ލޯފަން މީހުންނަށް ރިއަލް ޓައިމްކޮށް އޯޑިއޯ އަޑުއެހޭ އެޕެއް އުފައްދަނީ

އަޙްމަދު ދާއޫދު 07 ޖޫން 2023

ޖަވާބު އެކަޑަމީ އާއި ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއަރޑް ސޮސައިޓީ އޮފް މޯލްޑިވްސް (ބީވީއައިއެސްއެމް) ގުޅިގެން ލޯފަން މީހުންނަށް ޚާއްޞަ އެޕްލިކޭޝަން އުފައްދަން އެއްބަސްވުމެއް އެކުލަވާލައިފިއެވެ.

މި އެޕްލިކޭޝަންގެ މަޤްޞަދަކީ ލޮލުގެ ފެނުމުން މަހުރޫމް ވެފައިވާ ފަރުދުންނަށް އޯޑިއޯ މެދުވެރިކޮށް ރިއަލް ޓައިމްގައި ޑިޖިޓަލް ދިވެހި ކޮންޓެންޓް ލިބޭނެ ގޮތް ހެދުމެވެ.

ޖަވާބާއި ބީވީއައިއެސްއެމްގެ އެއްބާރުލުން ލިބިފައިވަނީ ޔޫއެންޑީޕީގެ މިޔަހެލި 2022 މަޝްރޫއުގެ ފަރާތުން ދީލަތި ފައިސާގެ ތެރެއިންނެވެ.

ބީވީއައިއެސްއެމް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި މި މުހިންމު އެއްބަސްވުން ރަސްމީކޮށް އެކުލަވާލެވިފައިވާއިރު، މިއީ މިދާއިރާއަށް އަންނާނެ އާދަޔާ ޚިލާފު ބޮޑު ބަދަލަކާއެކު ލިބިގެންދާނެ ބޮޑު ކުރިއެރުމެކެވެ.

ޖަވާބުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޖައިލަމް ވަނީ އެޕްލިކޭޝަންގެ މުހިއްމު ފީޗާތަކަށް އަލިއަޅުވާލައްވައިފައެވެ. އޭނާ ވިދާޅުވީ ބޭނުންކުރާ މީހުންގެ ސްކްރީންގައި ދައްކާ ދިވެހި ކޮންޓެންޓްގެ އޯޑިއޯ ފޯރުކޮށްދިނުމުގެ ގާބިލްކަން މި އެޕްލިކޭޝަނަށް ލިބިގެން ވުމާއެކު ދިވެހި ކޮންމެ ލިޔުމެއްވެސް ފަސޭހަކަމާއެކު އަޑުއަހައިލެވޭނެކަމަށެވެ.

މީގެ ކުރިން އުފައްދާފައިވާ މިފަދަ ބައެއް އެޕްތަކުގައި އަންނަ އެއްސިކުންތުގެ ލަސްވުން އަލަށް އުފައްދާ މިއެޕްގައި ނާންނާނެކަމަށާއި، ހަމަ ވަގުތުން ވަގުތަށް އޯޑިއޯ ޕްލޭވާނެކަމަށް ޖަވާބު އެކަޑަމީން ބުނެއެެއެވެ

މިއެޕް ތަރައްގީ ކުރުމަށް ޔޫއެންޑީޕީން ބީވީއައިއެސްއެމްއަށް 300،000 ރުފިޔާގެ ބޮޑު ހިލޭ އެހީއެއް ލިބިގެންދާއިރު، ހަ މަސް ދުވަހުގެ ޓާގެޓް ޓައިމްލައިނަކާއެކު މި މަޝްރޫއުގެ މަގުސަދަކީ ލޯފަން މުޖުތަމައުގެ ޚާއްޞަ ބޭނުންތަކަށް ފުއްދައިދޭ މަތީ ފެންވަރުގެ އެޕްލިކޭޝަނެއް ފޯރުކޮށްދިނުމެވެ.

ޓެކްސްޓު ސްޕީޗް (ޓީޓީއެސް) އެޕްލިކޭޝަން ފުރަތަމަ ރިލީޒް ކުރާއިރު އެންޑްރޮއިޑް ޑިވައިސްތަކާ ވެސް ގުޅޭނެ ކަމަށާއި، އޭގެ ފަހުން ވިންޑޯޒް އަދި އައިއޯއެސް ޕްލެޓްފޯމްތަކަށް ނެރޭ ވަރޝަންތައް ނެރޭނެ ކަމަށް ޖަވާބުން ބުނެއެވެ.

ދިވެހި ޓެކްސްޓްެ އޯޑިއޯ ގެނެސްދިނުމުގެ އިތުުރން މި އެޕްލިކޭޝަންގައި އިތުރު ފީޗާސްތަކެއް ލިބިގެންދާނެ ކަމަށާއި އޭގެ ތެރޭގައި ދިވެހީ ބަހުން އުފައްދާފައިވާ ޕީޑީއެފް ޑޮކިއުމަންޓްތައް އަޑުއެހުމާއި ފޮޓޯތަކުގެ ތެރޭގައިވާ ލިޔުން އޯޑިއޯއަށް ބަދަލުކުރެވޭނެ ކަމަށް ޖަވާބުން ވަނީ ބުނެފައެވެ.

ބީވީއައިއެސްއެމްގެ އޯގަނައިޒިން ސެކްރެޓަރީ އަބްދުއްރައްޒާގު ވަނީ މި އެޕްލިކޭޝަންގެ ސަބަބުން ޚާއްސަކޮށް އޭގެ ފަންކްޝަނަލިޓީތަކުން ބޮޑު ފައިދާއެއް ލިބޭނެ ލޯފަން ދަރިވަރުންނަށް ކުރާނެ އަސަރުތަކާ މެދު ޝައުގުވެރިކަން ފާޅުކުރައްވާފަ އެވެ.

މި އެޕްގެ ސަބަބުން ދިވެހި ދިވެހި ލިޔުން ކިޔުމާއި ރެކޯޑްކުރުމުގައި މިހާރު ހުރި ހުރަސްތައް ނައްތާލެވި، ލޯފަން މީހުންގެ މެދުގައި ހަމަހަމަކަން ޤާއިމްވެގެން ދާނެއެވެ.

އަލަށް މި އުފައްދާ ޓީޓީއެސް އެޕްލިކޭޝަން ތަރައްޤީކުރުމަކީ އެކްސެސިބިލިޓީ ލޭންޑްސްކޭޕްގައި މުހިންމު ފިޔަވަޅެކެވެ. ދިވެހިރާއްޖޭގެ ލޯފަން މުޖުތަމަޢު ބާރުވެރިކޮށްދީ، އިތުރު ފުރުޞަތުތަކާއި މިނިވަންކަމަށް މަގުފަހިކޮށްދޭނެ ކަމެކެވެ.

ޖަވާބް އާއި ބީވީއައިއެސްއެމް، އަދި ޔޫއެންޑީޕީ މިޔަހެލީ ޕްރޮޖެކްޓްގެ ފަސްނުޖެހޭ ޚިދުމަތްތެރިކަމާއި އެއްބާރުލުމާއެކު، މި ޓްރާންސްފޯމަޓިވް ޓެކްނޮލޮޖީއަކީ ލޮލުގެ ފެނުމުގެ ނިޒާމަށް ދަތިކަން ހުންނަ ފަރުދުން ޑިޖިޓަލް ކޮންޓެންޓާ ގުޅިގެން އުޅޭ ގޮތަށް އިންގިލާބެއް ގެނެސް، އިންކްލޫސިވިޓީ ކުރިއެރުވުމާއި، މައުލޫމާތު ހޯދުމަށް ހުރި ހުރަސްތައް ނައްތާލުމަށް ބާރު އަޅާނެ ޓެކްނޮލޮޖީއެކެވެ.

އިތުރަށް ކިޔާލުމަށް:

ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް، ޝާމިލުއަޑު

މިޔަހެލި 2022: ސީއެސްއޯ އެޑިޝަން ނިންމާލާއިފި



އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.