަލް އިން ތައާރަފުކުރި މި އެމް ވަން ޕްރޯ އަދި މެކްސް ޗިޕް ތަކުގެ ޕަރފޯރމަންސް ކިހާ ރަނގަޅު ތޯ ބަލާލުމަކީ ޝައުޤުވެރި ކަމަކަށް ވާނެއެވެ.
މިއަހަރު ނެރޭނެ މި އައު އެމް ވަން ޗިޕް ތަކުގެ ޕަރފޯރމަންސް ވަރަށް ރަނގަޅުވާނޭ ކަމަށް މެކްރޫމަރސް އިން ބުނެއެވެ.
އިތުރަށް ކިޔާލުމަށް:
ޑިވެލޮޕާރ