ތިމާވެށި ހިމާޔަތް ކުރުމުގައިދަނީ ވަގުތުގެއްލެމުން ގޫގަލްގެ ސީއީއޯ

އާހިލް އާސިމް އަބްދުالله 23 އޮކްޓޯބަރު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

މީގެ އަހަރެއް ކުރިން، ގޫގަލްގެ ސީއީއޯ ސުންދަރް ޕިޗާއީ ވައުދުވެފައި ވަނީ، ކުރިއަށް އޮތް 10 އަހަރު ތެރޭގައި އެ ކުންފުނީގެ އޮފީސްތަކުންނާއި ޑާޓާ ސެންޓަރުތަކުން ކާބަން އެމިޝަން އެއްކޮށް ނައްތާލުމަށެވެ. މީގެ މާނައަކީ، ކޮންމެ ގޫގުލް ސާޗް އަކާއި، ޖީމެއިލް މެސެޖެއްގެ އިތުރުން ޔޫޓިއުބް ވީޑިޔޯތައް ޕަވަރ ވެގެން ދާނީ، ދުވަހެއްގެ ކޮންމެ ގަޑިއިރެއްކަމުގައިވީ ނަމަވެސް، ސާފު ހަކަތައިގެ ބޭނުންކޮށްގެންނެވެ. މިއީ މި ބަވަނަ ވެފައިވާ ދުނިޔޭގައި ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމާއި މެދު ކުޑަވެސް ޝައްކެތް ނެތެވެ.

ބައެއް ސަރަޙައްދުތަކުގައި ގޫގަލްގެ މަގު ވަރަށް ސާފެވެ. ބޭ ވިއުގައި، އަންނަ އަހަރު ހުޅުވަން ހަމަޖެހިފައިވާ ކެލިފޯނިއާގެ މައުންޓެއިން ވިއު ކެމްޕަހުގައި ބޭނުންކުރެވިގެން ދާނީ ސޯލާ ޕެނަލްތަކެވެ. މި ޕެނަލްތައް ފަރުމާކުރެވިގެންދާނީ، ގޫގުލްއިން ބުނާ ގޮތުން ނަމަ، 'ޑްރެގަން ސްކޭލް' އަކަށެވެ. ކުންފުނިން އަންދާޒާކުރާ ގޮތުގައި، އެމީހުން ބޭނުންކުރާ ހަކަތައިގެ ގާތްގަނޑަކަށް 90 އިންސައްތަ އުފައްދާނީ އެއްވެސް ކަހަލަ ޖައްވު ހޫނުކުރާ ގޭހެއް ބޭރުނުވާނެހެންނެވެ. ގޫގުލްއިން މިހާރުވެސް ބޮޑު ޢަދަދެއްގެ އަލުން އިއާދަކުރެވޭފަދަ ހަކަތަ އުފައްދާ ފަމްތައް ސައުތު އެމެރިކާއިންނާއި ޔޫރަޕްއިން ގަނެފައި ވާއިރު، މީގެ ތެރޭގައި، ބެލްޖިއަމްގެ ނޯތް ކޯސްޓުގައި 92 މެގަވޯޓުގެ އޮފްޝޯ ވިންޑް ފާމެއްގެ ޑީލެއްވެސް ހިމެނެއެވެ.

އެހެންނަމަވެސް، ބައެއް ސަރަޙައްދުތަކުގައި، ގޫގުލްއިން އެހެން ހަކަތައިގެ ބާވަތްތަކާއި، އަދި ވުޖޫދުގައި ނުވާ ބައެއް ކަހަލަ ޓެކްނޮލޮޖީއަށް ބަރޯސާވާން އެބަ ޖެހެއެވެ.

ޕިޗާއީ ދެކޭ ގޮތުގައި، ކާރބަން-ފްރީ ހަކަތާއާއި ދިމާލަށް މިސްރާބުޖެހުމަކީ އުފެއްދުންތެރިކަމަށް އޮތް ފުރުޞަތެއް ކަމަށާއި، މިކަމުގެ ސަބަބުން ކުރިމަގުގައި ގޫގުލްގެ ވިޔަފާރިއަށް، ޚާއްޞަ ގޮތެއްގައި ކްލައުޑް ކޮމްޕިއުޓިންގއަށް، ބޮޑު އެހީއެއް ލިބިގެން ދާނެ ކަމަށެވެ. ނަމަވެސް، މި އަމާޒަށް ވާޞިލުވުމަށް ބައެއް ކަހަލަ ގުރުބާނީތަކެއް ކުންފުނިން ވާންޖެހޭނެ ކަމަށްވެސް އޭނާ އެއްބަސްވެފައި ވެއެވެ.

ޕީޗާއީ ވިދާޅުވި ގޮތުގައި ގޫގަލް އިން ބޭނުންވަނީ ސަސްޓެއިނަބިލިޓީގެ މިސާލެއް ދައްކާށެވެ. މީގެ އެންމެ ޚާއްޞަ ސިފައެއްގެ ގޮތުގައި ފެނިގެންދާނީ ހަމަގައިމުވެސް ޑްރެގަންސްކޭލް ސޯލަރ ޕެނަލްތަކެވެ. ސޯލާ ފުރާޅުތަކަކީވެސް އޭގެ އަމިއްލަ ޒާތުގައި ވަރަށް ހިތްގައިމު އެއްޗެކެވެ. އަދި އޭގެ ސަބަބުން ހަކަތަވެސް ސަލާމަތްކޮށްދެއެވެ. އެހެންކަމުން، ޓެކްނޮލޮޖީގެ އިންތައް ކުރިއަށް ޖައްސާލާ ތީމަކަށް މިކަން ފެތޭނެއެވެ.

އަތްވާއި ވައިގެ ހަކަތައިގެ އަގުތައް ކުޑަވެގެން ދިޔަ ނަމަވެސް، 24 ގަޑިއިރުގެ ކާރބަން-ފްރީ އަމާޒުގެ ބައެއްގެ ގޮތުގައި ހިމަނާފައިވާ ބައެއް ކަންކަމަކީ ވަރަށް އަގު ބޮޑު އަދި އެކްސްޕެރިމެންޓަލް ކަންތައްތަކެކެވެ. ޕީޗާއީ ވިދާޅުވި ގޮތުގައި މިކަންތައްތަކަކީ ސްޓްރެސް އޮތް ކަމެކެވެ. ވޭތުވެދިޔަ 10 އަހަރު ތެރޭގައި ވައިގެ ހަކަތަ 70 އިންސައްތަ ދަށް ވެފައި ވާއިރު، އަވީގެ ހަކަތަ 90 އިންސައްތަ މިވަނީ ދަށް ވެފައެވެ. އެހެންކަމުން، ޕީޗާއީ ވަދާޅުވިގޮތުގައި މި ބެޓް ކުރެވެނީ ޓެކްނޮލޮޖީ ކާވްއެއްގެ މައްޗަށްކަމަށާ، އަދި މިއީ ލިބޭ ހިތްހަމަޖެހުމެކެވެ.

ގޫގަލް އިން މިހާރު މަސައްކަތް ކުރަނީ އެންމެ ފުރަތަމަ ފަހަރަށް ނެވާޑާ ޑާޓާ ސެންޓާރގައި ޖިއޯތާރމަލް ހަކަތަ ބޭނުންކުރުމަށެވެ. ތިމާވެށި ހިމާޔަތް ކުރުމުގެ މި އަމާާޒާއިއެކު އާ ޓެކްނޮލޮޖީ ތަޢާރަފުކޮށް، އޭގެ ތެރެއިން އާ މައްސަލަތައް ޙައްލުކޮށް ބައެއް ޕްރޮޖެކްޓުތަކަށް ފުރަތަމަ ފަންޑިންގ ހޯދައިދީ ކާވް ދައްކޮށްލެވޭނެއެވެ.

ޕީޗާއި ވިދާޅުވީ ޓެކްނޮލޮޖީއައިގެން މަސައްކަތް ކުރާ ނަމަ، އަދި އެ ފަދަ ތަހުލީލުތައް ކޮށް އާ އުފެއްދުންތައް އުފައްދާ ނަމަ، އެއިން ވިޔަފާރިއަށް ނަފާ ނުލިބޭ ފަހަރެއް ފެނިފައި ނެތެވެ. އިމާރާތްތައް ހަރުދަނާ ގޮތެއްގައި ފިނިކޮށް ބެހެއްޓާނެ ގޮތަކާއި މެދު ވިސްނުމުން، ވަގުތު ދާވަރަކުން އެކަން ވެގެންދާނީ 'ކްލައުޑް އޮފަރިންގ' އަކަށެވެ. ޑާޓާ ސެންޓަރުތަކުގައި ލޯޑުތައް އެއް ތަނުން އަނެއް ތަނަށް އުފުލުމުގައި ބޭނުން ކުރެވިގެން އަންނަނީ އާޓިފިޝަލް އިންޓެލިޖެންސެވެ. އެހުރިހާ ކަމެއް ގޫގުލްއާއި އަލްފަބެޓްގައި ކުރާ މަސައްކަތްތަކުގެ ތެރެއަށް ވަދެގަތުމަށް މަގުފަހިވެގެން ދާނެއެވެ. ވުމާއެކު، މިފަދަ މޮޅު ޓެކްނޮލޮޖީގެ އުފެއްދުންތަކަށް އިންވެސްޓުކުރުމަކީ އޭގެ ސަބަބުން ނަފާ ނުލިބޭނެ ކަމެއް ކަމަށް ދެކެވޭ އެއްވެސް ސަބަބެއް، ނެތްކަމަށް ޕީޗާއީ ވިދާޅުވިއެވެ.

ޕިޗާއީ ވިދާޅުވިގޮތުގައި ގޫގަލް އާއި އެކު މަސައްކަތް ކުރާ ގިނަ ކުންފުނިތަކުގެ ސީއީއޯއިންނާއި ދައްކާ ވާހަކައިގެ އެޖެންޑާގައި ސަސްޓެއިނަބިލިޓީ ހިމެނެއެވެ. ބުނަން މި އުޅޭ ވާހަކައަކީ، މިކަން ބޭރުފުށުން މާ ބޮޑަށް ހާމަ ވާން ނުހުންނާނެއެވެ. ގޫގަލް ބައްދަލުވުންތަކުގެ ދިގުމިނަކީ 30 މިނެޓު ކަމުގައި ވާނަމަ، އެ ބައްދަލުވުމުގައި ދެ ކުންފުނިން ސީދާ ސަސްޓެއިނަބިލިޓީ އާއި ގުޅޭ މަސައްކަތެއް ނުކުރި ނަމަވެސް، އޭގައި ސަސްޓެއިނަބިލިޓީ ހިމެނިގެން ދާނެއެވެ.

ގޫގަލްއަކީ ހުރިހާ ދާއިރާއެއްގެ ކުންފުނިތަކާއި ގުޅިގެން މަސައްކަތް ކުރާ ކުންފުންޏެކެވެ. ޕީޗާއީ ވިދާޅުވީ އެނާ ދެކޭ ގޮތުގައި، މިހާރު އެންމެ ކުރީގައި އުޅޭ ކުންފުނިތަކުން އޭގެ ބައިވެރިންނަށް އެހީތެރިކަން ފޯރުކޮށްދީ، ހަކަތައިގެ ދާއިރާ އިއާދަކުރުވަނިވި ހަކަތައަށް ބަދަލުކުރުމުގައި އެހީތެރިވުމަކީ ވަރަށް މުހިއްމު ކަމެކެވެ. އޭގައި އޭ.އައި ވަރަށް ބޮޑު ދައުރެއް އަދާކޮށްދޭނެއެވެ.

މިހާރު ގިނަ މީހުން ބަދަލަކަށް ބޭނުންވެ އެކަމާމެދު ވިސްނަމުން އެބަ ދެއެވެ، ޕީޗާއީ ދެކޭ ގޮތުގައި، ޕޮލިސީއެއް މިކަމުގައި ވަރަށް މުހިއްމެވެ. އެހެންކަމުން، ތަންކޮޅެއް ބޮޑަށް އެމިޝަން މަދުކުރުމަށްޓަކައި ޕޮލިސީތަކެއް ގާއިމުކުރުމަށް ގޫގަލްއިން ވަކާލާތުކޮށްފައިވާނެކަމަށް އެނާ ވިދާޅުވިއެވެ.

ލަފާ ކުރެވޭ ގޮތުގައި މިއިން ލިބޭ ނަފާއަކީ ޖުމްލަ ގޮތެއްގައި ލިބޭ ނަފާގެ 0.1 އިންސައްތައަށް ވުރެ ވެސް ދަށް އިންސައްތައެކަމެކެވެ. އެހެންނަމަވެސް، މިއީވެސް ޓެކްނޮލޮޖީ ފޯރުކޮށްދިނުމުގައި މުހިއްމު އެއްޗެކެވެ. ގިނަ ބަޔަކު ވިސްނަމުން ދަނީ ބަދަލުތަކެއް ގެނައުމާއު ދޭތެރޭގައެވެ. ގޫގަލްއިންްަ ބޭނުންވަނީ އެ ބަދަލުތައް ގެނައުމުގައި ދައުރެއް އަދާ ކުރާށެވެ.

ގޫގަލްގެ ގިނަ ޕްރޮޖެކްޓުތައް ހިންގާ ތަންތަނުގައި މިހާރުވެސް ބޭނުންކުރަމުން ދަނީ އިއާދަކުރެވޭ ހަކަތައެވެ. ޕީޗާއީ ދެކޭ ގޮތުގައި ކާރބަން-ފްރީ ވުމަކީ ވަކި އިމެއް ކަނޑައެޅިފައިވާ ކަމެކެވެ. ވަކި ގޮތަކަށް ހިސާބުތައް ހަދަން ޖެހިއްޖެ ނަމަ، ކާރބަން-ފްރީ ވުމާއި ހަމައަށް ވާސިލުވުމަށް ކުރަން ޖެހޭ މަސައްކަތް ކުރަން ބޭނުންވަނީ މި އިމުގެ ތެރެއިންނެވެ. އޭރުން، ހިސާބުތައް ހެދުން ތިމާވެށްޓަށް ނޭދެވޭ އަސަރުތައް ނުކުރާނެހެން މަތިކުރެވިދާނެއެވެ.

މިގޮތަށް އިންވެސްޓް ނުކުރެވޭނެ އެތައް ސަރަޙައްދެއް މި ދުނިޔޭގައި ވާއިރު، މީގެ މައިގަނޑު އެއް ސަބަބަކީ ކާރބަން-ފްރީ ހާލަތަކަށް ދިއުމަށް ގޮންޖެހުންތައް ކުރިމަތިވުމެވެ. މީގެ ސަބަބުން، ނުއުފެއްދޭނެ ބައެއް ކަހަލަ ޚިދުމަތްތައް އުފެދިގެން ދިޔުމަށް މަގުފަހި ވެގެން ދާނެއެވެ.

އޭޝިޔާ ބައްރުގައި މި މަސައްކަތް ކުރުން ވެގެން ދާނީ ވަރަށް އުނދަގޫ ކަމަކަށެވެ. މިއީ އުނދަގޫ ކަމެއް ނަމަވެސް ގޫގަލްއިންހުރީ މި މަސައްކަތައިގެން ކުރިއަށް ދިޔުމަށް މިހުރީ ވަރަށް ކެތްމަދުވެފައެވެ. ސަބަބަކީ، ސިންގަޕޫރު ފަދަ ގައުމުތަކުގެ ސަރުކާރާއި ވާހަކަ ދައްކައިފި ނަމަ އެމީހުންވެސް މިފަދަ ކަންކަމަށް އަމާޒު ހިފައިފައި ވާވަރު އެނގިގެން ދާނެކަމަށް އޭނާ ވިދާޅުވިއެވެ.

ގޫގަލްއިންދަނީ ހުރިހާ ދިމާލެއްގައިވެސް ހުރި ގޫގަލްގެ ސަޕްލައި ޗެއިން ތަކާއި ސަޕްލަޔަރުން އޮޕަރޭޓް ކުރާ ތަންތަނަށް 5 ގިގަވޯޓުގެ އިޔާދަކުރުވަނިވި ހަކަތަ ގަތުމަށެވެ. މިހާރު އެމީހުންނަށް އެފަދަ ހަކަތައެއް ލިބެން ނެތެވެ. އެހެންކަމުން، އިޔާދަކުރުވަނިވި ހަކަތަ ލިއްބައިދޭ ތަކެތި އުފެއްދުމުގައި ގޫގަލް އިނދަނީ ބޮޑު ދައުރެއް އަދާކުރަމުންނެވެ. ފިޗާއި އިތުރަށް ވިދާޅުވިގޮތުގައި ގޫގަލް އަށްވަނީ ސަސްޓެއިނަބިލިޓީއަށް ކޮމިޓްމެންޓްތަކެއް ހެދިފައެވެ. މީގެ ސަބަބުން އެއްތަނުން އަނެއްތަނަށް ތަކެތި އުފުލުމުގައި ކާރބަންގެ ބޭނުން އޮފްސެޓްކޮށް، ގޫގަލްއިން ބޭނުންކުރާ ހުރިހާ އެއްޗެއްގެ ޕްރޮވެނެންސް ދެ ފުށް އެނގޭނެއެވެ. ވަގުތާއިއެކީ ބޭނުންކުރެވުނު މިންވަރަކުން އަލުން ބޭނުންކުރެވޭ ފަދަ ތަކެތި ބޭނުންކުރުމަށް ބާރުއެޅިގެން ދާނެއެވެ. މިއީ މިހާރު ގޫގަަލްގެ ވިސްނުން އަމާޒުވެފައިވާ ދާއިރާތަށްކަމަށް ޕީޗާއީ ވިދާޅުވިއެވެ.


އިތުރަށް ކިޔާލުމަށް :

ގޫގުލް 2030ގެ ކުރިން ކާބަން ފްރީ ކުންފުންޏަކަށް

ބިޓްކޮއިންގެ މޫސުމީ މައްސަލަ


އާހިލް އާސިމް އަބްދުالله

އާހިލް އާސިމް އަބްދުالله

އަޅުގަނޑުގެ ނަމަކީ އާހިލް އެވެ. ޓެކްނޮލޮޖީގެ އައު ވާހަކަތަކަށް ކެތްމަދުވެފައި ހުންނަ ޒުވާނެކެވެ!

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.