އެޕަލްގެ އެޕް ޓްރެކިންގ ޕޮލިސީއާއި އެކު ބޮޑު ގެއްލުންތަކެއް!

ޢާއިޝަތު ޝައިހާ 04 ނޮވެމްބަރު 2021

'ފައިނޭންޝިއަލް ޓައިމްސް' ގެ ތަހުގީގަކުން ހާމަވެފައިވާ ގޮތުގައި، ސްނެޕްޗެޓް، ފޭސްބުކް، ޓްވިޓަރ އަދި ޔޫޓިއުބް އިން، 9.85 ބިލިއަން ޑޮލަރުގެ އާމްދަނީގެ ގެއްލުމެއްވަނީ ލިބިފައެވެ. މިހެން ކަންތައް މެދުވެރިވެފައިވަނީ، އެޕަލް ގެ ހިދުމަތް ބޭނުންކުރާ ފަރާތްތަކުގެ ޕްރައިވެސީ ދެމެހެއްޓުމަށް ކުރެވޭ ކަންތައްތަކަށް ގެނައި ބަދަލުތަކެއްގެ ސަބަބުންނެވެ. މިދިޔަ އަހަރު އެޕަލްއިން އެޕް ޓްރެކިންގ ޓްރާންސްޕޭރެންސީ (އޭޓީޓީ) ޕޮލިސީ އާންމުކޮށްފައި ވާއިރު، މި ޕޮލިސީގައި އެޕްތަކުން، ބޭނުންކުރާ ފަރާތްތަކުގެ ޑޭޓާތައް ޓްރެކް ކުރުމުގެ ހުއްދަ ދުރާލާ ބޭނުންވެއެވެ. މި ޕޮލިސީ އޭޕްރިލް މަހުން ފަށްޓައިގެން ބޭނުން ކުރެވެމުން ދާއިރު، ޓްރެކް ކުރާ އެޕްތައް ބޭނުންނުކުރުމަށް މީހަކު އިޚްތިޔާރު ކޮށްފި ނަމަ އެ އެޕްތަކުން އެމީހުން ޓްރެކް ކުރުން ހުއްޓުވިގެން ދާނެއެވެ.

ފޭސްބުކްއިން މި ޕޮލިސީއާއި ދެކޮޅަށް ވަނީ ފާޅުކަން ބޮޑުގޮތެއްގައި ފާޑުކިޔާފައެވެ. މިގޮތުން ފައިނޭންޝަލް ޓައިމްސްގައި އާއްމު ކުރި ރިޕޯޓުން މީސްމީޑިއާ ކުންފުނިތަކުގެ އިސްވެރިންގެ ކަންބޮޑުވުން އެނގި ހާމަވެގެން ދިޔައެވެ. މި ރިޕޯޓުގައިވާ ގޮތުގައި، 'އެބްސޮލިއުޓް ޓާމް' ގެ ގޮތުން ބަލާ ކަމުގައި ވާނަމަ، އެންމެ ބޮޑަށް ފައިސާގެ ގެއްލުން ލިބިފައިވަނީ ފޭސްބުކްއަށެވެ. މިއީ އެހެން ސޯޝަލް މީޑިޔާ މަންސަ ތަކާއި އަޅާ ކިޔާއިރު ވަރަށް ބޮޑު މިންވަރެކެވެ. މިއާއެކު، ސްނެޕް ޗެޓަށް އޭގެ ވިޔަފާރީގެ ނިސްބަތުން އެންމެ ބޮޑު ގެއްލުމެއް ތަހައްމަލު ކުރަން ޖެހުނެވެ. ސަބަބަކީ އޭގެ އިސްތިހާރުކުރުން ބޮޑަށް ބަރޯސާވެފައިވަނީ ސްމާޓުފޯނުތަކަށް ކަމަށް ވެފައި އޭ އެޕްގެ ޑެސްކްޓޮޕް ވާޝަނެއް ނުވެއެވެ. އެހެންކަމުން، އެކަމުގެ ސަބަބުން ލިބުނު ގެއްލުމުގެ އަސަރު ބޮޑުވެގެން ދިޔައީއެވެ.

"އޭޓީޓީ ގެ ސަބަބުން އެންމެ ބޮޑަށް އަސަރު ކޮށްފައިވާ މަންސަތައް، ޚާއްޞަކޮށް ފޭސްބުކް އިން، އެމީހުން އަލުން އާނިޒާމެއް އުފައްދަން މިވަނީ ޖެހިފަ." އެފްޓީ އާއި މައުލޫމާތު ހިއްސާ ކުރަމުން އެޑްޓެކް ކޮންސަލްޓަންޓް އެރިކް ސެއުފަރޓް ބުނެފައި ވެއެވެ. "އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އާ އިންފްރާސްޓްރަކްޗަރ އެއް ބިނާ ކުރުމަށް މަދުވެގެން އަހަރެއްހާ ދުވަހުގެ މުއްދަތެއް ހޭދަވާނެ. ގިނަ އަދަދެއްގެ ފަރާތްތަކަށް ބޭނުންކުރެވުމުގެ ހުއްދަ ދެވުމުގެ ކުރިން، އާ ޓޫލްތަކާއި ފްރޭމްވޯކުތައް އަލުން ހަދައި ވަރަށް ބޮޑަށް ޓެސްކުރަން ޖެހޭނެ."

އެޕަލްގެ އާ ޕޮލިސީގެ ސަބަބުން މީސް މީޑިޔާގެ މަންސަތަކުން އިސްތިހާރުކުރުމުގައި މޮޅެތި އުކުޅުތައް ބޭނުންކުރުމަށް މަޖުބޫރުވެގެން ދެއެވެ. މީގެ މާނައަކީ އެންޑްރޮއިޑް ޑިވައިސްތަކަށް އަމާޒުކުރުން ކަމުގައި ވިޔަސް، ނުވަތަ އެޕަލްގެ އިސްތިހާރުކުރުމުގެ ވިޔަފާރިއަށް އިންވެސްޓްކުރުން ކަމުގައި ވިޔަސް، މިހާރު މިވަނީ އައިފޯނުތަކުން މީހުން ޓްރެކް ނުކުރެވޭ ގޮތްތަކެއް ބަލައިގެން އާމްދަނީ ހޯދޭނެ ގޮތަކާއި މެދު ވިސްނަން ޖެހިފައެވެ.

އިތުރަށް ކިޔާލުމަށް :

އެޕަލްގެ 'އޭޓީޓީ' ޔޫޒާ ޕްރައިވެސީގެ އިންގިލާބަކަށް ވެދާނެބާ؟

އައިއޯއެސް 14.5 އާއިއެކު އެޕް ޓްރެކިން ހުއްޓުމަކަށް އަންނަނީ

ޢާއިޝަތު ޝައިހާ

ޢާއިޝަތު ޝައިހާ

އަޅުގަނޑަކީ ޝައިހާ އެވެ. މިހާރު އަޅުގަނޑު ކިޔަވަމުން ގެންދަނީ ސީއެޗްއެސްސީ ގެ ގްރޭޑް 12 ގައެވެ. ކުރިމަގުގައި، ލިޔުންތެރިކަން ކުރިއެރުވުމަށް ކުރެވޭ މަސައްކަތުގައި ޝާމިލުވުމަކީ އަޅުގަނޑަށް ލިބޭ ހިތްހަމަޖެހުމެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.