ޒަމާން ތަކަކަށް ފަހު މައިކްރޯސޮފްޓް ގެ އިންޓަނެޓް އެކްސްޕްލޯރަރ ގިނަ ޑެސްކްޓޮޕް ޑިވައިސް ތަކުން ދާއިމީކޮށް ޑިސޭބަލް ކޮށް މައިކްރޯސޮފްޓް އެޖް ބްރައުސަރ އަށް ބަދަލުކުރަން ފަށައިފި ކަމަށް މައިކްރޯސޮފްޓް އިން އިއުލާނުކޮށްފި އެވެ. އިޔެ އިން ފެށިގެން މައިކްރޯސޮފްޓް އޯއެސް ތަކަށް ފޮނުވި އަދާހަމަ އަކަށް ފަހު އެއްވެސް ޔޫސަރ އަކު އިންޓަނެޓް އެކްސްޕްލޯރަރ މެދުވެރިކޮށް ބްރައުޒް ކުރުމަށް މަސައްކަތް ކުރާނަމަ ވަގުތުން އެޖް ބްރައުސަރ އަށް މިހާރު ރީޑިރެކްޓް ކުރާނެ ކަމަށްވެސް އެކުންފުނިން ބުނެފައިވެއެވެ.
އިންޓަނެޓް އެކްސްޕްލޯރަރ އަކީ 1995 އިން ފެށިގެން ޑެސްކްޓޮޕް ކޮމްޕިއުޓަރ ތަކުގައި މަޤްބޫލު އިންޓަނެޓް ބްރައުސަރ ސޮފްޓެވެއަރ އެވެ. މައިކްރޯ ސޮފްޓް އިން އިންޓަނެޓް އެކްސްޕްލޯރަރ ގެ އެންމެ ފަހުގެ އަދަދު 2013 ގައި ނެރުނު އިރު އޭގެ ކުރިން ވަނީ 11 އަދަދު އާއްމުންނާއި ހަމަ އަށް ގެނެސްފައެވެ. މައިކްރޯސޮފްޓް އިން އިންޓަނެޓް އެކްސްޕްލޯރަރ މުސްކުޅި ކުރުމުގެ ނިޔަތުގައި އެޖް ބްރައުސަރ ވުޖޫދު ކޮށްފައި ވަނީ 2015 ވަނަ އެހެން ނަމަވެސް މިއަދާއި ހަމަ އަށް މައިކްރޯސޮފްޓް ގެ އޮޕަރޭޓިންގް ސިސްޓަމް ތަކުގައި އެ ދެ ބްރަރުޒަރ ވެސް އިންސްޓޯލް ކޮށްފައިވެއެވެ.
މި ދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި އިންޓަނެޓް އެކްސްޕްލޯރަރ މުސްކުޅިކޮށް ހިދުމަތް ހުއްޓާލާނެ ކަމަށް އެކުންފުނިން ބުނެފައިވީނަމަވެސް އެ އެޕް ގެ ހިދުމަތް މުޅިން ކަނޑާލާ ހުއްޓާލާފައިވަނީ 2023 ފެބްރުއަރީ 14 ވަނަ ދުވަހުން ފެށިގެނެވެ. މި ނިންމުން ނިންމާފައިވަނީ މިހާރު ގިނަ ވެބްސައިޓް ތައް އިންޓަނެޓް އެކްސްޕްލޯރަރ ގައި ބޭނުން ނުކުރެވުމާއި، އެކްސްޕްލޯރަރ އަށް ވުރެއް އެޖް ބްރައުސަރ މާ ބޮޑަށް ޒަމާނީ ވެފައި، ހަލުވި އަދި ރައްކާތެރި ބްރައުޒިން ތަޖްރިބާއެއް ގެނެސްދެވޭތީ އެވެ.
ރާއްޖޭގެ ޓެކްނޮލޮޖީ މަޝްރަޙް ޓެކްނޮލޮޖީގެ ދުނިޔޭގައި ފައި ހަމަ ކުރުމަށް ފައިކުރި އޮޅާލައިފިން. ވޭތުވެދިޔަ ތަނުގައި ތަފާތު ނޫސް މަޖައްލާ ގައި ލިޔުން ލިޔެފައިވަނީ ދާއިރާގެ ކުރިމަގަށް ކުރެވޭ ގިނަ އުންމީދު ތަކާއި އެކު.