އަންހެނުންނަށް ހާއްސަ ވެއަރަބަލް ޓެކްގެ މާކެޓު

ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

އަތުގައި އަޅާ ސްމާޓް ޑިވައިސް ތަކަކީ (ވެއަރަބަލް ޓެކް) މިހާރު ވަކިން ހާއްސަކޮށް ވިސްނުން ބަހައްޓައިން އެކި ޑިމޮގްރަފިކް ތަކަށް ތައްޔާރު ކުރެވޭ ތަކެއްޗައް މިވަނީ ވެފައެވެ.

ފާހަގަ ކުރެވޭ އެއް ކަމަކީ ވެއަރަބަލް ޓެކްގެ މާކެޓުގައި އަންހެނުންނަށް ހާއްސަކޮށްގެން އެތަކެއް ސްމާޓް ވެއަރަބަލް ޑިވައިސްތަކެއް ހުންނަ ކަމެވެ.

ކޮންމެ ސްމާޓް ވޮޗެއްގައި ނުވަތަ ބޭންޑެއްގައިވެސް ވަކި ފީޗާތަކެއް އަންހެނުންނަށް ހާއްސަ ކޮށްފައިވެއެވެ. ނަމަވެސް ވެއަރަބަލް ޓެކްގެ މާކެޓުގައި އަންހެނުންނަށް ހާއްސަ ކުރެވޭ ގޮތާއި ކުރިއަށް އޮތް ޓްރެންޑްތަކަކީ ކޮބައިތޯ ހިތައް އަރައެވެ.

އެންމެ ފުރަތަމަ ކަމަކަށް ގިނަ މީހުން ބޭނުންވަނީ އެމީހުން ގެންގުޅޭ ސްމާޓްފޯނާއި އެއް ވައްތަރުގެ ސްމާޓް ވޮޗެކެވެ. މިއީ އެމީހުންގެ ފޯނުގައި ހުންނަ އެޕްތަކަށް ސަޕޯޓްދޭ ވޮޗަކަށް ނުވަތަ ފިޓް ބޭންޑަކަށްވެސް ވާން ޖެހެއެވެ. މީގެ އިތުރަށް ގިނަ މީހުން ވޮޗްގެ ޑިޒައިނަށްވެސް ބަލާކަން ފާހަގަ ކުރެވެއެވެ.

ސްމާޓް ވޮޗެއް ގަންނަން އާންމުކޮށް ބޭނުންވާ އަންހެނުން ބޭނުންވަނީ ނޮޓިފިކޭޝަން ލިބޭ، އެޕްތަކަށް ސަޕޯޓުދޭ، އަދި ފިޓްނަސް ޓްރެކްވެސް ކުރެވޭ ސްމާޓް ވޮޗެކެވެ.

މަންމައިން، ޑަކްޓަރުން، ސީ.އީ.އޯ ނުވަތަ އެހެން ހުރިހާ އެންމެންވެސް ބޭނުންވަނީ ނިދުން ޓްރެކްކޮށް އެނެލައިޒް ކުރެވޭ ގޮތަށާއި އޮކްސިޖަން މޮނީޓާ ކުރެވޭ ގޮތަށާއި ހެލިފެލިވެ އުޅުމަށް ބާރުދީ އެލާޓް ދޭ ސްމާޓް ވޮޗެކެވެ.

ދެން ތަފާތަކީ އެތުލީޓެއް ނަމަ ބޭނުންވަނީ އެޑްވާންސް ޓްރެއިނިންއާއި ރިކަވަރީއަށް ޓޫލްސް ހިމަނާފައިވާ ސްމާޓް ވޮޗެކެވެ. މީގެ ތެރޭގައި ބައިސްކަލު ކަސްރަތު ޓްރެކް ކުރުމާއި ޖީ.ޕީ.އެސް ހިމަނާފައިވުންވެސް މިއީ މުހިންމު ކަމެއް ގޮތުގައި އެކްޓިވް މީހުން ދެކެއެވެ. މިއީ ހަމަ އެކަނި އަންހެނުންނަށް އެކަނި މުހިންމު ފީޗާތަކެއް ނޫންކަން ފާހަގަ ކުރެވެއެވެ.

ސްމާޓް ވޮޗް ނުވަތަ ފިޓްނަސް ޓްރެކިން ބޭންޑެއްގެ ކުޑަ ބޮޑު މިނަކީވެސް ވަރަށް ގިނަ މީހުން ބަލާ ކަމެކެވެ. ހާއްސަކޮށް ބައެއް އަންހެނުންނަކީ ފެޝަނަބަލް ފަހުގެ އެކި ކުލަ ތަކުގެ ވޮޗް ބޭންޑުތައް ބޭނުންކޮށް އަތަށް ހެޔޮވަރު ވަރެއްގެ ކަމަރެއް ގަޑިއަށް އިހްތިޔާރު ކުރާ ބައެކެވެ.

މިކަމަށް ބަލާއިރު ފާހަގަ ކުރެވެނީ ވެއަރަބަލް މާކެޓުން އަންހެނުންނަށް ހާއްސަކޮށް ދަނީ ރަނގަޅު މިސްރާބަކަށް ކަމެވެ. މިހާރު އެންމެ މަޤުބޫލު ގިނަ ސްމާޓް ޑިވައިސްތަކަކީ އެކި ސައިޒުގައި ތައްޔާރު ކުރަމުން އަންނަ ތަކެތިކަން ފާހަގަވެއެވެ.

މީގެ ތެރޭގައި ސަމްސަން ގެލެކްސީ ވޮޗް 4، އެޕަލް ވޮޗް 7، ފެނިކްސް 7 ސީރީޒް، ވެނު 2 ޕްލަސް ހިމެނެއެވެ.

އަންހެނުންގެ ސިއްހަތައް ހާއްސަ ސަމާލުކަމެއް ދީފައިވާ ބްރޭންޑުތަކަކީވެސް އަންހެނުން ސްމާޓް ވޮޗެއް ގަންނަ ނަމަ ބަލާ ކަމެކެވެ.

މިހާރު ވެއަރަބަލް މާކެޓުގައި ހުރި ގިނަ ޑިވައިސްތަކަކީ ސައިކަލް ޓްރެކިންއާއި މާބަނޑު ދުވަސްވަރުގެ ކަންތައްތައް ޓްރެކް ކުރެވޭ ގޮތައް ތައްޔާރު ކުރެވިފައިވާ ޑިވައިސްތަކެކެވެ. މަޤުބޫލު ފޯނު މެނުފެކްޗަރާއިން މިކަމަށް ހާއްސަކޮށް އެމީހުންގެ ހެލްތު އެޕްލިކޭޝަން ތައްޔާރުކޮށްފައިވެއެވެ.

ޓެކްނޮލޮޖިކަލް ކުރިއެރުންތައް (އަދި އަންހެނުންނަށް މާ ބޮޑަށް ފޯކަސް ކުރުން) މާނައަކީ ޓްރެކް ކުރުމުގައި ފިރިހެން-ސެންޓްރިކް ޖިންސުގެ ތަފާތުކުރުންތަކަކީ އުންމީދަކީ މަދުވަމުން އަންނަ މައްސަލައެކެވެ. ހަމައެއާއިއެކު، އާ އާލާތްތަކާއި، އަންހެން ފޯކަސްޑް ސޮފްޓްވެއަރ، އަދި އިތުރު އިންކްލޫސިވް ޑިޒައިން އޮޕްޝަންތަކުގެ ސަބަބުން، ވެއަރބަލްސް އިތުރުވެ، އަންހެނުންނަށް ބޭނުންތެރި އަދި ބޭނުންތެރި އެއްޗަކަށް ވެގެންދެއެވެ.

ގިނަ ނޫސްތަކުން ހާމަވާ ގޮތުން އެޕަލް ވޮޗް 8 އާއި ކުރިއަށް އޮތް ސެމްސަންގް ގެލެކްސީ ވޮޗް 5 ގައި ވެސް ތާމޯމީޓަރު ތައް ހިމެނުމަކީ އަންހެނުންނަށް އެމީހުންގެ ސައިކަލް ޓްރެކް ކުރުމުގައި އިތުރު އިންސައިޓް ލިބިގެންދާނެ ކަމެކެވެ.

އިތުރަށް ކިޔާލުމަށް:

2021 ގައި އެންމެ މަޤުބޫލް އަންހެނުންނަށް ހާއްސަ ސްމާޓް ގަޑި

ޝުޖާޢަތު ރަޝީދު

ޝުޖާޢަތު ރަޝީދު

ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.