ޕާސްވޯޑްތަކަކީ ހަނދާން ކުރަން އުނދަގޫ އަދި އެކި ފަހަރު މަތިން ބަދަލުކުރަން އުނދަގޫ އަދި އުނދަގޫ ކްރެޑިޑެންޝަލްތަކެއް ކަނޑައެޅުން ވެސް އެހާ ފަސޭހަ ނޫން ކަމެކެވެ.
މި ޗެލެންޖާއި ކުރިމަތިލުމުގެ ބަދަލުގައި ގިނަ ބަޔަކު ބަލިކަށި ޕާސްވޯޑްތަކަށް ބަރޯސާވެ ގިނަ އެކައުންޓްތަކަށް އަލުން ބޭނުންކުރެ އެވެ. މިކަމުގެ ސަބަބުން ސައިބަރ ކްރިމިނަލުންނަށް ފިޝިން އެޓޭކްތައް މެދުވެރިކޮށް ކްރެޑިޑެންޝަލް އަންދާޒާ ކުރުމަށް ނުވަތަ ހޯދުމުގައި ފަސޭހަވެގެން ދެއެވެ.
މިގޮތައް ކްރެޑެންޝިއަލްސް ހޯދައި ޑާކް ވެބްގައި ކްރެޑިޑެންޝަލް އެމީހުންނަށް ވިއްކޭނެ އެވެ.
ޓޫ-ފެކްޓާ އޮތެންޓިކޭޝަން (2FA) އާއި މަލްޓިފެކްޓާ އޮތެންޓިކޭޝަން (MFA) އަކީ ކްރެޑެންޝިއަލްގެ ވަލްނަރަބިލިޓީ ލުއި ކުރުމަށް ބޭނުން ކުރެވޭ ސެކިއުރިޓީ ފީޗާ ތަކެކެވެ.
ޓޫ-އެފް.އޭ ބޮޑަށް ބަރޯސާވަނީ ޔޫޒާނޭމް، ޕާސްވޯޑް އަދި މޮބައިލް ފޯނު ނުވަތަ ކޮމްޕިއުޓަރ، ކީކާޑް އެހެން ނޫންނަމަ ޔޫ.އެސް.ބީ ޑިވައިސްއަކަށެވެ. މިއީ ހަމައެކަނި ހުއްދަ އޮތް މީހަކަށް ސިސްޓަމްތަކަށާއި މަޢުލޫމާތު ބެލުމަށް ލޮގިންއަށް ވަދެވޭ ގޮތަށް ބޭނުން ކުރެވޭ ސެކިއުރިޓީ ފަންކްޝަނެކެވެ.
އެސް.އެމް.އެސް، ވަން ޓައިމް ޕާސްވޯޑް ނުވަތަ އެމް.އެފް.އޭ އަށް ޕުޝް ނޮޓިފިކޭޝަން ފޮނުވުމުގައި ބައެއް ނުރައްކާތައް އެބަހުރި ކަމަށެވެ. ނުހައްގުން ނުވަތަ ހަމައެކަނި ސެކިއުރިޓީ މެތަޑްގެ ގޮތުގައި އަމަލުކުރާނަމަ މެސެޖުތައް ހެކްކޮށް ކޯޑްތައް ހުއްޓުވިދާނެ އެވެ. އެމެރިކާ ސަރުކާރުން މިކަމުގެ މާހިރުން ލަފާދެނީ އެއްވެސް އެމްއެފްއޭ ސޮލިއުޝަނެއް ހަމައެކަނި އެސްއެމްއެސް ވެރިފިކޭޝަން ޓޫލްތަކަށް ބަރޯސާވެގެން ނުވާނެ ކަމަށެވެ.
މި ފަރަގުތައް ފޫބެއްދުމަށާއި 100 ޕަސެންޓް އެމް.އެފް.އޭ ކަވަރޭޖް ކަށަވަރު ކުރުމަށް އެޖެންސީތަކުން ހާޑްވެއާ ސެކިއުރިޓީ ކީއަށް ވިސްނާލެވިދާނެ އެވެ. ކީކާޑާއި ނުލައި އާންމުގޮތެއްގައި ފިޒިކަލް ޑިވައިސްއެއް، ގިނަ ފަހަރަށް ޔޫއެސްބީ ޑްރައިވްއެއް، ކޮމްޕިއުޓަރަކަށް ޕްލަގް ކުރާއިރު ހަމައެކަނި އެކައުންޓްތަކަށް އެކްސެސް ދޭ ޑިވައިސްއެކެވެ.
މިއީ ލޮގިން ކްރެޑެންޝަލް އާއި ކީކާޑާއި ނުލައި އެއްވެސް މީހަކަށް އެކައުންޓަކަށް ނުވަދެވޭނެތީ ފިޝިން އާއި ހެކިން އިން ވަރަށް ބޮޑު ހިމާޔަތެއް ފޯރުކޮށްދޭ އެއްޗެކެވެ. އަދި ފޯނަކަށް ބަރޯސާނުވެއެވެ.
ދެން އޮތް ހައްލަކީ ލޮގިން.ގޮވް އެވެ. މިއީ އެމެރިކާގެ ޖެނެރަލް ސާވިސަސް އެޑްމިނިސްޓްރޭޝަންގެ ކްލައުޑް ބޭސްޑް ރިމޯޓް އައިޑެންޓިޓީ ޕްރޫފިންގ ޕްލެޓްފޯމެވެ.މި ޕްލެޓްފޯމުގައި އެކައުންޓެއް ހެދުމަށްފަހު ރަނގަޅު ޕާސްވޯޑެއް ހަމަޖައްސައި އިތުރަށް އޮތެންޓިކޭޝަން މެތަޑްތައް ސެޓަޕްކުރެވެއެވެ.
މި އޮތެންޓިކޭޝަން މެތަޑްތަކުގެ ތެރެގައި ސެކިއުރިޓީ ކީ، އޮތެންޓިކޭޝަން އެޕްލިކޭޝަން، ބައޮމެޓްރިކް އޮތެންޓިކޭޝަން، ޕާސަނަލް އައިޑެންޓިޓީ ވެރިފިކޭޝަންފަދަ މެތަޑްތައް ހިމެނެއެވެ.
ލޮގިން.ގޮވްއިން އޮތެންޓިކޭޝަން ބަލަހައްޓާ 5 ގޮތެއް ފެޑްޓެކް މެގަޒިންގައި ޝާއިއު ކޮށްފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ:
ސެކިއުރިޓީ ކީ:
މި ފިޒިކަލް ޑިވައިސްތަކަކީ ގެއްލިއްޖެނަމަ ނުވަތަ ވަގަށް ނަގައިފިނަމަ ފިޝިން އާއި ހެކިން އިން އެންމެ މަތީ ދަރަޖައިގެ ރައްކާތެރިކަން ފޯރުކޮށްދޭ ޑިވައިސްތަކެކެވެ. Login.gov ބޭނުންކުރުމަށް ސެކިއުރިޓީ ކީތަކަކީ ފާސްޓް އައިޑެންޓިޓީ އޮންލައިން މިންގަނޑުތަކަށް ފެތޭ ކީތަކެކެވެ.
މީގެ ތެރޭގައި ގިނަ ޕްރޮޓޮކޯލްތަކަށް ތާއީދުކުރާ އަދި އޮންލައިން ގިނަ ހިދުމަތްތަކާ އެއްގޮތް ވާ ޔޫބީކީ ކީސް ހިމެނެ އެވެ.
އޮތެންޓިކޭޝަން އެޕްލިކޭޝަން:
މި އެޕްލިކޭޝަންތަކަކީ ކޮމްޕިއުޓަރަށް ޑައުންލޯޑް ކުރުމަށްފަހު 6 ޑިޖިޓްގެ ކޯޑެއްގެ އެހީގައި އެކައުންޓުތަކަށް ލޮގިންވުމަށް އެހީވެދޭ އެޕްލިކޭޝަންތަކެވެ.
މި އެޕްލިކޭޝަނަކީ ފޯންކޯލަކަށްވުރެން ނުވަތަ މެސެޖަކަށްވުރެން ރައްކާތެރި ގޮތެކެވެ.
ބައޮމެޓްރިކް އޮތެންޓިކޭޝަން:
ފޭޝަލް ރެކޮގްނިޝަންއާއި އިނގިލީގެ ނިޝާންއަކީ ލޮގިން.ގަވް ގެ އެކައުންޓުތަކަށް ބޭނުންކުރެވޭނެ އޮތެންޓިކޭޝަނެކެވެ. މިއީ އެކަމަކު ހަމައެކަނި މިހާރަށް ވަކި ވައްތަރެއްގެ ޑިވައިސްތަކަށް ސަޕޯޓްކުރާ އޮތެންޓިކޭޝަނެކެވެ.
ޕިވް (ޕީ.އައި.ވީ) ނުވަތަ (ސީ.އޭ.ސީ) ކެކް:
ޕާސަނަލް އައިޑެންޓިޓީ ވެރިފިކޭޝަން ނުވަތަ ކޮމަން އެކްސަސްއަކީ ފެޑަރަލް ގަވަންމަންޓް މުވައްޒިފުން ނުވަތަ މިލިޓަރީ މުވައްޒިފުން ބޭނުންކުރާ އޮތެންޓިކޭޝަނެކެވެ.
މި އޮތެންޓިކޭޝަން މެތަޑްއަކީ ފިޝިންގެ ހަމަލަތަކަށާއި ހެކްކުރުމަށް އުނދަގޫ ގޮތްތަކެކެވެ. މި އޮތެންޓިކޭޝަނަކީ ހަމައެކަނި ވަކި ފަރާތްތަކަށް ބޭނުން ކުރެވޭނެ ގޮތެކެވެ.
ބެކްއަޕް ކޯޑް:
ލޮގިން.ގޮވްއިން ބެކްއަޕްކޯޑްތަކެއް ޖެނެރޭޓްކޮށް ޕާސްވޯޑް ހަދާންނެތިއްޖެނަމަ މީގެއިން ކޯޑެއް މެދުވެރިކޮށް ލޮގިންވެވިދާނެއެވެ. ނަމަވެސް މިއީ އެހާ ރައްކާގޮތެއް ނޫންކަމުގައި ގިނަބަޔަކު ދެކޭ ގޮތެކެވެ.
މަލްޓި ފެކްޓާ އޮތެންޓިކޭޝަން މެތަޑްތައް ގިނަފަހަރަށް ބަރޯސާވަނީ މޮބައިލް ޑިވައިސްތަކަށެވެ. ނަމަވެސް އެހެން ގޮތްތަކެއްވެސް މަލްޓި ފެކްޓާ އޮތެންޓިކޭޝަނަށް ހޯދުމަކީ މިހާރު މަޖުބޫރުވެފައިވާ ކަމެކެވެ. މިފަދަ އެތައް ގޮތްތަކެއް ލޮގިން.ގޮވްއިން ފޯރުކޮށްދެއެވެ. މިއީ މޮބައިލް ޑިވައިސް މެދުވެރިކޮށް އޮތެންޓިކޭޝަން ބޭނުންކުރުމަށް އުނދަގޫވާ ނުވަތަ ބޭނުން ކުރަން ބޭނުން ނުވާ މީހުންނަށް ރަނގަޅު ހައްލުތަކެކެވެ.
ގުޅުން ހުރި ލިޔުންތައް
އާދައިގެ ޕާސްވޯޑެއް ހެކުކުރަން 1 ސިކުންތު
ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.