ކޮކާ-ކޯލާ ސްމާޓްފޯން އަކީ ހަމަ އަސްލެއް

ޓެކު ކަލޯ 15 ފެބްރުއަރީ 2023

ކޮކާ-ކޯލާ ދަޅެއްގެ ޒަމާންވީ ފަރުމާއާއި އެއްގޮތް ބެކް ޕެނަލް ފަރުމާއަކާއި އެކު އުފައްދާފައިފާ ކޮކާ-ކޯލާ ފޯނުގެ ރެންޑަރ ތަކެއް މިދިޔަ މަހުގެ ތެރޭގައި މީސް މީޑިއާގައި ދައުރުވެފައިވެއެވެ. އޭރު މި ފޯނު އަކީ އަސްލެއްތޯ ގިނަ ސުވާލުތަކެއް ފުދެދިފައިވީއިރު މި ފޯނު އުފައްދާ ފަރާތަކާއި ފޯނުގެ ސްޕެސިފިކޭޝަން އިނގިފައި ނުވެއެވެ. ނަމަވެސް މިހާރު މި ވަނީ މި ފޯނަކީ ޗައިނާގެ ބީބީކޭ އިލެކްޓްރޯނިސް ކުންފުނީގެ ދަށުން ހިންގަމުން އަންނަ ރިއަލްމީ އިން އުފައްދަމުން ގެންދާ ފޯނެއް ކަމުގައި އެނގިފައެވެ.

މި ފޯނަކީ ރިއަލްމީ 10 ޕްރޯގެ ރީބްރޭންޑަޑް ކޮކާ-ކޯލާ އެޑިޝަން އެވެ. މި ފޯނުގެ ސްޕެސިފިކޭޝަން ވަރަށް ރަގަޅު ކަމުގައި ބެލެވޭ އިރު އަގުވެސް ބޮޑެއް ނޫވާނެ ކަމަށް ވެއެވެ. މި ފޯނުގައި 5000މިއެމްޕް ކެޕޭސިޓީ ބެޓެރީ އަކާއި 33ވޯޓް ފާސްޓް ޗާޖިނގް މިނެމޭ އިރު 0% އިން 50% އަށް ޗާޖް ވުމަށް ހޭދަވަނި އެންމެ 30 މިނެޓް އެވެ. 108 މެގަޕިކްސެލް އަދި 3 މެގަޕިކްސެލް ޑެޕްތް ސެންސަރ އެއް ރިއަރ ކެމެރާގައި ވެއެވެ. އަދި ފްރަންޓް ސެލްފީ ކެމެރާގައި 16 މެގަޕިކްސެލް ހިމެނެއެވެ. 6.7 އިންޗި ގެ 120ހާޑްޒް ރިފްރެޝް ރޭޓް ހިމެނޭ 1080×2400 (ފުލްއެޗްޑީ +) ރިސޮލިއުޝަން ހިމެނޭ އެލްސީޑީ ޑިސްޕްލޭ އެއް ހިމެނިފައިވއެވެ.

ފޯނގެ ބޭރުފުށްތައްޔާރު ކޮށްފައިވަނީ މެޓް އިމިޓޭޝަން މެޓަލް ޕްރޮސެސް އެއްގެ އެހީގައި ކަމުން ކޯކް ދަޅު އަތުގައި އޮންނަ ފަދަ އިހުސާސެއް މި ފޯނުގައި ހިފަހައްޓާއިގެން ހުނަނަ އިރު ވާނެއެވެ. މި ފޯން އާއި އެކު ކަސްޓަމް ކޯކް ތީމް ވޯލްޕޭޕަރ އާއި ރިންގްޓޮން، އެޕް އައިކަން އަދި ކޮކާ-ކޯލާގެ އެކި ބްރޭޑެޑް ސްވެގް ތައް ހިމެނެއެވެ. މި ފޯނު މިހާރު އިންޑިއާގެ ބާޒާރުގައި ރިއަލްމީ އަދި ފްލިކްޕާޓް މެދުވެރިކޮށް ގާތްގަނޑަކަށް 255 އެމެރިކާ ޑޮލަރަށް ލިބެން އެބަހުއްޓެވެ. އެއީ 300 އެމް އެލް ގެ 500 ވަރަކަށް ކޯކް ދަޅުގެ އަގެވެ.


ޓެކު ކަލޯ

ޓެކު ކަލޯ

ޙެއްވާ މަޖާ ވައިރަލް ހަބަރު ތަކާއި އެކު ހޮޅުއަޓަށް ދިރުން ގެނައުމަކީ ލިބޭ ބޮޑު ހިތްހަމަ ޖެހުމެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.