މިދިޔަ ދެހާހުގެ އަހަރުތަކުގައި ޑިޒައިނަރުންނާއި އުފެއްދުންތެރިން ވަނީ ސެލްފް ޑްރައިވިން ކާރު، ވާޗުއަލް ރިއަލިޓީ ސްޕޭސް، އަދި ސްމާޓް ހޯމް ފަދަ ކަންކަން އުފެއްދުމުގައި އަވަދިނެތި މަސައްކަތް ކޮށްފައެވެ.
މި ޒަމާނުގެ ކުރިއެރުންތަކުގެ ތެރޭގައި، ހާއްސަކޮށް އެއް މާކެޓެއްގައި ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ވަނީ ފެނިފަ އެވެ. ސްމާޓްވޮޗް ނުވަތަ ފިޓްނަސް ޓްރެކަރ ކަމުގައި ވިޔަސް، ވެއަރބަލް ޓެކްނޮލޮޖީއަށް ކުރިއަށްވުރެ ގިނަ ބަޔަކު ދަނީ އިންވެސްޓް ކުރަމުންކަން ފާހަގަވެއެވެ.
ވެއަރަބަލް ޓެކްނޮލޮޖީއަކީ ކޮންކަހަލަ ޓެކްނޮލޮޖީއެއް؟
ނަމުންވެސް އިނގިގެންދާފަދައިން ވެއަރަބަލް ޓެކްނޮލޮޖީއަކީ ގައިގެ ކޮންމެވެސް ގުނަވަނެއްގައި އެޅުމަށްފަހު ބޭނުން ކުރެވޭ ޑިވައިސްތަކެއްގައި ހިމަނާފައިވާ ޓެކްނޮލޮޖީއެކެވެ.
މޮޑާން މިހާރުގެ ވެއަރަބަލް ޓެކްނޮލޮޖީއަކީ ކޮންމެވެސް އެއް ހަމައެއްގައި އިންސާނުންނާއި ގުޅުންހުރި އެއްޗަކަށް މިވަނީ ވެފައެވެ. މިފަދަ ޓެކްނޮލޮޖީއަކީ ހެލިފެލިވެއުޅުމާއި ބައޮމެޓްރިކްސް ސެންސަރެއްގެ އެހީގައި ޓްރެކް ކުރާ ޓެކްނޮލޮޖީއެވެ.
އެންމެ ފުރަތަމަ މި މާކެޓުގައި ހުރި ޑިވައިސްތަކުގައި ބޭނުންކުރި ވެއަރަބަލް ޓެކްނޮލޮޖީއަކީ އިންސާނުންގެ ހަށިގަނޑުން ސީދާ ގޮތެއްގައި ސެންސަރު ހަރުކޮށް ހެލިފެލިވެއުޅުން ޓްރެކް ކުރެވުނު ޓެކްނޮލޮޖީއެކެވެ. ނަމަވެސް މިހާރު ޓެކްނޮލޮޖީ އީޖާދުވެ ކުރިއެރުމުން މިހާރު މި ޑިވައިސްތަކަކީ ފަސޭހަކޮށް އަތުކުރިން، އިނގިލިން، ލޮލުން ނުވަތަ މޭމަތިންވެސް ސެންސަރުގެ އެހީގައި ބޭނުންވާ ޑޭޓާ ނެގޭފަދަ ޓެކްނޮލޮޖީއަކަށް މިވަނީ ވެފައެވެ.
އެހެންކަމުން މިހާރު މާކެޓުގައި ހުރި ވެއަރަބަލް ޓެކް ޑިވައިސްތައް ގިނަވެ، އެމީހަކު ބޭނުން އެއްޗެއް އިހްތިޔާރު ކުރުމަށް މިވަނީ ފަސޭހަވެސް ވެފައެވެ.
މޮޑާން މިޒަމާނުގެ ވެއަރަބަލް ޑިވައިސްތައް
މިހާރުގެ މޮޑާން ޓެކްނޮލޮޖީގެ ސަބަބުން ކުރިންވެސް ބުނި ފަދައިން އަހަރެމެންނަށް އެންމެ ފަހުގެ ވެއަރަބަލް ޑިވައިސް އިހްތިޔާރު ކުރުމަށް ޗާންސް މިވަނީ ބޮޑުވެފައެވެ. މީގެ ތެރޭގައި ހިމެނޭ ޑިވައިސްތައް ފާހަގަ ކޮށްލާނަމެވެ.
ސްމާޓް ގްލާސް
ސްމާޓް ގްލާސްއަކީ ލޮލުގައި އަޅާލެވޭ، އޮގްމެންޓެޑް ރިއަލިޓީ (އޭ.އާރު) ޓެކްނޮލޮޖީ އެކުލަވާފައިވާ އައިނުތަކެވެ. ރޭބަން ފަދަ މަޝްހޫރު ބްރޭންޑުތަކުން ތަފާތު އައިނު ތައްޔާރު ކުރަމުން އެބަދެއެވެ.
މީގެތެރެއިން ފާހަގަވަނީ ފްރަންޓް ފޭސިން ކެމެރާއެއް ގޮތައް ގޯޕްރޯގައި ހިމަނާލެވޭ ސްމާޓް ގްލާސް އެވެ.
ސްމާޓް ވޮޗް
ސަމްސަންގްއިންނާއި އެޕަލްއިން ވެއަރަބަލް މާކެޓުގައި ވޭތުވެ ދިޔަ މަދު އަހަރުތެރޭގައި ނެރެފައިވާ ސްމާޓް ގަޑިތަކަކީ ވެއަރަބަލް ޓެކް ޑިވައިސްތަކުގައި ހިމެނިފައިވާ އުފެއްދުންތެރި ތަފާތު ޑިވައިސްތަކެކެވެ.
ގެލެކްސީ ވޮޗާއި އެޕަލް ވޮޗަކީ ކޮންމެ މެނުފެކްޗަރާއަކުންވެސް އެމީހުންގެ އޮޕަރޭޓިން ސިސްޓަމާއި ކަނެކްޓްކޮށް އެލް.ޓީ.އީއާއި ޖީ.ޕީ.އެސް ފަންކްޝަންވެސް ހިމަނާފައިވާ ބަލާލަންވެސް ހިތްގައިމު ގަޑިތަކެކެވެ.
މީގެއިން ބައެއް ގަޑިތަކަކީ ބައޮމެޓްރިކްސް ޓްރެކްކޮށް ފިޓްނަސް ޓްރެކާސްތަކަށްވެސް ޗެލެންޖުކުރާ އުފެއްދުންތަކަށް މިވަނީ ވެފައެވެ. ނަމަވެސް އަދިވެސް ހަމައެކަނި ފިޓްނަސް ޓްރެކްކުރާ ވެއަރަބަލްތަކަކީވެސް މި މާކެޓުގައި މަޝްހޫރު ޑިވައިސްތަކެކެވެ.
ފިޓްނަސް ޓްރެކާސް
ފިޓްނަސް ޓްރެކްކުރާ ވެއަރަބަލް ޑިވައިސްތަކަކީ އަތުކުރީގައި އަޅައި ސެންސަރެއްގެ އެހީގައި ހިތުގެ ވިންދު، ނަގާފައިވާ ފިޔަވަޅުތަކުގެ އަދަދާއި އަންދާ ކެލަރީގެ އަދަދު އިނގޭނެ ގޮތައް ބަޔޯމެޓްރިކްސް ޓްރެކްކުރާ ވެއަރަބަލް ޑިވައިސްތަކެކެވެ.
މި ޑިވައިސްތަކަކީ އާންމުގޮތެއްގައި ސްޓޭންޑް އަލޯން ޑިވައިސްތަކަކަށްވެފައި އިންޓާނަލްކޮށް ޑޭޓާ ރެކޯޑް ކުރެވޭ ޑިވައިސްތަކެވެ.
ފިޓްނަސް ޓްރެކްކުރާ ވެއަރަބަލް ޓެކްގެ މައިގަނޑު މަގްސަދަކީ ބައޮމެޓްރިކް ޓްރެކް ކުރުމުގެ އިތުރުން ފޯނު އަތުގައި ނުހިފަހައްޓައި ބޭނުން ކުރެވޭ ޑިވައިސްއަކަށް ވުމެވެ.
އިލެކްޓްރޯކާޑިއޯގްރާމް މޮނިޓަރ
އީ.ސީ.ޖީ/އީ.ކޭ.ޖީ ޑިވައިސްތަކަކީ ބަލިމީހުންގެ ހިތުގެ ވިންދު ބަލައި ހިތުގެ ސިއްޙަތު ރަނގަޅުތޯ ބެލުމަށް ސްކޭން ކޮށް ބެލޭ ޑިވައިސްއެކެވެ.
މިހާރު ވެއަރަބަލް އީ.ސީ.ޖީ ޑިވައިސްތަކުގައި ބޭނުން ކުރެވެނީ ހަމަ އެކަނި ސިންގަލް-ލެޑް ޕްރޯބް ޓެކްނޮލޮޖީއެކެވެ. މިއީ ހޮސްޕިޓަލްތަކުގައި ބޭނުންކުރާ މެޝިންތަކުގެ 12 ލެޑް މަދު ގޮތެކެވެ.
ވެއަރަބަލް ޑިވައިސް ތަކުގައި ބޭނުންކުރާ ޓެކްނޮލޮޖީއަކީ އުނި ޓެކްނޮލޮޖީއަކަށް ވީކަމުގައިވިޔަސް، އަދިވެސް މި ޑިވައިސްތަކުން ހިތުގެ މައްސަލަތައް ޑިޓެކްޓް ކުރުމަށް ވަރަށް ބޮޑު އެހީއެއް ވެދެއެވެ.
އެރިދްމިއާ، އާޓްރިއަލް ފިބްރިލިއޭޝަންއާއި އެހެނިހެން ހިތުގެ މައްސަލަތައްވެސް ދެނެގަތުމަށް އެހީ މިފަދަ ވެއަރަބަލް ގެޖެޓްތަކުން ވެއެވެ.
ގިނަ ސްމާޓްފޯން މެނުފެކްޗަރާތަކުން އެމީހުންގެ ސްމާޓްވޮޗް ތަކުގައި އީ.ސީ.ޖީ ބެލޭ ގޮތް ހިމަނަމުން އެބަދެއެވެ. އޭގެ ތެރޭގައި އެޕަލް ވޮޗް، ސަމްސަން ގެލެކްސީ ވޮޗް، ފިޓްބިޓް ސެންސް، އެމޭޒްފިޓް އާއި އަދިވެސް އެހެނިހެން ސްމާޓްވޮޗް ހިމެނެއެވެ.
ބްލަޑް ޕްރެޝާ މޮނީޓަރ
ބްލަޑް ޕްރެޝަރު މޮނިޓަރަކީ ފަހަކަށް އައިސް ވަރަށް އަވަހަށް މަޤުބޫލުވަމުން އަންނަ އެހެން ވެއަރަބަލް ސްމާޓް ޑިވައިސްތަކެކެވެ.
މި ބާވަތުގެ މޮނީޓަރަކީ ލޭގެ ޕްރެޝަރު އަންދާޒާ ކުރުމަށް އެހެން ބައެއް ބަޔޮލޮޖިކަލް ޑޭޓާ މިސާލަކަށް ޕަލްސް ޓްރާންސްމިޓް ޓައިމް ނުވަތަ އޮޕްޓިކަލް ސެންސަރު ފަދަ އެހެން ބައޮލޮޖިކަލް ޑޭޓާ ތައް ބޭނުން ކުރާ އިރު، އޭގެ ބަދަލުގައި ބޭނުން ކުރާ އިންފްލޭޓަބަލް ކަފް އެއް ބޭނުން ކުރާ މޮނީޓަރެކެވެ.
މި ޓެކްނޮލޮޖީ އަދިވެސް ދަނީ ކުރިއަރަމުން، ރަނގަޅުވަމުންނެވެ. ސެމްސަންގް، ބަޔޯބީޓް، އަދި ހާޓްރިއަންސް އިން ދަނީ ވެއަރަބަލް ބްލަޑް ޕްރެޝަރު މޮނީޓަރުން ބޭނުންކޮށްގެން އަމަލީ ގޮތުން އެކްސްޕެރިމެންޓް ކުރަމުންނެވެ.
މުސްތަޤްބަލުގައި ވެއަރަބަލް ޓެކްނޮލޮޖީ
ވެއަރަބަލް ޓެކްނޮލޮޖީގެ މުސްތަގުބަލުގެ ތެރޭގައި ކާމިޔާބީތަކާއި ނާކާމިޔާބީތައް ހިމެނޭނެ އެވެ. އެންމެ ފުރަތަމަ މި ޑިވައިސްތައް އުފެއްދުނު އިރު ސްމާޓްފޯނުގެ މާކެޓު އުފެދުނު ގޮތަށް ވަރަށް މިނިމަލިސްޓް ޑިޒައިންތަކެއް އުފެއްދިއެވެ.
ނަމަވެސް މަޤުބޫލުކަން އިތުރުވަމުން އަންނަ ވަރަކަށް މިފަދަ ޑިވައިސްތަކުގެ ވިޒިބިލިޓީ ދަށްވެ، މާނައަކީ ވިޝުއަލް އެލެމެންޓްތައް ޒަމާނާއިއެކު ބަދަލުވެ ވެއަރަބަލް ގެޖެޓްތަކަކީ އަގުބޮޑު ގަހަނާއެއް ނުވަތަ ފޭރާމެއް ގޮތުގައި ބަލަން ފަށާނެއެވެ.
ހަކަތަ އުފެއްދުން
ވެއަރަބަލް ޓެކްގެ ގެރެންޓީއަކީ ކުރިއަރަމުންދާ ވަރަކަށް މި ޑިވައިސްތަކުގެ ބެޓަރީ ލައިފްވެސް ދަނީ އިތުރުވަމުންނެވެ.
އަބަދު ޗާޖުކުރަންޖެހޭޭ ސްމާޓް ވޮޗެއް އަޅައިގެން އުޅުމަކީ ފަސޭހަކަމަކަށް ނުވާނެއެވެ.
އެހެންކަމުން މުސްތަޤުބަލުގައި މިފަދަ ޑިވައިސްތަކަކީ ހަކަތަ އުފައްދައިގެން، މިސާލަކަށް ހަށިގަނޑުގެ ހޫނުކަން ބޭނުންކޮށްގެން، ހެލިފެލިވެއުޅުން ބޭނުންކޮށްގެން ހަކަތަ އުފައްދައި ސޯލާ އެނާޖީ ޕަވާރއަށް ކޮންވާޓްކޮށްގެން ބޭނުންކުރާ ޑިވައިސްތަކަށް ވުމަކީވެސް އެކަށީގެންވާ ކަމެކެވެ.
ސިއްޙީ ދާއިރާގައި ބޭނުންކުރެވޭ ވެއަރަބަލްސް
މިހާރުވެސް މިއީ އޮތް މާކެޓެކޭ ބުނެވިދާނެއެވެ. ވެއަރަބަލް ޓެކްތަކުގެ ތެރޭގައި ސިއްޙީ ދާއިރާގައި ބޭނުންކުރެވޭ ގެޖެޓުތައް ވަރަށް ގިނައެވެ. މިއީ ވަގުތުން ބަޔޯމެޓްރިކްސް ޓްރެކް ކުރާ ގެޖެޓުތަކެވެ.
ކުރިއަށް އޮތް ދުވަސްތަކުގައި މިފަދަ ގެޖެޓުތައް އިތުރަށް ކުރިއަރަމުންދާނެކަމީ ޝައްކެއްވެސް އޮތްކަމެއް ނޫނެވެ.
ބައެއް ކުންފުނިތަކުން މިހާރުވެސް ބަލަނީ އިންސިއުލިން ސަޕްލައިކުރުން ފަދަ ފަރުވާގެ ކޮންމެވެސް ބާވަތެއް ގެ ރެޖިމެންޓް މޮނިޓަރކޮށް، ޑައިގްނޯސްކޮށް، ފޯރުކޮށްދޭ ޑައިގްނޯސްޓިކް ވެއަރބަލްސް އަށެވެ.
އެހެން ކުންފުނިތަކުން ބަލަނީ ލޭގެ އޮކްސިޖަން ލެވެލް ޓެސްޓް ކުރުމަށް ހަންގަނޑުގެ އަޑީގައި ޑިވައިސްތައް ހަރުކުރެވޭނެ ގޮތްތަކާއި، ޕްރިސްކްރިޕްޝަން ޑްރަގްސް ޓްރެކް ކުރުމާއި، އެނޫންވެސް މުހިންމު ނިޝާންތައް މޮނިޓާ ކުރެވޭނެ ގޮތްތައް ކަމަށާއި، މިއީ ދާއިމީ ބަލިތައް ތަހައްމަލު ކުރާ މީހުންނަށް ނުހަނު ބޮޑު އެހީއަކަށް ވާނެ ކަމަށެވެ.
އޮތެންޓިކޭޝަނާއި އައިޑެންޓިފިކޭޝަން
ގިނަ އެޕްތަކާއި އޮންލައިން އެކައުންޓްތަކަށް ޓޫ-ފެކްޓާ އައިޑެންޓިފިކޭޝަން ބޭނުންވާއިރު ޓެސްލާ ފަދަ ސްމާޓް ކާރު އުފައްދާ ފަރާތްތަކުން ފިޒިކަލް ކީސްގެ ބަދަލުގައި ޑިޖިޓަލް ކީސް ބޭނުންކުރެއެވެ.
މިހާރުގެ ސްމާޓް ވޮޗްތަކުގައި މިހާރުވެސް އޮތެންޓިކޭޝަންގެ ބައެއް ގާބިލްކަން އެބަހުއްޓެވެ. މުސްތަޤުބަލުގައި ވެއަރަބަލް ޓެކް އިތުރުވެ، ބަޔޯމެޓްރިކްސް އާއި އެހެނިހެން ފީޗާސްތަކުގެ ޒަރިއްޔާއިން އައިޑެންޓިފިކޭޝަން ކަށަވަރުކޮށްލެވިދާނެއެވެ.
ބައެއް އިނޮވޭޓަރުން ސްކޭން ކުރާއިރު އެޕްލައިކުރެވޭ އައިޑެންޓިފިކޭޝަން މައުލޫމާތު ޓްރާންސްފާ ކުރާ ސްމާޓް ޓެޓޫތައް ވެސް އެބަ ދިރާސާ ކުރެއެވެ.
ދެން ކުރިއަށް ވެއަރަބަލް ޓެކްނޮލޮޖީއަށް ވާނީ ކިހިނެއް؟
ތަފާސް ހިސާބުތައް ދައްކާ ގޮތުން 2016 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރާ ދެމެދު ތިން އަހަރުގެ ތެރޭގައި 325 މިލިއަން އިން 722 މިލިއަން އަށް ވެއަރަބަލް ޑިވައިސް ބޭނުންކުރާ މީހުންގެ އަދަދު ދެ ގުނަ އަށް އިތުރުވެ، 2022 ވަނަ އަހަރު 1 ބިލިއަން އަށް ވުރެ ބޮޑު އަދަދެއް މިއަށް އިރުރުވާނެއެވެ.
މުސްތަޤުބަލު ދަނީ އަބަދުވެސް ބަދަލުވަމުން ކަމަށާއި ބައެއް ޕްރިޑިކްޝަންތައް މަދު އަހަރުތަކެއްގެ ތެރޭގައި މިއުޓް ވެދާނެ ކަމަށް ބެލެވުނު ނަމަވެސް ގިނަ އެޕްލިކޭޝަންތަކަށް ވެއަރަބަލް ޓެކްނޮލޮޖީ އަކީ މަގުބޫލު މީޑިއަމްއެއް ކަމަށް ބުނުމަކީ ރައްކާތެރި ކަމެކެވެ.
ސްމާޓްވޮޗް ތަކާއި އެހެނިހެން ވެއަރަބަލްސް ޑިޒައިނަރުން އަބަދުވެސް ބޭނުންވާނީ އެ ތަކެތި ފަސޭހައިން ބޭނުން ކުރެވޭނެ ގޮތް ހެދުމަށެވެ.
އެންޑު ޔޫޒަރުންގެ ޝައުގުވެރިކަން އިތުރުވުމުގެ ސަބަބުން ސިއްހީ ހިދުމަތްދޭ ވެއާބަލް ގެޖެޓްސް މާކެޓްވެސް ކުރިއަރަމުން ދާނެ ކަމަށް ލަފާކުރެވެ އެވެ. އަދި ކައިރި މުސްތަޤުބަލެއްގައި ސިއްހީ ހިދުމަތްދޭ ޓެކް ކުންފުނިތަކުން ދޭ އާ އަދި އެންހޭންސްޑް ވެއާބަލްސް ތައް ވެސް ފެންނާނެ ކަމަށް ގަބޫލު ކުރެވެއެވެ.
ވެއަރަބަލް ޓެކްނޮލޮޖީ ޑިޒައިންކޮށް އުފެއްދުމަށް މިހާރު އެތަކެއް ސޮފްޓްވެއާއެއްވެސް މާކެޓުގައި އެބަހުއްޓެވެ. މީގެ ތެރެއިން ފާހަގަކޮށްލެވޭ އެއް ސޮފްޓްވެއާ އަކީ އޮޓޯޑެސްކް ފިއުޝަން 360 އެވެ. މިއީ ކޮމްޕިއުޓާ އެއިޑެޑް ޑިޒައިނިން ސޮފްޓްވެއާ އެކެވެ. މީގެ އިތުރުން ކޮމްޕިއުޓާ އެއިޑެޑް މެނުފެކްޗަރިން (ސީ.އޭ.އެމް) އާއި ޕްރިންޓެޑް ސާކިއުޓް ބޯޑް (ޕީ.ސީ.ބީ) ސޮފްޓްވެއާ ޕެކޭޖް އެކުލެވިފައިވާ ސޮފްޓްވެއާ އެކެވެ.
އިތުރަށް ކިޔާލުމަށް:
އަންހެނުންނަށް ހާއްސަ ވެއަރަބަލް ޓެކްގެ މާކެޓު
2021 ގައި އެންމެ މަޤުބޫލް އަންހެނުންނަށް ހާއްސަ ސްމާޓް ގަޑި
ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.