ކުރިއަށް އޮތް ދުވަސްތަކުގައި ކްރިޕްޓޯކަރަންސީ

ޝުޖާޢަތު ރަޝީދު 18 ޖެނުއަރީ 2022

ކްރިޕްޓޯކަރަންސީ އަކީ މިދުވަސްވަރު އަނެއްކާވެސް ތަންކޮޅެއް މަދުން ވާހަކަ ދެކެވި، ބޭނުންކުރާ މައުޟޫއެކެވެ. މިދިޔަ އަހަރު އޮކްޓޯބަރ މަހު ރެކޯޑު އަދަދަކަށް ބިޓްކޮއިންގެ އަގު މައްޗަށް ދިޔަ ނަމަވެސް (68،500.00 ޔޫއެސް ޑޮލަރު)، ކްރިޕްޓޯކަރަންސީއާއި ބިޓްކޮއިން ލޯ ޕްރޮފައިލެއްގައި އުޅޭކަން ފާހަގަ ކުރެވޭނެއެވެ.

2021 އަހަރު ވެގެން ދިޔައީ ކްރިޕްޓޯކަރަންސީ އިންވެސްޓަރުންނަށް ވަރަށް މުހިންމު އަހަރަކަށެވެ. އަދި މިއަހަރަކީ އެމީހުން ގަބޫލު ކުރި ގޮތުގައި މިދިޔަ އަހަރަށް ވުރެންވެސް ބޮޑަށް ފައިދާ ކުރާނެ އަހަރެކެވެ. ނަމަވެސް ކަންތައްތައް ވެގެންދިޔައީ އުންމީދު ކުރި ގޮތަކަށް ނޫނެވެ.

2022 ވަނަ އަހަރު ކްރިޕްޓޯކަރަންސީއަށް ބިޓްކޮއިން އާއި އެތީރިއަމް ފަދަ ދަންނަ ނަންތަކުން ހީނަރުކަން އިހުސާސް ކުރެވެއެވެ.

މިފަދަ ހަލަބޮލިކަމާއިއެކުވެސް، ތަޖުރިބާކާރުން ބުނާ ގޮތުގައި ޑިޖިޓަލް ޓޯކަންތަކަކީ ދިގު މުއްދަތުގެ އިންވެސްޓްމަންޓްތަކެއް ކަމުން، މި އަގުތައް ވެއްޓުނީ ކުރު މުއްދަތަކަށެވެ.

ކްރިޕްޓޯކަރަންސީ ގެ އިންވެސްޓަރުން ލަފާކުރާ ގޮތުގައި 2021 ވަނަ އަހަރު ނިމުމުގެ ކުރިން ބިޓްކޮއިން 100،000 ޑޮލަރަށް އަރާނެއެވެ. ނަމަވެސް 2022 ވަނަ އަހަރު ކްރިޕްޓޯކަރަންސީގެ ސަބަބުން މުޅި މާކެޓް ވެސް ދަށަށް ގޮސްފައިވާތީ، އެ ކަމަށް ލޯބިކުރާ ފަރާތްތަކަށް ވަނީ ބޮޑެތި ނާއުންމީދުތަކެއް ކުރިމަތިވެފައެވެ.

މިހާރު ކްރިޕްޓޯކަރަންސީއަށް އިންވެސްޓު ކުރުމުން ލިބިދާނެ ގެއްލުމެއް ވޭތަ؟

ކްރިޕްޓޯކަރަންސީއަކީ އިންވެސްޓްމަންޓްގެ ހަލަބޮލި ވައްތަރެއް ކަމުގައި ފާހަގަވިޔަސް، މީހުން އަދިވެސް އިހްތިޔާރު ކުރަނީ ކްރިޕްޓޯކަރަންސީ އެވެ. މުޅިން ރައްކާތެރި ނޫން ނަމަވެސް ކްރިޕްޓޯކަރަންސީ ގިނަ ދުވަހު ދެމިއޮތުމަކީ ގިނަ މީހުން ދެކޭ ގޮތުގައި 'ޓްރައިއައުޓް އިންވެސްޓްމެންޓެއް' ކުރުމަށް ރަނގަޅު ކަރަންސީއެކެވެ.

ނަމަވެސް ވަރަށް ގިނަ ހާލަތްތަކުގައި ކްރިޕްޓޯކަރަންސީއަކީ ރިސްކީ ކަރަންސީއެއްކަން ވަނީ ސާބިތުވެފަ އެވެ. މިސާލަކަށް ކްރިޕްޓޯކަރަންސީ އެކްސްޗޭންޖްތަކުގައި ހެކްކުރުމާއި ހަމަލާތައް އިތުރުވަމުން ދިއުމަކީ އިންވެސްޓަރުންގެ ޑިޖިޓަލް އެސެޓްތައް ނުރައްކާ ކުރިމަތިވާ ކަމެއް ކަމުގައި ފާހަގަ ކުރެވެއެވެ.

ކޮއިންބޭސް ފަދަ މަޝްހޫރު އެކްސްޗޭންޖްތަކުން އިންވެސްޓަރުންގެ ޑިޖިޓަލް އެސެޓްތައް ރައްކާކުރުމަށް ފަސޭހަތަކެއް ލިބުނު ނަމަވެސް، މީހުން ބިރުގަންނަނީ އެމީހުންގެ ޑިޖިޓަލް ޓޯކަން ނުރައްކަލެއްގެ ތެރެއަށް ވެއްޓޭ ކަމުގެ ބިރު އޮތުމުންނެވެ. އެހެންކަމުން ބައެއް މީހުން ކޯލްޑް ސްޓޯރޭޖް އޮޕްޝަންތައް ވެސް އިހްތިޔާރު ކުރެއެވެ.

ކްރިޕްޓޯކަރަންސީގެ އަގުތައް

ކްރިޕްޓޯކަރަންސީތަކަކީ އެ ކަރަންސީ މޮޑަރޭޓް ކުރުމަށް ސެންޓްރަލް އޮތޯރިޓީއެއް ނުވަތަ މުއައްސަސާއެއް ނެތް އެއްޗަކަށް ވާތީ، އެ ކަރަންސީގެ އަގު ވަކި އެއްޗަކަށް ބަރޯސާ ނުވެ އެވެ.

ނަމަވެސް އެޑޮޕްޓް ކުރުމާއި މާކެޓް ކެޕިޓަލައިޒޭޝަން އަކީ ހަމައެކަނި މި ކަރަންސީ ކުރިއަރައިގަންނަ ސަބަބުތަކެވެ.

އެހެންކަމުން ކްރިޓިކްސް އިން އަބަދުވެސް ކްރިޕްޓޯކަރަންސީތަކަށް މަލާމާތްކުރަނީ، މި ކަރަންސީއަކީ ގިނަ ކަންތައްތަކެއް ފޮރުވާފައި މީހުންނަށް ނާންގާ ބެހެއްޓިފައިވާ ކަރަންސީއަކަށް ވުމުންނެވެ.

ނަސީބަކުން ފާއިތުވި އަހަރުތަކުގައި ކްރިޕްޓޯކަރަންސީގެ އިންވެސްޓަރުންނަށް ވާޗުއަލް އެސެޓްތަކުގެ ކުޅަދާނަކަން ފެންނަން ފެށި އެވެ.

ސެންޓްރަލް އޮތޯރިޓީއެއް ނެތިވެސް ކްރިޕްޓޯކަރަންސީތަކުން އެމީހުންގެ އަގު ދިގު މުއްދަތަކަށް ހިފެހެއްޓޭނެކަން އެމީހުންނަށް އިޙްސާސް ކުރެވުނެވެ. ޑިޖިޓަލް އެސެޓަކަށް ވުރެ ބޮޑަށް ކްރިޕްޓޯ ކަރަންސީތަކުން ވެސް ދުނިޔެއަށް 'އިންޓަނެޓް' ތަޢާރަފްވިއިރު ލިބުނު ކަހަލަ މަޝްހޫރު ކަމެއް ލިބުނީއެވެ.

ބްލޮކްޗެއިން ޓެކްނޮލޮޖީގެ ޑިސްކަވާ ވުމަށްފަހު، ގިނަ މީހުން ދަނީ މި ޓެކްނޮލޮޖީގެ ފައިދާއަށް ބަލައި ދިރާސާ ކުރަމުންނެވެ.

ކްރިޕްޓޯކަރަންސީ ދިރާސާކޮށް ބަލާ މާހިރުން ލަފާ ދޭގޮތުގައި ކްރިޕްޓޯކަރަންސީގެ މުޅި އެސެޓް ފޯލިއޯގައި ހަމައެކަނި %5 ބެހެއްޓުމަކީ ބުއްދިވެރި ކަމެކެވެ.

އެއީ ކްރިޕްޓޯކަރަންސީތަކަކީ އެއްވެސް ކަހަލަ ޔަޤީން ކަމެއް ނެތި ދަށަށް ގޮސްދާނެ އެއްޗަކަށް ވާތީވެއެވެ. އެންމެ ގިނަ މާހިރުން ލަފާ ދެނީ ރަނގަޅު ފައިނޭންޝަލް ޕްލޭނަކާއިއެކު ކްރިޕްޓޯކަރަންސީ އިންވެސްޓު ކުރުމަށް ފެށުމެވެ.

އިމަޖެންސީ ޕްލޭނަކާއިވެސް އެކު ކްރިޕްޓޯއަށް އިންވެސްޓް ކުރާނަމަ ކަމެއް ދިމާވާ ވަގުތުގައި އިތުރު ފަންޑު އަތުގައި ހުންނާނެ ކަމަށް ބުނެއެވެ.

ޝުޖާޢަތު ރަޝީދު

ޝުޖާޢަތު ރަޝީދު

ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.