މެޓައިން ފޭސްބުކް ފޭޝަލް ރިކޮގްނިޝަން ސިސްޓަމްގެ ނިއްވާލަނީ

އަޙްމަދު އަޙްސަން 03 ނޮވެމްބަރު 2021

މެޓައިން ފޭސްބުކްގެ ފޭސް އައިޑީ ސިސްޓަމް ނިއްވާލައި، އެތައް ބިލިއަން ޔޫޒާ ފޮޓޯއެއް އެ ކުންފުނީގެ ޑޭޓާބޭސް އިން އަންނަ ހަފްތާގައި ޑިލީޓް ކުރާނެކަމަށް ބުނެފިއެވެ.

މީގެ 10 އަހަރު ކުރިން ތައާރަފުކުރި ފޭޝަލް ރިކޮގްނިޝަން ސިސްޓަމުން ސަލާމަތްވުމަކީ ސޯޝަލް މީޑިއާގެ ބޮޑު ކުންފުންޏަކުން މެޓާއަށް ބެލެނިވެރިކަމުގެ ނަން ބަދަލުކުރުމަށް ފަހު އެޅި ފުރަތަމަ ސްޓްރެޓީޖިކް ފިޔަވައެވެ. މީގެ ސަބަބުން ކުރިއަށް އޮތް ހަފްތާތަކުގެ ތެރެއިން ފޭސްބުކް އިން ދެން އެމީހެއްގެ ފޮޓޯ އަދި ވީޑިއޯ އޮޓޮމެޓިކުން ދެނެނުގަންނާނެއެވެ.

ފޭޝަލް ރިކޮގްނިޝަން ސިސްޓަމުން ވަނީ ފޮޓޯތަކާއި، ޔޫޒަރުން ޕޯސްޓްކުރާ ވީޑިއޯތަކުގައި ފެންނަ މީހުން ދެނެގަނެފަ އެވެ. މި ފީޗަރއަށް މުޖުތަމަޢުގެ އަމިއްލަ ވަންތަކަމުގެ އުނިކަން، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ނަހަމަ ގޮތުގައި ބޭނުންކުރަމުންދާކަމަށް ބުނެ މުޖުތަމަޢުގެ ފާރަވެރިން ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

ފޭސްބުކް އިން ވަނީ ފޭސްބުކް ޔޫސަރ، ދަންނަ މީހުން އަޕްލޯޑް ކޮށްފައިވާ ފޮޓޯގައި އަމިއްލަ އަށް ޓެގް ކުރުމަށް އެދި ފޭސްބުކް އިން ޕޮރޮމްޓް މެސެޖް ޔޫސާރ އަށް ފޮނުވާފައެވެ. މި ފީޗާގެ ނުރަނގަޅު އަސަރު ޔޫޒަރުންނަށް ނުފެނިދާނެ ކަމަށް ވާއިރު، ސައިބާ ސެކިއުރިޓީ އެކްސްޕާޓުން އަބަދުވެސް އިންޒާރުތައް ދީފައިވަނީ ސަރުކާރުތަކުން މި ފީޗާގެ ބޭނުން ނަހަމަ ގޮތުގައި ހިފާނެ ގޮތަކާ މެދުގައެވެ.

މެޓަ އާޓިފިޝަލް އިންޓެލިޖެންސްގެ ވައިސް ޕްރެޒިޑެންޓް ޖެރޯމް ޕެސެންޓީ ވިދާޅުވީ "ކޮންމެ އާ ޓެކްނޮލޮޖީއަކުން ވެސް އޭގެ ސަބަބުން ފައިދާ އާއި ކަންބޮޑުވުން ދެބަޔަކަށް ވެސް ލިބޭކަމަށް، އަދި ރަނގަޅު ބެލެންސް ހޯދަން ބޭނުންވާކަމަށް. ފޭޝަލް ރިކޮގްނިޝަންގެ މައްސަލަތަކުގައި، މުޖުތަމަޢުގައި ދިގު މުއްދަތަކަށް ފާޅުގައި ބަޙުޘްކޮށް، އޭގެ އަސަރު އެންމެ ބޮޑަށް ކުރާނެ މީހުންގެ މުޖުތަމަޢުގައި އެބައުޅޭ. އެ ބަޙުޘްގައި އިސްކޮށް ޙަރަކާތްތެރިވާ މަދަނީ ޖަމާއަތްތަކާއި ރެގިއުލޭޓަރުންނާ ގުޅިގެން މަސައްކަތް ކުރާނަން." ޖެރޯމް ތަކުރާރުކޮށް ވިދާޅުވީ ފޭޝަލް ރިކޮގްނިޝަން ސިސްޓަމަކީ މުހިންމު ވަސީލަތެއްގެ ގޮތުގައި އެ ކުންފުނިން ދެކޭ ކަމަށާއި ނަމަވެސް އެ ކަންބޮޑުވުންތައް ބޮއްސުންލައިގެން ދިއުމަށް ނޭދޭ ކަމަށެވެ.

ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި ފޭސްބުކް އިން ފޮޓޯ ނުވަތަ ވީޑިއޯތަކުގައި މީހުންގެ މޫނު ތައް ފެންނަން ހުންނަ ނަމަ އޮޓޮމެޓިކުން އެކަން ފާހަގަ އެއް ނުކުރާނެއެވެ. މިއީ އޮޕްޓް-އިން ފީޗާއަކަށްވީއެވެ. އެހެންވެ ޔޫޒަރުންނަށް ދެން ފޭސް ރިކޮގްނިޝަން އަމިއްލަ އިޙްތިޔާރުގައި އޮން ކޮށްލުމަށްފަހު ލަފާކުރެވޭ ޓެގް އެޅުވުމުން ނުވަތަ ފޮޓޯ އާއި ވީޑިއޯތަކުގައި އެ މީހެއްގެ ނަން ޖަހާފައި ހުންނަ ގޮތަށް ލަފާކުރާ ޓެގް ފެންނާން ހުންނާނެއެވެ. ފޭސްބުކް އިން މިހާރު ބާރުއަޅަނީ ރަހުމަތްތެރިން، ދަންނަ މީހުން ގެ ޕޯސްޓްތައް މެނުއަލްކޮށް ޓެގް ކުރުމަށެވެ.

އަޙްމަދު އަޙްސަން

އަޙްމަދު އަޙްސަން

ޓެކްނޮލޮޖީ ދިރާސާކުރާ ފަރާތެއް، ގްރެފިކް ޑިޒައިނަރެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.