ސްމާޓްފޯނެއް ގަތުމަށް ހިޔާރުކުރާއިރު އެންޑްރޮއިޑް ސްމާޓްފޯނެއް އިހްތިޔާރު ކުރުމަށް ވަރަށްގިނަ ސަބަބުތައް އެބަހުއްޓެވެ. ފަހަރުގައި އެ ފޮނަކީ ސެމްސަންގް ގެލެކްސީ ފްލިޕް 3 ފަތްޖަހާލެވޭ ފޯނެއް ނުވަތަ އެންމެ ފުރިހަމަ ކެމެރާގެ ތަޖުރިބާ އެއް ހޯދުމަށް ގޫގުލް ޕިކްސެލް 6 ޕްރޯ ފަދަ ފޯނަކާއެކު ކުމުގައި ވެދާނެއެވެ. އެހެންނަމަވެސް ފޯނަކުން އެންމެ ފުރިހަމަ ތަޖުރިބާއެއް ހޯދުމަށް އެދޭނަމަ ފަހަރުގައި ތަންކޮޅެއް ގިނައިން ފައިސާ ހޭދަކުރަން ޖެހިދާނެއެވެ.
އެކަމަކު ބެލެނިވެރިއެއް ނަމަ، މޮޅު ފޯނުތަކަށް ވެސް ބައެއް ފަހަރު ދަރިންގެ ރަނގަޅު ފޮޓޯ ނުވަތަ ވީޑިއޯ ނެގުމުގައި ދަތިތަކެއް ކުރިމަތިވާކަން އެނގެ އެވެ. ފޯނެއްގައި އެންމެ ފަހުގެ ހާޑްވެއާ ހުރި ނަމަވެސް ސޮފްޓްވެއާއަށް ކެމެރާއިން ބަލާ އެއްޗެއް ނޭނގޭނަމަ، އެ ސޮފްޓްވެއާއަކުން ތިމާ އުފާވާނެ ފަދަ ފޮޓޯއެއް ރަނގަޅަށް ނުނެގޭނެ އެވެ.
އެއީ ގޫގުލް ޕިކްސެލް 6 އަންނަ ހިސާބެވެ. ކޮންމެ ޕިކްސެލް 6 އެއްގެ ތެރޭގައި އޭއައި ޕަވަރހައުސް 'ގޫގުލް ޓެންސަރ ޕްރޮސެސަރ' ހިމެނެއެވެ. މިއީ މެޝިން ލަރނިންގ ޓާސްކްތައް މިހާރަށްވުރެ ރަނގަޅަށް ޕްރޮސެސް ކުރުމަށް ޚާއްޞަކޮށްގެން ފަރުމާކޮށްފައިވާ ޕްރޮސެސަރ އެކެވެ. އޭގެ މާނައަކީ، ގޫގުލްގެ އެތައް އަހަރެއްގެ ދިރާސާތަކަށްފަހު މި ޕިކްސެލް 6 މެދުވެރިކޮށް ބަލާއިރު ދިރޭ އެއްޗަކަށް، ފަރުބަދައެއްގެ ބޮޑުމިން، ނުވަތަ އިންސާނެއްގެ މޫނަށް ބަލާލާއިރު އިނގޭ އަދި ރިއަލްޓައިމްގައި ޕްރޮޕަޓީތައް ނަގާ ޕްރޮޕަޓީތައް ރިއަލްޓައިމްގައި އެޖަސްޓް ކޮށްލެވިދާނެ އެއްޗެއް، އަސްލު ދިރިއުޅުމުގައި ހިނގާ ކަންތައްތަކާ އެއްގޮތް ކުރެވޭނެ ފޯނެކެވެ.
އޮބްޖެކްޓް އައިޑެންޓިފިކޭޝަނަށްވުރެ މުހިންމު ކަމަކީ ސީންއެއްގައި އެއްޗެއް ހިނގާއިރު ވިސްނުމުގެ ގާބިލްކަން ޓެންސަރގެ ކިބައިގައި ހުރުމެވެ. އެއްޗެހި ދެނެގަތުމުގެ ކުޅަދާނަކަމާ އެކު އެ އެއްޗެހި އެއްކޮށްލާނެއެވެ. އަދި ޕިކްސެލް 6 ގެ ސަބަބުން ކޮންމެ ގޮތެއް ވިޔަސް ދަރިންގެ ރަނގަޅު ފޮޓޯތައް ނެގުމަށް އެހީތެރިވެދޭނެ ގޮތް ވަރަށް އަވަހަށް އިނގޭނެ އެވެ. އެހެންވެ ގޫގުލް ޕިކްސެލް 6 އަކީ ބެލެނިވެރިންނަށް އެންމެ ރަނގަޅު ސްމާޓްފޯން ކެމެރާ އެވެ.
ޕޮޓޯ ނަގަންދެން ކުޑަކުދިން ހުއްޓިގެން ނުތިބޭނެ
ކުރީ ޒަމާނުގައި ކެމެރާތަކުން ފޮޓޯއެއް ނެގުމަށްޓަކައި ގިނަ އިރުތަކަށް މީހުން ހުއްޓިގެން ތިބުމަށް ބުނެއެވެ. ވަކި މެޓީރިއަލް އަކަށް ފޮޓޯ ކެޕްޗަރ ކުރާތީވެ މިކަހަލަ ފޮޓޯތަކުން ކުޑަކުދިން އެހާގިނައިން ނުފެނެއެވެ. އެއީ ކުޑަކުދިން މާ ގިނަ އިރުތަކަށް ހުއްޓިގެން ނުތިބޭނެތީއެވެ.
ތިމާގެ ދަރިފުޅަކީ މަޑުން ނުހުންނަ އަދި ނުނިދާ އުޅޭއިރު ވަރަށް މަދުން ނޫނީ ނުހިފެހެއްޓޭ ކުއްޖަކަށް ވިޔަސް، ނުވަތަ އާންމުކޮށް ކުޅިވަރު ޙަރަކާތެއް ނުވަތަ އެފަދަ ކޮންމެވެސް ކަމެއްގައި ހެލިފެލިވެ އުޅޭއިރު ކުއްޖެއްގެ ފޮޓޯ އެއް އަތުލުމަކީ ފަސޭހަ މަސައްކަތެއް ނޫނެވެ.
ދުވާލުގެ ވަގުތުތަކުގައި، ހަމައެކަނި ކޮންމެ ފޯނަކުން ވެސް މި މަސައްކަތް އެކަށީގެންވާ މިންވަރަށް ފުރިހަމަ ކޮށްލެވިދާނެއެވެ. ނަމަވެސް ބައެއް ހާލަތްތަކުގައި ފޮޓޯ ނަގަން ބޭނުންވާ ޝަރުތުތައް އެންމެ ފުރިހަމަ ނުވެދާނެއެވެ. އަދި ރޭގަނޑު ފޮޓޯ ނަގާނަމަ މިއީ އަދި މާބޮޑު ގޮންޖެހުމެކެވެ.
ފޮޓޯގްރަފީގެ ސައިންސްގެ ތެރެއަށް ވެސް ނުގޮސް، މިކަމުގެ މައިގަނޑު އެއް ސަބަބަކީ ލައިޓިންގެ ހާލަތު އިތުރަށް އަނދިރިވަމުން އަންނައިރު، ކެމެރާއަކުން އިތުރު އަލިކަމެއް ނަގަން ޝަޓަރ ހުޅުވަން ގިނަ އިރުތަކަކަށް ހިފަހައްޓަން ޖެހޭކަމެވެ. މި ވަގުތު ތެރޭގައި ހިނގާ ކޮންމެ މޫވްމަންޓެއްގެ ސަބަބުން ފޮޓޯ ފުސްވުމުގެ ފުރުސަތު އިތުރުވެގެން ދާނެއެވެ.
އެކަމަކު ގޫގުލް އިން ޕިކްސެލް 6 އަށް 'ފޭސް އަންބްލަރ' ނަމަކަށް ކިޔާ އާ ފީޗާއެއް ވަނީ ތަޢާރަފް ކޮށްފައެވެ. އެ ފީޗާ އަކީ އިޝްތިހާރުގައި ބުނާ ގޮތަށް ހަމަ ރަނގަޅަށް މަސައްކަތްކުރާ ފީޗާއެކެވެ. އެއީ ހަރަކާތެއްގެ ސަބަބުން ފުސް ވެދާނެ މޫނުތައް "އަންބްލަރ" (ފުސް ކަނޑުވާލުން) ކޮށްދިނުމެވެ.
ގޫގުލް އިން މިފަދަ ކަމެއް ހާސިލްކުރަނީ ޓެކްނޮލޮޖީގެ އެތައް ބާވަތެއް އެއްކޮށްގެންނެވެ. ފުރަތަމަ ކަމަކީ ޕިކްސެލް 6 ގެ ފަހަތުގައި ވާ ގިނަ ކެމެރާތަކުގެ މޮޅުކަން، ވަކިން ހާއްސަކޮށް ޕިކްސެލް 6 އަދި ޕިކްސެލް 6 ޕްރޯ ގެ އަލްޓްރާ ވައިޑް އޭންގަލް ލެންސް އެވެ.
ޕިކްސެލް 6 ފޮޓޯ ނެގުމުގެ ތެރޭގައި މޫވްމަންޓް ދެނެގަނެވޭއިރު، މި ފޯނުން އެއް ފޮޓޯއެއް ނެގުމަށްޓަކައި ރެގިއުލާ އޭންގަލް އަދި އަލްޓްރާ ވައިޑް އޭންގަލް ކެމެރާ ވެސް އެއްފަހަރާ ބޭނުން ކުރެވޭނެއެވެ. މައި ސެންސަރުން އޯވަރޯލް ޝޮޓަށް އަލި ނެގުމުގެ މަސައްކަތް ކުރާއިރު، އަލްޓްރާ ވައިޑް ކެމެރާއިން ބްލަރ ނުކޮށް ފޮޓޯތައް ނަގާކަން ޔަގީން ކުރުމަށް އަވަސް ޝަޓަރއެއް ބޭނުން ކުރެއެވެ.
ގޫގުލްގެ ޓެންސަރ ޕްރޮސެސަރ އިން ދެން ފޮޓޯތައް ސްކޭން ކުރަނީ ފޮޓޯ ނެގުމަށްފަހު މޫނުތަކަށް ބަލައިގެންނެވެ. އަލްޓްރާ ވައިޑް އޭންގަލް ކެމެރާއިން އިން ނެގި ފޮޓޯތަކުގެ މޫނުތައް ކްރޮޕް ކުރުމަށްފަހު ޕަރސްޕެކްޓިވް ކަރެކްޝަން އާއިއެކު މައި ޝޮޓްގައި އެފޮޓޯތައް ހިމަނާލާނެއެވެ. ނަތީޖާއަކީ ފޮޓޯގެ އެކި ހިސާބުތަކުގައި ކޮންމެވެސް ވަރަކަށް ބްލަރ ހިމަނާފައި ވީ ނަމަވެސް މޫނުތަކަކީ ވަރަށް ފުރިހަމައަށް ފޯކަސް ކުރެވޭ މޫނުތަކެއް ކަމަށް ވުމެވެ.
ފޭސް އަންބްލަރ އަކީ އޮޓޮމޭޓެޑް ފީޗަރއެކެވެ. އެއީ އަބަދު ވެސް މަސައްކަތް ކުރާ ފީޗަރއެއް ސެޓިންތަކުގައި އެނޭބަލް ކޮށްފަ ހުންނަހާ ހިނދަކު، އަދި ކެމެރާ އެޕްގައި ޝަޓަރ ބަޓަން ޕްރެސް ކުރާ ކޮންމެ ފަހަރަކު އެއްފަހަރާ ގިނަ ފޮޓޯތަކެއް ކެޕްޗަރ ކުރާނެއެވެ.
ޕިކްސެލް 6 މޯޝަން ދެނެގަނެވިއްޖެނަމަ، ބައެއް ފަހަރު ޝޮޓްގެ ކުރިންނާއި ފަހުން ނަގާފައިވާ ޝޮޓްތަކުގެ ޓައިމްލައިނެއް ދޭނެއެވެ. އަސްލު ޝަޓަރ އަށް ޕްރެސް ކުރި ސީދާ ވަގުތު ނެގި ފޮޓޯތަކުގެ ތެރެއިން އިތުރު ފޮޓޯއެއް ވެސް މާ ރަނގަޅު ވެދާނެ ކަމަށްޓަކައެވެ.
ޕިކްސެލް 6 ގައި ރެޒޮލިއުޝަން އަޕްގްރޭޑް ކުރުމުގެ ސަބަބުން ޕިކްސެލް 6 ގައި ކުރިއަށް ވުރެ ސޮޓްތައް ރަނގަޅެވެ. އެއީ އާ ފީޗާއެއް ނޫން ނަމަވެސް ޕިކްސެލް 6 ގައި އެންމެ ރަނގަޅީ ފުލް ރިޒޮލިއުޝަން އޯލްޓަނޭޓިވް ފޮޓޯތައް ދޭތީއެވެ. މީގެ ކުރިން ޓޮޕް ޝޮޓުން ހޮވާ އޯލްޓަނޭޓިވް ފޮޓޯތަކުން ރިޒޮލިއުޝަން އެހާ ރަނގަޅެއް ނޫނެއެވެ. އެ ފޮޓޯތައް ފޯން ޑިސްޕްލޭއެއްގައި ރަނގަޅު ކަމަށް ފެންނައިރު، ޕްރިންޓްކޮށް ނުވަތަ ބޮޑު ސްކްރީނެއްގައި އަޅުވާލާއިރު އެހާ ރަނގަޅު ކަމަކަށް ނުބެލެވެއެވެ.
މުނިފޫހި ފިލުވުމަށް ޕިކްސެލް 6
ޕިކްސެލް 6 ގައި އާ މޯޝަން މޯޑްތައްތަކެއް ހިމެނެއެވެ. އެކްޝަން ޕޭން، މިއާ މޯޑަކީ ބެލެނިވެރިންނަށް ވަރަށް ހާއްސަ، މޫނުތަކާއި މޫވިން އެއްޗެހި ތަކަށް ފޯކަސްކޮށް، ވަށައިގެންވާ ހުރިހާ އެއްޗެއް ވެސް ވަރަށް ފުރިހަމަ ކޮށްލަދޭ މޯޑެކެވެ. އެއީ އެކްޝަން ފިލްމެއް ނުވަތަ ކާޓޫނެއްގެ ފްރޭމްގައި ދަރިފުޅު ހިމެނުން ކަހަލަ ކަމެއް، އަދި ހަމަ އެއާއެކީ ކްރިއޭޓިވްކޮށް ފޮޓޯ ނެގުމަށާއި ނުވަތަ މުނިފޫހިފިލުވާލުމަށް ބޭނުން ކުރުމަށް ރަނގަޅު ފީޗާއެކެވެ.
އަސްލާއި އެއްގޮތަށް ފޮޓޯނެގުން
ވައިޑް ޑައިނަމިކް ރޭންޖް ކެޕްޗާ ކުރުމުގެ ގާބިލްކަން ހުރުމަކީ މުހިންމު ކަމެއް ނަމަވެސް، ފޯނުތަކުގައި ހުންނަ ކުދި ސެންސަރުތަކުގެ ސަބަބުން ރަނގަޅު ނަތީޖާ އެއް ހޯދުމަށް ގިނަ އުކުޅުތަކެއް ބޭނުން ކުރަން ޖެހެއެވެ. ސީންގައި އެހެން ހުރިހާ އެއްޗެއް އަނދިރިކޮށް ނުހަދައި އަލިގަދަ ސަންސެޓެއްގެ ފޮޓޯ ނެގުމަށް، މިސާލަކަށް އެއް އަލިގަދަ އަދި އެއް އަނދިރި ޝޮޓް ނަގަން ޖެހޭނެ، ދެން ކޮންމެ ފޮޓޯއެއްގެ ވެސް އެންމެ ރަނގަޅު ބައިތައް އެއްކޮށް، ރީތިކޮށް ބެލެންސް ކޮށް ފޮޓޯ އެއް އެކުލަވާލުމެވެ. ތިމާގެ ހަންގަނޑުގެ ޓޯންތައް އަނދިރިނުވާހާ ހިނދަކު ރީތިކޮށް ބެލެންސްކޮށް ދެއެވެ.
ސްމާޓްފޯން ކެމެރާތަކުގެ ތެރެއިން ގިނަ ކެމެރާތައް ކަމުނުދާ ސަބަބަކީ ހަންގަނޑުގެ ޓޯންތައް އަނދިރިކޮށް، ފެހި ކުލައިގެ ކުލައެއް ދީފައި، ނުވަތަ އެނޫން ވެސް ގޮތަކަށް ހަމައެކަނި އާދަޔާ ހިލާފު ސިފަތަކެއް ފެންނަ ހުންނާތީއެވެ.
ގޫގުލް އިން ވިސްނާލީ އޭގެ އެލްގޮރިދަމްތައް ރަނގަޅުކޮށް، ހަންގަނޑުގެ ޓޯންތައް ދެނެގަނެ، ފޮޓޯ ރަނގަޅަށް އެޖަސްޓް ކުރާނެ ގޮތްތަކެވެ. ޕިކްސެލް 6 ޕްރޯ އާއި އެހެން ފޯނުތަކާ އެކު ނަގާ ފޮޓޯތަކުގެ ތަފާތަކީ ހީވެސް ނުކުރާހާ ބޮޑު ތަފާތަކަށް ވެދާނެ، ހާއްސަކޮށް އެހެން ފޯނުތަކުން ނަގާ ފޮޓޯތަކުގައި އުޅޭ މީހުންގެ ހަންގަނޑުގެ ޓޯންތައް ތަފާތުކަމަށް ބެލެވެއެވެ.
ބޭކާރު ބައިތައް ފޮހެލުން
ފްރޭމްގައި ހުންނަން ނުޖެހޭ މީހަކު އަރުވައިގެން ގޮނޑުދޮށުގައި އާއިލީ ފޮޓޯއެއް ނެގީ ހެއްޔެވެ؟ އިރުއޮއްސުނު އިރު ރީތި ސިޓީއެއްގައި ފުރިހަމައަށް ފްރޭމްކުރެވިފައިވާ ދެ އިމާރާތެއްގެ ދެމެދުގައި ހުއްޓިލައިގެން ތިބެވޭނީ ކިހިނަކުން ހެއްޔެވެ؟ ފަހުން ހަމައެކަނި އިހުސާސް ކުރެވޭނީ ބޮޑު ރަތް ކުލައިގެ "ނޯ ޕާކިންގ" ނިޝާނެއް ތިމާގެ ނެގި ފޮޓޯއިން ފެނުމުންނެވެ.
މެޖިކް އިރޭސަރ އުފައްދާފައިވަނީ ހަމައެކަނި މި ސަބަބައްޓަކައެވެ. އޭގެ މާނައަކީ ތިމާގެ އާއިލާގެ ފޮޓޯއަކާއި ނުދަންނަ މީހުން ނުވަތަ ފޫހިފިލުވާލާ ފޮޓޯގެ ތަފާތު ކަމަށް ވެދާނެއެވެ.
މެޖިކް އިރޭސަރ އަކީ ގޫގުލް ޓެންސަރ އިން ބާރުފޯރުވާ ޕިކްސެލް 6 ފީޗަރތަކުގެ ތެރެއިން އިތުރު ފީޗަރ އެކެވެ. އަދި ޕްރޮސެސަރ ގެ ކުޅަދާނަކަމުން އެއްޗެހިތަކާއި މީހުން ދެނެގަތުމުގެ ޤާބިލުކަން ލިބިފައިވާތީ، މެޖިކް އިރޭސަރ އަކީ އޭގެ އެހެން ޓެކްނޮލޮޖީތަކަށްވުރެ ހަރުދަނާ ގޮތެއްގައި މަސައްކަތް ކުރާ އެއްޗެކެވެ.
މެޖިކް އިރޭޒަރ އަކީ ފްރޭމްގައި ހުންނަން ނުޖެހޭ އެނޫންވެސް ތިމާގެ ފޮޓޯތަކުގައި ހުންނަ ފޫހިކަން ފިލުވައިލެވިދާނެ ފީޗާއެކެވެ.
ގޫގުލް ފޮޓޯސް އެޕްގެ ފޮޓޯ އެޑިޓް ކުރާ ބައިގައި މެޖިކް އިރޭޒަރ ބޭނުންކޮށްގެން ފޮޓޯގައި ޑިލީޓްކުރަން ބޭނުންވާ އެއްވެސް އެއްޗެއް ނުވަތަ މީހަކު ފޮހެލުމަކީ ވަރަށް އާދައިގެ ކަމެކެވެ. ގިނަ ފަހަރު ގޫގުލްގެ އިންޓެލިޖެންޓް އެލްގޮރިދަމްތަކުން ވެސް އެހެން މީހުން ނުވަތަ އެއްޗެހި ސީންއެއްގައި ހުރުމަކީ ހީވެސް ނުކުރާ ކަހަލަ ކަމެއްކަން ދެނެގަނެވި، އެ ތަކެތި ފޮހެލުމުގެ އެއް ކްލިކް މަގެއް ތިމާއަށް ފޯރުކޮށްދެއެވެ.
އެކި ކުންފުނި ތަކުގެ ފްލޭގްޝިޕް ފޯނުތަކުގައި ގަޔާވާ އެތަކެއް ފީޗަރތަކެއް ހުރިނަމަ ވެސް ގޫގަލް ޕިކްސެލް 6 ގެ ކެމެރާ އަދި ޓެންސަރ ޕްރޮސެސަރ ގެ ސަބަބުން އޭއައި މެދުވެރިކޮށް ދަރިންގެ މާ ހިއްގައިމު ފޮޓޯތައް ނެގޭ ކަމަށްޓަކައި ހަމަގައިމުވެއެ އެއީ ބެލެނިވެރިންނަށް ވަރަށް ކަމުދާ ފޯނެއް ކަމުގައި ވެގެންދާނެއެވެ.
އިތުރަށް ކިޔާލުމަށް :
ގޫގަލް ޕިކްސަލް 6 ގެ ކެމެރާ، އޭއައި ގެ ޖާދޫއިން ފުރިފައި
އައިފޯން 13 މަތިން ހަނދާން ނައްތާލަންޖެހިދާނެ ގޫގަލް ޕިކްސެލް 6 މާ ތަފާތު
ޓެކްނޮލޮޖީ ދިރާސާކުރާ ފަރާތެއް، ގްރެފިކް ޑިޒައިނަރެއް