ހުޅުމާލެ ފޭސް ދޭކަށް މީޑިއާނެޓް ދިނުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

އަޙްމަދު އަޙްސަން 31 އޮކްޓޯބަރު 2021

އެޗް.ޑީ.ސީ އިން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ޤާއިމުކޮށްފައިވާ އޯޕަން އެކްސެސް ނެޓްވޯކް ބޭނުންކޮށްގެން މީޑިއާނެޓްގެ ޚިދުމަތްތައް ދިނުމާއި ގުޅޭ އެއްބަސްވުމެއްގައި މިއަދުވަނީ ސޮއި ކުރެވިފައެވެ. މި އެއްބަސްވުމުގައި ސޮއިކުރުމާއެކު، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް، އަދި ޚާއްސަކޮށް ހިޔާފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް މީޑިއާނެޓްގެ ޚިދުމަތްތައް ފަސޭހަ އަދި އަވަސްކަމާއެކު ލިބިގެންދާނެއެވެ.

އެޗް.ޑީ.ސީގެ އޯޕެން އެކްސެސް ނެޓްވޯކަކީ ޑިޖިޓަލް އިންފްރާސްޓްރަކްޗަރއެއްގެ މައިގަނޑު ވިއުގައެވެ. މި ނެޓްވޯކްގެ ޒަރީއާއިން އިންޓަނެޓާއި ޓީވީގެ ޚިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކަށް އެއް ވިއުގަ އަކުން ޚިދުމަތް ދެވޭނެއެވެ. މިގޮތުން، ޚިދުމަތް ދިނުމަށް ހޭދަވާ ޚަރަދު ކުޑަވެ، ރައްޔިތުންނަށްދެވޭ ޚިދުމަތުގެ އަގު ކުޑަވުމުގެ މަގު ވެސް ފަހިވެގެން ދާނެއެވެ. މީގެ އިތުރުން، ޚިދުމަތް ހޯދާ ފަރާތްތަކަށް އެއްވެސް ދަތިކަމެއް ނެތި، އަވަސްކަމާއެކު ގިނަ ޚިދުމަތްތަކެއް ލިބިގެން ދާނެ ވެސް މެއެވެ. އަދި ޚިދުމަތް ހޯދާ ފަރާތްތަކަށްވެސް އެއްވެސް ދަތިކަމެއްނެތި އަވަސްކަމާއެކު ގިނަ ޚިދުމަތްތަކެއް ލިބިގެން ދާނެއެވެ. ހަމަ މިއާއެކު މިފަދަ ޚިދުމަތްތައް ދޭފަރާތްތަކުން އެއްވިއުގައެއް ހިއްސާކުރުމުން ގިނަގިނައިން މަގު ކޮނުން ފަދަ ރައްޔިތުންނަށް ދަތިވާ ކަންކަން މަދު ކުރެވިގެންދާނެއެވެ.

އެޗް.ޑީ.ސީގެ މި ޒަމާނީ ފައިބަރ ވިއުގައިގެ މައްޗަށް ބިނާކުރެވިފައިވާ އިންފްރާސްޓްރަކްޗަރގެ ސަބަބުން މުޖުތަމައު ބޭނުންވާފަދަ ޑިޖިޓަލް ކުރިމަގަކަށް ވާސިލުވުމުގެ މަގުފަހިވެގެންދާނެއެވެ. އަދި މީގެ ފައިދާތަކާއި ތަފާތު ލުއިފަސޭހަތައް ހުޅުމާލޭގަ ދިރިއުޅޭ އާންމު ރަޔިތުންނަށާއި، ވިޔަފާރިތަކަށާއި ޓީވީ، އިންޓަރނެޓް، އަދިވެސް މުވާސަލާތީ ޚިދުމަތްތައްދޭ ފަރާތްތަކަށް ލިބިގެންދާނެއެވެ.

އަޙްމަދު އަޙްސަން

އަޙްމަދު އަޙްސަން

ޓެކްނޮލޮޖީ ދިރާސާކުރާ ފަރާތެއް، ގްރެފިކް ޑިޒައިނަރެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.