2021 ގައި އެންމެ މަޤުބޫލް އަންހެނުންނަށް ހާއްސަ ސްމާޓް ގަޑި

ޝުޖާޢަތު ރަޝީދު 01 އޮކްޓޯބަރު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

މި ރިޕޯޓުގައި ގެނެސްދީފައިމިވާ ސްމާޓް ގަޑި ތަކަކީ އަންހެނުންގެ މެދުގައި އެންމެ މަޤުބޫލް ފާހަގަކޮށްލެވޭ ގަޑިތަކެކެވެ. މީގެއިން ގިނަ ސްމާޓް ގަޑިތަކަކީ ވަކި ބަޔަކަށް ހާއްސަކޮށްފައިވާ ގަޑިތަކެއް ނޫނެވެ. ނަމަވެސް މި ގަޑިތަކުގައި އަންހެނުންނަށް ހާއްސަކޮށް ގިނަ ކަންތައްތައް އެކުލަވާލައިފައިވެއެވެ.

އަތުގައި އަޅާލަން ފަސޭހަ، ނިދުމުގެ ކަންތައްތައް ރެކޯޑުކޮށް، ފިޓްނެސް ޑޭޓާއާއި ސިއްޚީ މަޢުލޫމާތު ނަގައިލެވޭ ގަޑިތައްވެސް މީގެތެރޭގައި ހިމެނެއެވެ.

ޓޮމްސްގައިޑުން އަންހެނުންނަށް ހާއްސަ ސްމާޓް ގަޑިތައް ދިރާސާކޮށް ބެލިބެލުމުން އެނގިގެންދަނީ މިހާރު ބާޒާރުގައި އެންމެ ކަމުދާ ގަޑިއަކަށް އަންހެނުންނަށް ހާއްސައީ އެޕަލް ވޮޗް 6 އެކެވެ. އަދި މިފަހުން ނެރުނު ގަޑިއެއް ކަމުގައިވާ ސަމްސަން ގެލެކްސީ ވޮޗް 4 އެވެ. އަންހެނުންނަށް ހާއްސަކޮށްފައި ހުރި ފާހަގަކޮށްލެވޭ ގަޑިތަކުގެ ތެރޭގައި ހިމެނެނީ:

1. އެޕަލް ވޮޗް 6

މިއީ އަންހެނުންނަށް އެންމެ ރަނގަޅު ސްމާޓް ގަޑި ގޮތުގައި މިހާރު މާކެޓުގައި ފާހަގަކުރެވޭ އެއް ގަޑިއެވެ.

އެޕަލް ވޮޗް 6

ގަޑީގެ މޫނުމަތީގެ ސައިޒް: 40mm, 44mm

ބެޓަރީ ލައިފް: 18 ގަޑިއިރު، ޖީ.ޕީ.އެސް ހިމަނާފައިވޭ، ބޭނުންނަމަ އެލް.ޓީ.އީވެސް ބޭނުންކޮށްލެވޭނެއެވެ.

މޮބައިލް ޕޭމަންޓު: އެޕަލް ޕޭ

މިއީ ހަމައެކަނި އައި.އޯ.އެސް ނުވަތަ އެޕަލްގެ އޮޕަރޭޓިން ސިސްޓަމާއިއެކު ބޭނުންކުރެވޭ ގަޑިއެކެވެ.

މިގަޑި ގެންގުޅެން މީހުންގެ ތެރޭގައި މަޝްހޫރުވަނީ މިގަޑީގެ އެހީގައި ބްލަޑް އޮކްސިޖަން ލެވެލް ބަލާލައިލެވޭތީވެއާއި، އަބަދުވެސް ދިއްލިފައި ހުންނަ ޑިސްޕްލޭއެއް ލާފައި ހުރުމުންނެވެ. މިގަޑިއާއި އެކީ އެކި ކުލަކުލައިގެ ކޭސިންވެސް ބޭނުންކޮށްލެވެއެވެ.

އެޕަލް ވޮޗް 6 އެއްގައި ދެން ފާހަގަކޮށްލެވެނީ އިލެކްޓްރޯކާޑިއޯގްރާމަކާއި ދާދިއެއްވަރަކަށް އީސީޖީ ސައްޙަކޮށް ރެކޯޑު ކޮށްދެއެވެ.

މިގަޑީގެ އައު ވައްތަރެއް، އިތުރު ފީޗާތަކާއި އެކީ ވަރަށް އަވަހަށް އެޕަލްއިން ނެރޭނެކަމަށް ބުނެއެވެ.

އެމޭޒަންއިން ގަންނަން ލިބޭ އަގު: $349.00 އަށް

2. ސަމްސަން ގެލެކްސީ ވޮޗް 4

އެންމެ ފަހުން ސަމްސަންއިން ނެރުނު މިގަޑިއަކީ މިހާރު މާކެޓުގައި ވިއްކަން ހުރި އެންމެ ރަނގަޅު އެއް ގަޑިއެވެ. މިއީ ސަމްސަން ފޯނު ބޭނުންކުރާ މީހުންނަށް ވަރަށް ފަސޭހަކަމާއެކީ ބޭނުންކުރުމަށް ހާއްސަކުރެވިފައިވާ ގަޑިއެކެވެ.

ގަޑީގެ މޫނުމަތީގެ ސައިޒް: 40mm, 42mm, 44mm, 46mm

ބެޓަރީ ލައިފް: 40 ގަޑިއިރު،

ޖީ.ޕީ.އެސް: ހިމަނާފައިވޭ.

މި ސްމާޓް ގަޑިއަކީ ފެތުމަށް މޫދުގައި ނުވަތަ ޕޫލެއްގައި ބޭނުންކުރަން ފަސޭހަ ގަޑިއެއްކަން ފާހަގަކުރެވެއެވެ.

މޮބައިލް ޕޭމަންޓު: މި ގަޑި މެދުވެރިކޮށް ސަމްސަން ޕޭއިން ޕޭމަންޓުތައް ހަދާލެވޭނެއެވެ.

އެންޑްރޮއިޑް އޮޕަރޭޓިން ސިސްޓަމްގެ ކޮންމެ ފޯނަކާއިއެކީ މިގަޑި ބޭނުންކުރެވޭނެއެވެ. އަދި އެޕަލް ވޮޗެކޭ އެއްފަދައިން މެންސްޓުރަލް ސައިކަލްގެ ޑޭޓާ ރެކޯޑުކޮށް ޓްރެކް ކޮށްލެވޭނެއެވެ.

މި ސްމާޓް ގަޑީގެ ބެޓަރީ ލައިފް އެޕަލް ވޮޗް 6 އަށް ވުރެން ގިނަވިއަސް ބެޓަރީ ލައިފްގައި މައްސަލަ އުޅޭ ކަމުގައި ބައެއް މީހުން ބުނެއެވެ.

އެމޭޒަންއިން ގަންނަން ލިބޭ އަގު: $249.99 އަށް

3. ފިޓްބިޓް ސެންސް

ފިޓްބިޓަކީ އަބަދުވެސް އަންހެނުންގެ ދުޅަހެޔޮކަމަށް ހާއްސަކޮށް އެމީހުންގެ ސްމާޓް ގަޑިތަކުގައި ފީޗާތައް ބަހައްޓާ ކުންފުންޔެކެވެ. އެހެންކަމުން މިގަޑިއަކީވެސް ވަރަށް ރަނގަޅަށް ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަށް އެހީވެދޭނެ ބައިވެރިއަކަށް ވާނެއެވެ.

ފިޓްބިޓް ސެންސް

ގަޑީގެ މޫނުމަތީގެ ސައިޒް: 40mm

ބެޓަރީ ލައިފް ރޭޓްކޮށްފައިވަނީ: 6 ދުވަސް

ޖީ.ޕީ.އެސް: ހިމަނާފައިވޭ އަދި ފެތުމަށް މޫދުގައްޔާއި ޕޫލްގައި ގިނައިރު ބޭނުންކުރެވޭ ގޮތައް ފަރުމާކުރެވިފައިވާ ގަޑިއެއް.

މި ގަޑީގެ އެހީގައިވެސް މެންސްޓުރަލް ސައިކަލްގެ ޑޭޓާ ރެކޯޑުކޮށް މާބަނޑު ދުވަސްވަރުގެ މަޢުލޫމާތުވެސް ރެކޯޑުކޮށް ބެލެހެއްޓޭނެއެވެ.

މި ސްމާޓް ގަޑީގެ ޑިޒައިނަކީ ވަރަށް ގިނަ ބަޔަކަށް ކަމުދާ ޑިޒައިނެއް ގޮތުގައި ފާހަގަކުރެވެއެވެ. މި ގަޑީގައި ސްޕޮޓިފައިގެ ސްޓޯރޭޖް ބޭނުން ނުކުރެވޭނެއެވެ.

ފިޓްބިޓްގެ މިގަޑިއާއި އެކު އެމީހުންގެ ޕޭމަންޓް ސާވިސް ކަމުގައިވާ ފިޓްބިޓް ޕޭ ބޭނުންކޮށްލެވޭނެއެވެ. މިއާއިއެކު ފިޓްބިޓްގެ އެޕްލިކޭޝަންވެސް ފޯނަށް އަޅާލައި ގަޑިއާއި ގުޅާލައިން ބޭނުންކޮށްލެވޭނެއެވެ.

އިުރަށް ފާހަގަކުރެވެނީ މިގަޑީގެ އެހީގައި ސްޓްރެސް ލެވެލް ދެނެގަނެ، އީ.ސީ.ޖީ ނަގާލައި ބްލަޑް އޮކްސިޖަން (SpO2) ލެވެލްވެސް ބަލާލެވޭކަމެވެ.

މިގަޑިއަކީ ވަރަށް ގިނަ އަދަދެއްގެ ފިޓްނަސް ކަންތައްތައް ކުރާއިރު ބޭނުންކުރެވޭ ގޮތައް ފަރުމާކުރެވިފައިވާ ގަޑިއެކެވެ. މިގަޑި އައި.އޯއެސްއާއި އެންޑްރޮއިޑް ފޯނުތަކާއި އެކީ ބޭނުންކުރެވޭނެއެވެ.

އެމޭޒަންއިން ގަންނަން ލިބޭ އަގު: $288.99 އަށް

4. ގާމިން ލިލީ

ގާމިންއަކީވެސް ދުޅަހެޔޮ ދިރިއުޅުމަކަށް ހާއްސަކޮށް އެމީހުންގެ ކަސްޓަމަރުންނަށް ސްމާޓް ވޮޗްތައް ފަރުމާކުރާ ކުންފުންޔެކެވެ. ގާމިން ލިލީއަކީ ވަރަށް ރީތި ސްޓައިލަކަށް ފަރުމާކޮށްފައިވާ ކުޑަ ފަސޭހަކޮށް ގެންގުޅެވޭނެ ގަޑިއެކެވެ. އާންމުކޮށް މިހުންނަށް ސްމާޓް ގަޑިއާއި ހިލާފަށް މިގަޑި ފަރުމާކޮށްފައިވަނީ އާދައިގެ ގަޑިއަކާއި އެއްގޮތެއް ފަދައިންނެވެ.

ގަޑީގެ މޫނުމަތީގެ ސައިޒް: 34mm

ބެޓަރީ ލައިފް ރޭޓްކޮށްފައިވަނީ: 5 ދުވަހަށް

ޖީ.ޕީ.އެސް: ނުހިމެނޭ، ނަމަވެސް ފެތުމަށް މިގަޑި ބޭނުންކުރެވޭނެއެވެ.

އެއްވެސް ކަހަލަ މޮބައިލް ޕޭމަންޓެއް މިގަޑީގެ އެހީގައި ނުކުރެވޭނެއެވެ. ނަމަވެސް މެންސްޓުރަލް ސައިކަލް ރެކޯޑްކޮށް ބަލައި، ޕްރެގްނެންސީވެސް މިގަޑީގެ އެހީގައި ޓްރެކްކޮށްލެވޭނެއެވެ.

މިގަޑިއަކީ ވަރަށް ލުއި އަދި ހިތްގައިމު ސްޓައިލެއްގައި ފަރުމާކުރެވި އެންމެ ރީތި ގާމިންގެ ޑިސްޕްލޭ ލާފައިވާ ސްމާޓް ގަޑިއެވެ. މިގަޑީގައި އެން.އެފްސީ އަދި ޖީ.ޕީ.އެސް ފީޗާތައް ނުހިމެނޭނެއެވެ.

އެމޭޒަންއިން ގަންނަން ލިބޭ އަގު: $249.99 އަށް

5. އެޕަލް ވޮޗް އެސް.އީ

މިއީ އެޕަލްގެ ވޮޗް ސީރީސް ފަހެއްގެ ފަހުން އެޕަލްއިން ނެރުނު ގަޑިއެކެވެ. މިހާރު އެޕަލް ވޮޗް ސީރީސް ފަހެއް އުފެއްދުން ހުއްޓާލައި މިގަޑި އެޕަލްއިން ނެރެފައިވަނީ ތަފާތު ފީޗާތަކެއްވެސް ހިމަނާފައެވެ. މި ސްމާޓް ގަޑިއަށް އެޕަލްގެ ވޮޗް އޯ.އެސް 8 އެއް އަދި ފަހުގެ އަޕްޑޭޓްތައްވެސް ލިބޭނެއެވެ.

އެޕަލް ވޮޗް އެސް.އީ

ގަޑީގެ މޫނުމަތީގެ ސައިޒް: 40mm, 44mm

ބެޓަރީ ލައިފް ރޭޓްކޮށްފައިވަނީ: 18 ގަޑިއިރު ބޭނުންކުރެވޭ ކަމަށް

ޖީ.ޕީ.އެސް: ހިމަނާފައިވޭ އަދި ފެތުމަށް ބޭނުންކޮށްލެވޭ. އެޕަލް ވޮޗް 6 އެކޭ އެއްގޮތަށް މި ގަޑީގައިވެސް އެލް.ޓީ.އީ ބޭނުންކޮށްލެވޭ އަދި އެޕަލް ޕޭ މެދުވެރިކޮށް މޮބައިލް ޕޭމަންޓުތައް ހަދާލެވޭނެއެވެ.

މިގަޑިއާއި އެޕަލް ވޮޗް 6 އަކާއި ހުރި ހަމައެކަނި ތަފާތަކީ މިއީ ތަންކޮޅެއް އަގު ހެޔޮ ގަޑިއަކަށް ވެފައި ޑިސްޕްލޭ އަބަދު ދިއްލިފައި އިންނަ ގަޑިއަކަށް ނުވާކަމެވެ.

އެމޭޒަންއިން ގަންނަން ލިބޭ އަގު: $329.99 އަށް

6. ފިޓްބިޓް ވާސާ 3

މިއީ ނިދުމުގެ ކަންތައްތައް ރެކޯޑުކޮށް ބެލެހެއްޓުމަށް ފަސޭހަ ފިޓްބިޓް ސްމާޓް ގަޑިއެއް ކަމުގައި ގިނަ މީހުން ފާހަގަކުރާ ގަޑިއެކެވެ.

ފިޓްބިޓް ވާސާ 3

ގަޑީގެ މޫނުމަތީގެ ސައިޒް: 40mm

ބެޓަރީ ލައިފް ރޭޓްކޮށްފައިވަނީ: 6 ދުވަސް ކަމުގައި

ޖީ.ޕީ.އެސް: ހިމަނާފައިވޭ އަދި ފެތުމަށް ބޭނުންކޮށްލެވޭ. މިގަޑީގެ އެހީގައިވެސް ޕްރެގްނެންސީ ޓްރެކްކޮށް މެންސްޓުރަލް ސައިކަލް ރެކޯޑު ކޮށްލެވޭނެއެވެ.

ފިޓްބިޓް ޕޭމަންޓް ދައްކާލައި ވަރަށް ރަނގަޅަށް ނިދުމުގެ މަޢުލޫމާތު ނަގައި ރިޕޯޓުތައް ބަލާލެވޭނެއެވެ.

އެމޭޒަންއިން ގަންނަން ލިބޭ އަގު: $226.90 އަށް

7. ސަމްސަން ގެލެކްސީ ވޮޗް އެކްޓިވް 2

މިއީ ކަސްރަތު ކުރާ ވަގުތުތަކުގައި ހާއްސަކޮށް ބޭނުންކުރުމަށް ސަމްސަންއިން އަންހެނުންނަށް ހާއްސަކޮށް ނެރެފައިވާ ގަޑިއެކެވެ.

ސަމްސަން ގެލެކްސީ ވޮޗް އެކްޓިވް 2

ގަޑީގެ މޫނުމަތީގެ ސައިޒް: 40mm, 44mm

ބެޓަރީ ލައިފް ރޭޓްކޮށްފައިވަނީ: 60 ގަޑިއިރު ކަމަށް

ޖީ.ޕީ.އެސް: ހިމަނާފައިވޭ އަދި ފެތުމަށް ބޭނުންކޮށްލެވޭ. މިގަޑީގެ އެހީގައި މެންސްޓުރަލް ސައިކަލް ރެކޯޑުކޮށް ބެލެހެއްޓޭނެއެވެ، ނަމަވެސް ޕްރެގްނެންސީ ޓްރެކް ކުރާނަމަ އެހެން ތާޑް ޕާޓީ އެޕެއް ބޭނުން ކުރަން ޖެހެއެވެ.

މިގަޑި ހަމައެކަނި ބޭނުންކުރެވޭނީ އެންޑްރޮއިޑް ފޯނުތަކާއި އެކުއެވެ. އޮފްލައިންކޮށް ސްޕޮޓިފައިގެ ސްޓޯރޭޖް މިގަޑީގައި ބޭނުންކުރެވޭނެއެވެ. އީ.ސީ.ޖީ ބަލާލެވޭ ގަޑިތަކާއި އަޅާކިޔާނަމަ މިއީ މާކެޓުގައި ވަރަށް އަގުހެޔޮ ސްމާޓް ގަޑިއެކެވެ.

މިގަޑީގައި ނިދުމުގެ ޑޭޓާ ޓްރެކްކޮށް ބެލެހެއްޓޭ ގޮތް ރަނގަޅު ނޫންކަމަށް ގިނަ ބަޔަކު ބުނެއެވެ.

އެމޭޒަންއިން ގަންނަން ލިބޭ އަގު: $194.99 އަށް

8. ފިޓްބިޓް ވާސާ 2

މި ލިސްޓުގެ އެންމެ ފަހަތުގައި ފާހަގަކުރެވޭ މިގަޑިއަކީ މިވަރުގެ ސްމާޓް ގަޑިއަކަށް ބަލާނަމަ އަންހެނުން ބޭނުންކުރުމަށް ރަނގަޅު އާދައިގެ ގަޑިއެކެވެ.

ފިޓްބިޓް ވާސާ 2

ގަޑީގެ މޫނުމަތީގެ ސައިޒް: 40mm

ބެޓަރީ ލައިފް ރޭޓްކޮށްފައިވަނީ: 4 ދުވަސް

ޖީ.ޕީ.އެސް: ހިމަނާފައިނުވޭ ނަމަވެސް ފެތުމަށާއި އަދި މޮބައިލް ޕޭމަންޓް (ފިޓްބިޓް ޕޭ) ކުރެވޭ ގޮތައް ފަރުމާކުރެވިފައިވާ ގަޑިއެކެވެ.

ފިޓްބިޓްގެ އެހެން ސްމާޓް ގަޑިއެކޭ އެއްގޮތައް މިއީވެސް އެންޑްރޮއިޑް އަދި އެޕަލް އައި.އޯ.އެސް އާއި އެކު ބޭނުންކޮށްލެވޭނެ ގަޑިއެކެވެ. މިގަޑީގެ އެހީގައިވެސް ޕްރެގްނެންސީ ޓްރެކްކޮށް މެންސްޓުރަލް ސައިކަލް ރެކޯޑު ކޮށްލެވޭނެއެވެ.

މިއީ އަގުހެޔޮ އަދި ގިނަ ބޭނުންވާ ކަންތައްތައް ކޮށްލެވޭ ގޮތައް އަންހެނުންނަށް ހާއްސަކޮށް ނެރެފައިވާ ގަޑިއެކެވެ.

އެމޭޒަންއިން ގަންނަން ލިބޭ އަގު: $174.95


އިތުރަށް ކިޔާލުމަށް:

2021 ގައި ފާހަގަ ކޮށްލެވޭ އެންމެ ކަމުދާ ސްމާޓް ގަޑިތައް

އެޕަލް ވޮޮޗް 6: ސްމާޓް ގަޑިއަކަށް ވުރެ ބޭނުންތެރި އާލާތެއް

ފޭސްބުކްއިން ސްމާޓް ގަޑިއެއް އުފައްދަނީ

ވަންޕްލަސްގެ ސްމާޓް ގަޑިއެއް ނެރެނީ

އަލާމާތެއް ނުފެނުނަސް ސްމާޓް ގަޑިން ކޮވިޑް-19 ދެނެގަނެވިދާނެ

ޝުޖާޢަތު ރަޝީދު

ޝުޖާޢަތު ރަޝީދު

ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.