ކޮވިޑް-19 އިގެ ޕެންޑަމިކް ތެރެއިން ތަޢާރަފްވެ މަޤުބޫލުވެގެން ދިޔައީ އަހަރެމެން އެންމެނަށްވެސް އާ ގޮތްތަކެކެވެ. މީގެ ތެރޭގައި މުޢާމަލާތު ކުރުމަށާއި މަސައްކަތުގެ މާހައުލުގައި ބޭނުން ކުރުމަށް އެންމެ ވަރުގަދަ އެއް ޓެކްނޮލޮޖީއެއް ގޮތުގައި ފާހަގަ ކުރެވިގެން ދިޔައީ ވީޑިއޯ ކޮންފަރެންސިންއެވެ.
ގޫގަލް މީޓްއާއި ޒޫމް އަދި މައިކްރޮސޮފްޓް ޓީމްސް ވީޑިއޯ ކޮންފަރަންސިން ވެގެން ދިޔައީ ސްކޫލްތަކުގައްޔާއި، ޓިއުޝަން ކްލާސްތަކުގައި އަދި މަސައްކަތުގައި އޮފީސްތަކުގައި ބޭނުން ކުރެވުނު އެންމެ މަޤުބޫލު އެޕްލިކޭޝަންތައް ކަމުގައެވެ.
މަސައްކަތުގެ މާހައުލުގައި ވީޑިއޯ ކޮންފަރަންސިން ބޭނުން ކޮށް ވާޗުއަލް މީޓިންތައް ބޭއްވުމުން އެތަކެއް ފައިދާތަކެއް ލިބުނުކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ. މި ފައިދާތަކުގެ ތެރޭގައި ވަޒީފާއަށް ދިޔުމަށް ނުވަތަ މީޓިންތަކަށް ދިއުމަށް ދަތުރު ކުރަން ނުޖެހުމަކީ ގިނަ ބަޔަކު ފާހަގަ ކުރި އެއް ކަމެވެ.
މީގެ އިތުރުން އަމިއްލަ ދިރިއުޅުމާއި މަސައްކަތް އެއް ހަމައެއްގައި ބެހެއްޓުމަށްވެސް ފުރުސަތު ބޮޑުވިކަމުގައި ގިނަ މީހުން ފާހަގަ ކުރެއެވެ.
ނަމަވެސް މިއާއި ވިދިގެން ދެން ދިމާވި އެހެނިހެން މައްސަލަތަކެއްވެސް ހުއްޓެވެ. މީގެ ތެރެއިން ފާހަގަ ކޮށްލެވޭ މައްސަލަތަކަކީ ގިނަ މީހުންނަށް އެމީހުންގެ މަސައްކަތުގެ މާހައުލުގައި ކުރިއަރައިގެނެ ދިޔުމަށް ފުރުސަތު ކުޑަވެ، ބައެއް ފަހަރު މަސައްކަތްތައް ނިންމުމަށް މުވައްޒިފުން ޒިންމާދާރު ކުރުވުމަކީ އުނދަގޫ ކަމަކަށްވެސް ވެގެން ދިޔައެވެ.
ވީޑިއޯ ކޮންފަރަންސިންއާއި އެކު ދެން ފެނިގެން ދިޔައީ ވާޗުއަލް ރިއަލިޓީ (ވީ.އާރު) މަޤުބޫލުވެގެންދިޔަ ތަނެވެ.
ނަމަވެސް ފާހަގަ ކުރެވެނީ މާކެޓުގައި ވީއާރު ހެޑްސެޓް އޮޕްޝަންތައް ކުރިއަރައިގެން ނުދާކަމެވެ. މިކަން އެނގިނެދިޔައީ 3ޑީ ޓީވީ ނެރެ ލުއި އަދި އަގުހެޔޮ ހެޑްސެޓްތަކެއް ނެރުމުންވެސް މާކެޓުގައި މިތަކެތި ކުރިއަރައިގެން ނުދިއުމުންނެވެ.
މިކަން ހައްލު ކުރުމަށް ކުރެވިދާނެ ކަމަކީ ހެޑްސެޓް ބޭނުންކުރުން ހުއްޓާލައި "ހާޑް ލައިޓް" ޓެކްނޮލޮޖީ ނުވަތަ އެލް.އީ.ޑީ ވޯލް ބޭނުން ކުރުމެވެ. ނުވަތަ މިހާރު މާކެޓުގައި ހުރި ހެޑްސެޓްތަކާއި ވާދަ ކުރެވޭވަރުގެ ބްރޯޑް ކެޕެބިލިޓީ ހުންނަ ހެޑްސެޓް ތައްޔާރުކުރުމެވެ.
މީގެ މާނަޔަކީ މި ހެޑްސެޓްވާންޖެހޭނީ މީހުންނަށް ބަލާލަންވެސް ރީތި އަދި އެހެން ކަންކަމަށް ބޭނުންކުރެވޭފަދަ ހެޑްސެޓްއަކަށް މި ހެޑްސެޓް ހެދުމެވެ. ގިނަ މީހުން އެމީހުން ބޭނުން ކުރާ ހެޑްސެޓް ބޭނުންވަނީ ވީޑިއޯކޮންފަރަންސިންއާއި، ކޮލަބޮރޭޝަނަށް އަދި ލަވަ އަޑުއަހައި ގޭމް ކުޅުމަށްވެސް ބޭނުން ކުރެއެވެ.
މިވަގުތު އަދި މެޓަވާސްއަށް އޮންނަ މަޝްހޫރުކަން ބޮޑުވިޔަސް އަދި ގިނަ ބަޔަކު މެޓަވާސްތެރެއަށް ވަނުމަށް އެހާބޮޑު ފުރުސަތެއް ނުދައްކައެވެ. އަދި ހެޑްސެޓަކީ ހަމަ އެކަނި ވީ.އާރު އެކްސްޕީރިއަންސަށް ބޭނުން ކުރާ އެއްޗަކަށް މިވަނީ ވެފައެވެ.
މެޓަވާސް އަދުގެ ދުނިޔެއަށް އަދި މުޅިން ތައްޔާރެއް ނޫނެވެ. ތައްޔާރު ވުމުން މިކަމަށް ބޭނުން ކުރެވިދާނެ ހާޑްވެއާ ސޮލިއުޝަންތައް އިތުރު ބޭނުންތަކަށް ބޭނުން ނުކުރެވޭނަމަ މިއީ ފެއިލްވެދާނެ ހާޑްވެއާތަކެއްކަމުގައި ގިނަ މާހިރުން ދެކެއެވެ.
ގުޅުން ހުރި ލިޔުން
ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.