ވެބް ބްރައުޒަރ އަށް ޗެޓްޖީޕީޓީ އިންޓެގްރޭޓް ކުރަނީ

ފާޠިމަތު އައިން ލަބީޤް 16 ފެބްރުއަރީ 2023

އާޓިފިޝަން އިންޓެލިޖެންސް ގެ އެންމެ ފަހުގެ ބިޔަ ޓެކްނޮލިޖީ ކަމުގައިވާ ޗެޓް ޖެނެރޭޓިވް ޕްރީ-ޓްރެއިންޑް ޓްރާންސްފޯމަރ ނުވަތަ މަޤްބޫލު ނަމުން ނަމަ ޗެޓްޖީޕީޓީ ހިދުމަތް އިންޓެގްރޭޓް ކުރެވޭ ފުރަތަމަ ވެބް ބްރައުސަރ އަކަށް އޮޕެރާ ވެގެން ދާނެކަމަށް އެކުންފުނިން އިއުލާނުކޮށްފިއެވެ.

އޮޕެރާގެ ސައިޑް ބާރ ގެ ތެރެއަށް އެކި ބާވަތް ތަކުގެ އޭއައި ޖެނެރޭޓެޑް ކޮންޓެންޓް ހިދުމަތްތައް ކުރިއަށް ހުރި އަދާހަމަ ތަކުގައި އިތުރު ކުރެވިގެން ދާނެ ކަމަށް އެކުންފުނިން ބުނެފައިވީ ނަމަވެސް އެއީ ކޮން ކޮން ހިދުމަތްތަކެއް ކަމެއް އަދި ހާމަކޮށްފައިނުވެއެވެ. މިހާތަނަށް އިންގިފައިވާ ގޮތުން "ޝޯޓަން" ނުވަތަ ކުރުކޮށްލާ އަށް ފިތާލުމުން ވެބްސައިޓް އެއް ނުވަތަ ހަބަރެއްގެ ހުލާސާ ނުކުތާތަކެއްގެ ގޮތުގައި ގެންދޭވިގެން ދާނެކަމަށް ވެއެވެ. އޮޕެރާއިން ވަނީ އޯޕަން އޭއައިގެ ވެބްޖީޕީޓީ މިސާލެއް ދައްކާފައެވެ.

ޒަމާނީ ވެބް3 ވުޖޫދުވެގެން އައުމާއި އެކު ކްރިޕްޓޯ ބްރައުޒާއެއް ވެސް އޮޕެރާއިން ތައާރަފް ކޮށްފައިވެއެވެ. އެ ފިޔަވަޅުތަކުން ހިންގާ ޖެނެރޭޓިވް އޭއައި ވެސް މަޤްބޫލުވުމާއި އެކު އެކުންފުނިން އަވަސްވެގަތީ ޒަމާނީ ޓެކްނޮލޮޖީއާއި އެކު އަދާހަމަކޮށް ފައިތިލަސާބިތުކޮށްލުމަށެވެ. ޗެޓްޖީޕީޓީ ގެ އިތުރުން ގޫގަލް އިން ފަރުމާކޮށްފައިވާ ބާޑް ގެ އެކި ފީޗަރ ތައްވެސް އޮޕެރާގެ ސައިޑްބާއިން ފެނިގެން ހިނގައިދާނެ ކަމަށް އެކި މަސްދަރުތަކުން ހާމަކޮށްފައިވެއެވެ.

ޖެނެރޭޓިވް އޭއައި އާއި އެކު ހިޔާލަށް ނުގެނެވޭފަދަ އިންގިލާބީ ތަފާތުކަމައް އަހަރުމެން ވެބް ބްރައުޒް ކުރާ ގޮތަށާއި ސާޗް ކުރަމުން ދިޔަގޮތަށް ގެނުވައިދޭނެކަމަށް ޔަގީނެވެ. މިގޮތުން ރިޕޯރޓެއްގައި ހިމެނޭ މުހިންމު މައުލޫމާތުތައް ހުލާސަ ކޮށްލުމަށް، ވެބްސައިޓް އަކުން ފެންނަ ފައިނޭންޝިއަލް މައުލުމާތު ތައް ތަރުތީބުކޮށް ޓޭބްލަ ތަކުގައި އަތުރާލުން، އަދި އެކަތި އަނެކައްޗާއި އަޅުވާކިޔާ ތަފާތު ދެނެގަތުން ފަދަ ކަންކަން އެއީ މިފަދަ ހިދުމަތެއްގެ އެންމެ ފުރަތަމަ ފިޔަވަހި ކަމުގައި ވެގެން ދާނެއެވެ.

ދާދިފަހުން މައިކްރޮސޯފްޓް ބިންގް ގައި ޗެޓްޖީޕީޓީ ހިމަނާފައިވާ އިރު މައިކްރޮސޮފްޓް އިންވެސް ދަނީ ބްރައުޒަރ ގައި މިފަދަ ހިދުމަތްތަކެއް ހިމެނުމަށް މަސައްކަތް ކުރަމުންނެވެ.

އިތުރަށް ކިޔާލުމަށް :

ގޫގަލްއަށް ގޮންޖަހާލާނީ ޗެޓްޖީޕީޓީ ހެއްޔެވެ؟

ޗެޓްޖީޕީޓީ ކަހަލަ ޓެކްނޮލޮޖީއެއް އަލީބާބާ އިން އުފައްދަނީ

ފާޠިމަތު އައިން ލަބީޤް

ފާޠިމަތު އައިން ލަބީޤް

ފްރީލޭންސް ލިޔުންތެރިޔެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.