5ޖީ ގެ އެހީގައި ވަޔަރލެސްކޮށް ޗާޖު ކުރެވޭނެ ގޮތް ހޯދަނީ

ޢާއިޝަތު ޝައިހާ 11 ނޮވެމްބަރު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ޖަޕާންގެ މޯބައިލް އޮޕަރޭޓަރެއް ކަމަށްވާ ސޮފްޓް ބޭންކުން، މޯބައިލް މެދުވެރިކޮށް މުވާޞަލާތު ކުރުމުގައި ކަރަންޓުގެ ވަޔަރލެސް ޓްރާންސްމިޝަން ޓެކްނޮލޮޖީ ބޭނުންކުރުން ޓެސްޓު ކުރުމަށް ގަސްތުކޮށްފައި ވާކަމަށް، ނިކެއި އޭޝިޔާ އަށް ލިބުނު މައުލޫމާތުތަކާއި ހަވާލާދީ އެމީހުން ބުނެފިއެވެ. މި ކުރިއެރުމުގެ ސަބަބުން ހެޑްފޯނު އަދި ސްމާޓުވޮޗް ފަދަ ތަކެތި، ހަމައެކަނި އޭގެ ބޭސް ސްޓޭޝަން ކައިރިން ހިނގާލާފައި ދިޔުމުން ޗާޖު ވެގެން ދިޔުމަށް މަގުފަހި ވެގެން ދާނެއެވެ. ނިކެއި އިން ބުނާ ގޮތުގައި، ސޮފްޓް ބޭންކުން ރާވާފައި ވަނީ މި ތަކެތި 5 ޖީ ބޭސް ސްޓޭޝަނުތަކުގައި ބެހެއްޓުމަށެވެ. އެންމެ ފުރަތަމަ އެތެރޭގެ މާހައުލުގައި ރިމޯޓު ޓެސްޓް ކުރުމަށްފަހު، 2024 ވަނަ އަހަރުން ފަށައިގެން މި ޗާޖުކުރުން ބޭރުގެ ސްޓޭޝަން ތަކަށް ފުޅާކުރުމަށް ކުންފުނިން އުއްމީދު ކުރެއެވެ.

ސޮފްޓް ބޭންކުން މިހާރު އޭގެ 4 ޖީ ބޭސްތައް 5 ޖީ ބޭސްތަކަށް ބަދަލުކުރުމުގެ މަސައްކަތް ދަނީ ކުރިއަށް ގެންދަމުންނެވެ. ސޮފްޓް ބޭންކުން އުއްމީދު ކުރާ ގޮތުގައި، މި ގޮތަށް ޗާޖުކުރުމުގެ ސަބަބުން ހަށިގަނޑަށް ކުރާ ނޭދެވޭ އަސަރުތައް މަދުކުރެވޭނެއެވެ. އެގޮތުން މި އަމާޒަށް ވާސިލުވުމަށްޓަކައި، ޕަވަރ 1 މިލި ވޯޓުގެ އިމަކަށް ފައްތައި، ދުރުމިން 10 މީޓަރާއި ހަމައަށް ބެހެއްޓުމަށް އެ ކުންފުނިން ވަނީ ނިންމާފައެވެ. އަދި މުސްތަގުބަލުގައި، މި ދުރުމިން 100 މީޓަރާއި ހަމައަށް ބޮޑު ކުރުމަށް ވަނީ ރާވާފައެވެ. ވެއަރަބަލް ޑިވައިސްތައް ޗާޖު ކުރުމުގެ އިތުރުން، މި ޓެކްނޮލޮޖީގެ ބޭނުން ކޮށްގެން އެންޓި ތެފްޓް ކީ ފޮބްސް ހޯދައި އިމްޕާލްންޓްސް އާއި އެއްކޮށްވެސް މަސައްކަތް ކުރެވޭނެއެވެ.

ޖަޕާންގެ ގަވާއިދުތަކުގެ ސަބަބުން މިފަދަ ޓެކްނޮލޮޖީގެ ބޭނުން، ދެންމެ ބަޔާންކުރެވުނު ގޮތްގޮތަށް ބޭނުންކުރުން ވަނީ މަނާކުރެވިފައެވެ. ކަން މިހެން އޮތް ނަމަވެސް، ނިކެއި އިން ބުނާ ގޮތުގައި، އެ ގައުމުގެ އިންޓާނަލް އެފެއާޒް އާއި ބެހޭ ވުޒާރާއިން ދަނީ، ވަޔަރލެސް ޗާޖިންގ އަށް ގިނަ ފްރިކުއެންސީ ބޭންޑް ބޭނުންކުރުމުގެ ހުއްދައަކަށް އެދެން ރާވަމުންނެވެ. މި ޓެކްނޮލޮޖީގެ އިސްތިހާރުކުރުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ 2025 ވަނަ އަހަރުގައެވެ.

އިތުރަށް ކިޔާލުމަށް :

5ޖީ އަކީ އަސްލު ކޮންއެއްޗެއްތަ؟

ޢާއިޝަތު ޝައިހާ

ޢާއިޝަތު ޝައިހާ

އަޅުގަނޑަކީ ޝައިހާ އެވެ. މިހާރު އަޅުގަނޑު ކިޔަވަމުން ގެންދަނީ ސީއެޗްއެސްސީ ގެ ގްރޭޑް 12 ގައެވެ. ކުރިމަގުގައި، ލިޔުންތެރިކަން ކުރިއެރުވުމަށް ކުރެވޭ މަސައްކަތުގައި ޝާމިލުވުމަކީ އަޅުގަނޑަށް ލިބޭ ހިތްހަމަޖެހުމެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.