2025 ވަނަ އަހަރުގެ ނިޔަލަށް އޭ.އައި ސޮފްޓްވެއާ މާކެޓުގެ ހަތަރުބައިކުޅަ އެއްބައި ހިއްސާކުރާނީ ސައިބާސެކިއުރިޓީއިން ކަމަށް އާ ރިޕޯޓަކުން ހާމަކުރެއެވެ.
ސައިބާސެކިއުރިޓީ އަކީ އޭ.އައިގައި ޚަރަދުގެ ގޮތުން ބަލާނަމަ އެންމެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ކެޓަގަރީ ކަމަށްވެސް މި ރިޕޯޓުން ހާމަކުރެއެވެ.
ފޮރެސްޓާ ރިސާޗްއިން ގްލޯބަލް އޭ.އައި ސޮފްޓްވެއާ ފޯކާސްޓް 2022 ގެ ނަމުގައި ނެރުނު މި ރިޕޯޓުގައި ފާހަގަކޮށްފައިވަނީ އޭ.އައިގެ އިތުރުން ދެން ހުރި ކެޓަގަރީތަކުން ކަސްޓަމާ، ހިއުމަން ކެޕިޓަލް މެނޭޖްމަންޓާއި ޕްރޮސަސް އޮޕްޓިމައިޒޭޝަން (%22) ނޮލެޖް އެންޑް ޑޭޓާ އިންޓަލިޖަންސް (%18.3) ގައިވެސް ސައިބާސެކިއުރިޓީ އިލަމަންޓް ހިމެނެއެވެ.
އެހެންކަމުން ސެކިއުރިޓީ ޓޫލްތައް ތައްޔާރުކުރާ މީހުންނަށް މިއީ މުހިންމު ފާހަގަކޮށްލެވޭނެ ކަމެކެވެ.
ކުންފުނިތަކުން އޭ.އައި ސައިބާސެކިއުރިޓީއަށް ޑިޕްލޯއި ކުރެވިދާނެ އެތަކެއް ގޮތްތަކެއް އެބަ ހުރިކަމަށް މި ރިޕޯޓުން ހާމަކުރެއެވެ. ހާއްސަކޮށް ރިޕީޓްކޮށް ކުރާ ކަންތަކުގައްޔާއި، އެކްސްޓެންޑެޑް ޑިޓެކްޝަން އެންޑް ރެސްޕޮންސް (އެކްސް.ޑީ.އާރު) ޔޫޒާ އެންޓިޓީ ބިހޭވިއާ އެނަލިޓިކްސް ފަދަ ކަންތައްތަކުގައެވެ.
އެކްސް.ޑީ.އާރުގެ ކާމިޔާބީގެ ވާހަކައިގެ އެންމެ ބޮޑު މިސާލެއްގެ ގޮތުގައި "ސެންޓިނެލްވަން" އަލިއަޅުވާލައި ފޮރެސްޓާ ވަނީ 2022 ވަނަ އަހަރު އެ ކުންފުނީގެ އާމްދަނީ 120 އިންސައްތަ އަށް އިތުރުވެފައިވާކަން މި ރިޕޯޓުގައި ފާހަގަކޮށްފައެވެ.
އޭ.އައި ޓޫލަކުން ވަކި ޑިވައިސްއަކުން ނުވަތަ އެކައުންޓަކުން އާދައިގެ ހަރަކާތަކީ ކޮބައިކަން ދަސްވެ، އެ އެންޑްޕޮއިންޓް އާދަޔާ ހިލާފަށް އެކްޓް ކުރާއިރު ފްލެގް ކުރެވޭނެ އެވެ.
މިފަދަ އޮޓޮމެޓިކް ޑިޓެކްޝަން އަކީ ނެޓްވޯކްގެ ކޮންމެ ހިސާބަކަށް އިންސާނުންގެ ލޮލުގައި އަޅައިގަނެވޭ ވަރަށް އިންސާނުންނަށް ނުފެނިދާނެކަމަށް ބަލައި، އަގުނުކުރެވޭ ވަރުގެ ބަލަންޖެހޭ މުހިންމު ކަމެކެވެ.
އިތުރަށް ކިޔާލުމަށް:
ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.