އިންޓެލްގެ އާ އެލްޑާ ލޭކް ކޯ

ޙުސައިން ދީމް މުޙައްމަދު 15 ނޮވެމްބަރު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

އަމިއްލަ އަށް ކޮމްޕިއުޓަރެއް ނުވަތަ މަސްނޫޢީ ނިޒާމެއް ޤާއިމް ކުރުމަކީ އެއްއިރެއްގައިވެސް ފަސޭހަކަމެއް ނޫނެވެ. މިކަން ކުރާ މީހުންނަށް އަބަދުުވެސް ދިމާވާ އެންމެ ބޮޑު ދަތިކަަމަކީ، ކޮމްޕިއުޓާ ސިސްޓަމްއެއް ޤާއިމްކުރަން ބޭނުންވާ އާލާތްތަކުގެ އަގުބޮޑުވުމެވެ. ވަކިން ޚާއްޞަކޮށް ގްރެފިކް ކާޑަކީ ޚަރަދުބޮޑު އެއްޗެކެވެ. އިންޓެލްއާއި އޭއެމްޑީފަދަ ގްރެފިކް ކާޑު އުފައްދާ ބޮޑެތި ކުންފުނިތަކުން، ކޮންމެވެސް ވަރަކަށް ދަށްފެންވަރުގެ އަގުހެޔޮ ގްރެފިކް ކާޑުތައް ތައްޔާރުކޮށް އުޅުނުނަމަވެސް، ވޭތުވެދިޔަ ދެއަަހަރު ދުވަސް މިދިޔައީ މިފަދަ ނަސީބެއްނެތިއެވެ. އެހެން މިބުނީ، ފަހުން ބާޒާރަށް ނިކުތް ގްރެފިކް ކާޑުތަކުގެ ތެރެއިން ކިރިޔާވެސް އަތްފޯރާފަށުގެ އަގެއްގައި ފެންނަން އޮތީ 2020ގެ އޭޕްރީލްމަހު ނެރުނު ކާޑުތަކެވެ.

އެހެންނަމަވެސް ކޮމްޕިއުޓާ އެންތޫސިއަސްޓުންނަށް އުފާވެރި ޚަބަރެއް އެބައޮތެވެ. ޑައިރެކްޓްޑަޔަލް ނަމަކަށް ކިޔާ ކެނެޑާ ރީޓެއިލަރަކު އިންޓެލް އިން ބާޒާރަށް ނެރެން ނިންމާފައިވާ އަގުހެޔޮ 12-ވަނަ ޖީލުގެ ކޯރ ޕްރޮސެސަރތަކެއްގެ ވާހަކަ މީޑިއާއަށް ލީކުކޮށްލާފިއެވެ. މި ގްރެފިކްކާޑުތަކުގެ ސީދާ އަގަކީ ކޮބައިކަން ނޭނގުނުނަމަވެސް، ކުރިންވެސް އަގުހެޔޮކޮށް ވިއްކާ ޕްރޮސެސާރ ތަކާއި ދާދިއެއްއަގެއްގައި ވިއްކާނެކަމަށް ބެލެވެއެވެ.

މިގޮތުން އިންޓެލްގެ އައި-3 12100-އެފް ކުއަޑްކޯރ 8-ތްރެޑް ޕްރޮސެސާރ އެއް އާއްމުކޮށް ބާޒާރުގައި އުޅެނީ 120 ޑޮލަރަށެވެ. މިޒާތުގެ އެންޓްރީލެވެލް ކުއަޑްކޯ ޑެސްކްޓޮޕް ސީޕީޔޫތަކަކީ ބަޖެޓެއްގައި ކޮމްޕިއުޓަރު ސިސްޓަމެއް ތައްޔާރުކުރާ ފަރާތްތަކަށް ރައްޓެހި އަގެކެވެ. މިކާޑަކީ ގޭމްކުޅޭށާއި، ޕޮޓޯޝޮޕްކުރާށާއި ބްރައުޒްކުރަން އަދި މިނޫނަސް ކޮމްޕިއުޓަރަކުން ފުއްދަން ބޭނުންވާނޭ ގިނަ މުހުތާދުތައް ފުއްދޭނެ ފެންވަރުގެ ގްރެފިކް ކާޑެކެވެ.

2020ގެ އޭޕްރީލްމަހު އޭއެމްޑީއިންވަނީ 99 ޑޮލަރުގެ ރައިޒެން 3 3100 އަދި 129 ޑޮލަރުގެ 3300އެކްސްގެ ކުއަޑްކޯ ޕްރޮސެސަރތަކެއް ނެރެފައެވެ. މިޒާތުގެ އަގުހެޔޮ ކާޑުތަކަށް އަދިވެސް ބާޒާރުގައި ޑިމާންޑު އޮތްނަމަވެސް، ޗިޕްމަދުވުމުގެ ސަބަބުން، މިކާޑުތަކުގެ އަގުތައްވެސްވަނީ ބާޒާރުގައި ވަރަށް އުހަށް އުފުލިފައެވެ. މިއާއެކު އޭއެމްޑީފަދަ ކުންފުނިތަކުން އެފަރާތްތަކުގެ ސަމާލުކަން، ރައިޒެން 5000 ސީރީޒްގެ ކާޑުތައްފަދަ އަގުބޮޑު ފަރުމާތަކަށް ބަދަލުކުރިއެވެ.

އިންޓެލްއިން އާ އުފެއްދުމެއް ނެރުމުގެ ބަދަލުގައި، މިއަހަރުގެ މާރިޗުމަހު ނެރުނީ އޭޕްރީލް 2020ގެ ޑިޒައިނެއްކަމުގައިވާ ކޯ-އައީ3-10100 މޮޑެލްގެ ރިވިޝަންއެކެވެ. މިއާއިއެކު ތަންކޮޅެއް އަވަސް އައި-3 10105ގެ ކާޑެއްވެސް ނެރުނެވެ. އެހެންނަމަވެސް މިކާޑުތަކަކީ އަދިވެސް، 2015ގެ ފަހުކޮޅު ނެރުނު ސްކައިލޭކް ޕްރޮސެސާރގެ ފަރުމާގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ކާޑުތަކެކެވެ. ކައިރި މުސްތަޤްބަލެއްގައި އިންޓެލްގެ ފަރާތުން ފެނިގެންދާނެކަމަށް ލީކުވެފައިވާ އެލްޑާލޭކް ޕްރޮސެސަރތަކަކީ ވަރަށްވެސް ފުރިހަމަ ޕްރޮޑަކްޓެކެވެ. މިގޮތުން އިންޓެލްގެ 10-ވަނަ ޖީލުގެ ކޯރ އައި3 ޗިޕްތަކަށްވުރެ މާބޮޑުތަންވެސް މިކާޑުގެ ޕެފޯމަންސް ރަނގަޅުވާނެއެވެ. އެހެންނަމަވެސް، މިއާއިއެކު ކަރަންޓުގެ ޚަރަދުވެސް ބޮޑުވާނޭ ކަމަށް ލަފާކުރެވެއެވެ. އެއީ މިޕްރޮސެސަރތަކުގެ އަގުތިރިކުރުމުގެ ގޮތުން އިންޓެލްގެ އެފިޝަންސީ-ކޯ ހިމަނާފައިނުވާނެތީއެވެ. ކުރުގޮތަކަށް ބުނާނަމަ، އިންޓެލްއިން އަލަށް ބާޒާރަށް ނެރޭ ގްރެފިކްކާޑުތަކުގެ އަގުހެޔޮވި ނަމަވެސް، އެކާޑުތައް ލައްވައިގެން ކޮމްޕިއުޓަރު ސިސްޓަމްތައް ބޭނުންކުރުމަށްދާ ކަރަންޓުގެ ޚަރަދު ބޮޑުވާނެއެވެ.

ޙުސައިން ދީމް މުޙައްމަދު

ޙުސައިން ދީމް މުޙައްމަދު

ޓެކްނޮލޮޖީގެ ބާރުދުވެއްޔާއި ފައިހަމަކުރެވޭތޯ މަސައްކަތްކުރަމުންދާ ދަރިވަރެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.