އިލޮން ޓުވިޓާ ގަތުމުން ޗައިނާގެ ނުފޫޒާމެދު ބެޒޮސް ޝައްކު

ހަސަން ޒަޔާން 27 އޭޕްރީލު 2022
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ޓެސްލާގެ ސީއީއޯ އީލޮން މަސްކް ދާދިފަހުން ޓްވިޓަރ ގަތުމާއި ގުޅިގެން ޓްވިޓަރގައި ޗައިނާގެ ނުފޫޒު ގަދަވެދާނެކަމާމެދު އެމޭޒަންގެ ފައުންޑަރ އަދި އެގްޒެކެޓިވް ޗެއަރމަން ޖެފް ބެޒޯސް ސުވާލު ކުރައްވާފިއެވެ.

ބެޒޯސް ވަނީ ނިއުޔޯކް ޓައިމްސްގެ ރިޕޯޓަރު މައިކް ފޯސީތީ މަސްކް އާއި ޗައިނާއާ ދެމެދު އޮތް ގުޅުން ބަޔާންކޮށް ކުރި ޓުވީޓަކަށް މިގޮތަށް ރައްދު ދީފައެވެ.

ފޯސީތީ ކޮށްފައިވާ ޓުވީޓް:

-"2021 ވަނަ އަހަރު އެމެރިކާއަށްފަހު ދެވަނައަށް ޓެސްލާގެ އެންމެ ބޮޑު މާކެޓަކީ ޗައިނާއެވެ."

-"ޗައިނާގެ ބެޓެރީ އުފައްދާ ކުންފުނިތަކަކީ ޓެސްލާގެ އީވީތަކުގެ ބޮޑެތި ސަޕްލަޔަރުންނެވެ."

-"2009 ވަނަ އަހަރަށް ފަހު، ޗައިނާއިން ޓްވިޓާ މަނާކުރިއިރު، އެ ޕްލެޓްފޯމްގެ މައްޗަށް ސަރުކާރަށް އެއްވެސް ބާރެއް ނެތެވެ."

"މިކަންތައް ތަށް ފަހަރެއްގައި މިބަދަލުވީއެވެ" ފޯސީތީގެ ޓުވީޓުގައި ބުނެފައިވެއެވެ.

"ޝައުޤުވެރި ސުވާލެއް. ޗައިނާ ސަރުކާރުން ޓައުން ސްކޮޔާގެ މައްޗަށް ތަންކޮޅެއް ބާރު ގަދަވީތޯ؟" ޓުވީޓް އަށް ކޯޓް ކޮށް ބޭޒޮސް ބުނެފައިވެއެވެ.

ބެޒޮސް މިހެން މިފަދަ މޭރުމަކުން ވާހަކަ ދައްކާފައިވާއިރު، އީލޮން މަސްކް ޓްވިޓަރ އަށް ގެންނާނެކަމަށް ބެލެވޭ ބަދަލުތަކުގައިވެސް އެންމެ ބޮޑު އިސްކަމެއް ދޭނެކަމަށް ބެލެވެނީ މިނިވަންކަމާއެކު އެންމެންނަށް ބައިވެރިވެވޭ ޕްލެޓްފޯމަކަށް ޓްވިޓަރ ބަދަލުކުރުމެވެ.

ހަސަން ޒަޔާން

ހަސަން ޒަޔާން

ޑިވެލޮޕާރ

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.