ނެޓްފްލިކްސް އިން ވަނީ އެ ކުންފުނީގެ ވީޑިއޯ ގޭމް ވެންޗާ ހުޅުވާލާފައެވެ.
ނެޓްފްލިކްސްގެ ސްޓްރީމިން ވީޑިއޯ ލީޑަރު ޖުލައި މަހު ބުނެފައި ވަނީ މޯބައިލް ގޭމްތަކަށް ފޯކަސް ކުރާނީ އެ ކުންފުނީގެ ވީޑިއޯ ގޭމް އިނީޝިއޭޓިވްއާ އެކު ކަމަށާއި އެއީ އެ ކުންފުނިން އަހަރުތަކެއް ވަންދެން ޝައުގުވެރިވި ކަމެއް ކަމަށެވެ.
އަންގާރަ ދުވަހު ނެޓްފްލިކްސްގެ ފުރަތަމަ ފަސް ގޭމް – ސްޓްރޭންޖާ ތިންގްސް: 1984، ސްޓްރޭންޖާ ތިންގްސް 3: ދަ ގޭމް، ޝޫޓިން ހޫޕްސް، ކާޑް ބްލާސްޓް، އަދި ޓެއިޓަރ އަޕް – ގޫގުލް ޕްލޭ ސްޓޯރުން ލިބެން ހުންނާނެ އެވެ. އެންޑްރޮއިޑް ޑިވައިސްތަކުގެ ނެޓްފްލިކްސްމޯބައިލް އެޕަށް އަންނަން ފަށާނީ ބުދަ ދުވަހުގައެވެ.
އައިފޯން އަދި އައިޕެޑް ބޭނުންކުރާ ފަރާތްތަކަށް ނެޓްފްލިކްސް ގޭމްތައް ކުރިއަށް އޮތް މަސްތަކުގައި ލިބެން ހުންނާނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
ނެޓްފްލިކްސްއަށް ގޭމް ޑިވެލޮޕްމަންޓްގެ ވައިސް ޕްރެޒިޑެންޓް މައިކް ވަރޑޫ އަންގާރަ ދުވަހު ކުރި ބްލޮގް ޕޯސްޓެއްގައި ބުނެފައިވަނީ ، "ކެޝުއަލް ގޭމެއް ފަށަން އެމީހަކަށް ދަހިވެތިވިޔަސް ނުވަތަ އެމީހެއްގެ އެންމެ ފޭވަރިޓް ވާހަކަތަކުގެ ތެރެއަށް ފުންކޮށް ފީނައިގަތުމަށް ފުރުސަތު ދޭ އެކްސްޕީރިއަންސެއްގެ ތެރެއިން ފެށިދާނެ ތޯ، އަހަރެމެން ބޭނުންވަނީ އެންމެންނަށް ވެސް އެއްޗެހި ލިބޭ ގޮތަށް ގޭމްތަކުގެ ލައިބްރަރީއެއް ބިނާކުރަން ފެށުން" ކަމަށެވެ. "ވަރަށް މޮޅު ގޭމިން އެކްސްޕީރިއަންސެއް އުފެއްދުމުގެ ކުރީކޮޅު އަހަރެމެން މިތިބީ" ނެޓްފްލިކްސް އިން ގޭމްތަކަށް ފޯކަސް ކުރަން ފެށި އިރު، މިދިޔަ ޖުލައި މަހު ނެޓްފްލިކްސް އިން ވަނީ އޮކިއުލަސް، އިލެކްޓްރޯނިކް އާޓްސް އަދި ޒިންގާގައި ކުރިން މަސައްކަތް ކުރި މައިކް ވަރޑިއު އަށް ވަޒީފާ ދީފަ އެވެ. ވަރޑިއު އަކީ މިހާރު ނެޓްފްލިކްސް ގޭމިން ޑެވެލޮޕްމަންޓްގެ ވައިސް ޕްރެސިޑެންޓް އެވެ.
ސްޓްރީމިންގ ކޮންޓެންޓް ތަކެކޭ އެއްފަދައިން ނެޓްފްލިކްސްގެ މެމްބަރުންނަށް ވެސް އެއް އެކައުންޓެއްގައި ގިނަ މޯބައިލް ޑިވައިސްތަކުގައި ގޭމް ކުޅެވޭނެއެވެ. ބައެއް ގޭމްތަކަށް އިންޓަނެޓް ކަނެކްޝަނެއް ބޭނުންނުވާނެ ކަމަށާއި ނަމަވެސް އަނެއްބައި ގޭމްތައް އޮފްލައިންކޮށް ކުޅެވިދާނެ ކަމަށް ވަރޑޫ ބުންޏެވެ.
ގޭމްތައް ކުޑަކުދިންގެ ޕްރޮފައިލްތަކުން ނުލިބޭ ކަމަށާއި ނަމަވެސް ކުޑަކުދިންނަށް ގޭމެއް ކުޅުމުގެ ފުރުސަތު ދިނުމުގެ ގޮތުން ޔޫޒަރުންނަށް ޕިން ބޭނުންކޮށްގެން ލޮގިން ވެވޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
އިތުރަށް ކިޔާލުމަށް :
ނެޓްފްލިކްސް އަށް ވީޑިއޯ ގޭމް އިތުރުކުރަނީ
ޓެކްނޮލޮޖީ ދިރާސާކުރާ ފަރާތެއް، ގްރެފިކް ޑިޒައިނަރެއް