ސާފު ހަކަތައިގެ ރޮނގުން އެމެރިކާގެ އެންމެފެހި ސްޓޭޓް އަކީ ފްލޮރިޑާ

އަޝްނާ ރަޝީދު 24 ޖުލައި 2023

ތިމާވަށްޓަށް އަހުލުވެރި ހަކަތައިގެ އަގު ދަށަށް ދަމުންދާއިރު، އެމެރިކާގެ އެކިއެކި ސްޓޭޓުތަކުން ދަނީ ސޯލާއަށް ބަދަލުވަމުންނެވެ. މިގޮތުން ފާއިތުވީ އަހަރުގައި ނެރުނު ރިޕޯޓެއް ދައްކައިދޭ ގޮތުން މިކަމުގެ އެންމެ ކުރީގައި އުޅެނީ ފުލޮރިޑާއެވެ.

ފުލޮރިޑާ ވަނީ ގިނަ އަހަރުތަކެއް ވަންދެން "ސަންޝައިން ސްޓޭޓް" ގެ ނަމުން މަޝްހޫރުވި ވެފައެވެ. މިހާރު، ފުލޮރިޑާ ދަނީ އެނަމާއި އެއްގޮތައް އެމެރިކާ ސޯލާ ޕެނަލު ބޭނުން ކުރުމުގެ ކުރީ ޞަފަށް އަރަމުންނެވެ. އެމެރިކާގެ ދެވަނައަށް އެންމެ ބޮޑަށް ކަރަންޓު އުފައްދާ ސްޓޭޓަކީ ފްލޮރިޑާއެވެ. ފޮސިލް ފިއުލުތައް އެންމެ ބޮޑަށް ބޭނުންކުރަމުންދާ، ހަކަތަ ކުންފިނިތައް އެންމެ ގިނައިން ގާއިމުވެފައިވާ އެއްތަނެވެ. މި އައު ބަދަލާއެކު އެމީހުން ދަނީ ސާފު ހަކަތައާ ދިމާލަށް މިސްރާބު ބަދަލުކުރަމުންނެވެ. ފުލޮރިޑާއަކީ ގިނަ އަދަދަކަށް އިރުގެ އަލި ލިބޭތަނެކެވެ. ސޯލާ އާއި ދިމާލަށް ދިއުމުން މި ސްޓޭޓުން ދަނީ މިކަމުގެ ބޭނުން ރަނގަޅަށް ހިފަމުންނެވެ. މިހާރު ފުލޮރިޑާއަކީ އިރުގެ ހަކަތަ އުފައްދާ އެމެރިކާގެ އެންމެ ބޮޑު އެއް ސަރަހައްދެވެ.

އެންމެ ފަހުގެ ސޯލާ މާކެޓު އިންސައިޓު ރިޕޯޓުން ދައްކާ ގޮތުގައި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ފުލޮރިޑާއިން 2،499 މެގަވޮޓްގެ ސޯލާ ޖެނެރޭޝަން ކެޕޭސިޓީ އިތުރުކޮށްފައެވެ. މީގެ ބޮޑު ބައެއް ގޮސްފައިވަނީ ޔުޓިލިޓީ ކުންފުނިތަކަށެވެ. މި ގޮތުން ޔުޓިލިޓީ ކުންފުނިތަކުން 2،159 މެގަވޮޓް އިންސްޓޯލުކޮށްފައި ވީއިރު ރެޒިޑެންޝަލް ސެގްމަންޓުން އިންސްޓޯލުކޮށްފައިވަނީ ހަމަ އެންމެ 332 މެގަވޮޓް ސޯލާ ކެޕޭސިޓީއެވެ. މި އަދަދު ނިސްބަތުން ކުޑަވީ ނަމަވެސް، މިއީ އެމެރިކާގައި ދެވަނައަށް އެންމެ ބޮޑު ރެޒިޑެންޝަލް ސޯލާ އިންސްޓޯލްމަންޓެވެ.

ކުރީ އަހަރުތަކުގެ ތާފާސު ހިސާބުތަކާއި އަޅާބަލާއިރު، ޕުލޮރިޑާ ދަނީ ހަކަތަ އުފައްދާ ގޮތައް ބޮޑެި ބަދަލުތަކެއް ގެންނަން ފަށާފައެވެ. އެ ސްޓޭތުން އެފިޝަންސީ ދަށް ކޯލާއި އޮއިލު ފަދަ ނިޒާމުތަކުން ދުރުހެލިވެ، ހަކަތަ ގިނައިން ލިބޭ ނިޒާމުތަކާއި ސޯލާއާއި ދިމާލަަށް އެބަދެއެވެ. ނަމަވެސް އަދިވެސް ނިސްބަތުން ސޯލާ ބޭނުންކުރަމުންދާލެއް ވަރަށް ދަށެވެ. މިގޮތުން މި ސްޓޭޓުން ހަކަތަ އުފައްދަން ސޯލާބޭނުންކުރަނީ ނިސްބަތުން ހަމައެންމެ 6% އެވެ.

ސޯލާ ފަދަ ތިމާވަށްޓާއި އަހުލުވެރި ހަކަތައިގެ އަގު ދަނީ ދަށަށް ދަމުންނެވެ. އަދި އެހެން ނިޒާމުތަކާއި އަޅާ ބަލާއިރު ދިގު ރާސްތާގައި ސޯލާވެގެން ދަނީ އަގުހެޔޮ ބަދަލަކަށެވެ.

ސިޔާސީގޮތުން ބަލާއިރުގައި ފުލޮރިޑާގެ ސިޔާސީ މައިދާނުގައި ހަކަތަކުންފުނިތަކުގެ ވަރަށް ބޮޑަށް ނުފޫޒު ފޯރުވައެވެ. މިކަމުގެ ސަބަބުން ހަކަތަ އުފައްދާ ކުންފަނިތައް ރައްކާތެރިކުރުމަށްޓަކައި ވަރަށް ގިނަ ސިޔާސަތުތަކެއް މި ސްޓޭޓުން ފާސްކޮށްފައިވެއެވެ. މި ގޮތުން ހަކަތަ ކުންފުނިތަކުން ހަކަތަ އުފެއްދުމުގެ ނިޒާމު ސިޔާސީ ނުފޫޒުތަކުން މިނިވަންކޮށް ގާއިމުކޮށްފައިވެއެވެ. ނަމަވެސް މި ސްޓޭޓުންވަނީ ރައްޔިތުންގެ މަސްލަހަތައްވެސް ސަމާލުކަން ދީފައެވެ. މިގޮތުން ހަކަތަ ކުންފުނިތަކުން ރައްޔިތުން އެކުންފުނިތަކަށް ސޯލާއިން ޖެނަރޭޓުކުށްގެން އަލުންވިއްކޭ އަދަދު ކުޑަކުރުމަށް ފާސުކުރަން އުޅުނު ބިލުވަނީ ހުއްޓާލާފައެވެ. މީގެއިތުރުން އިންފްލޭޝަން ރިޑަކްޝަނު އެކްޓުން ވެސް ވަނީ ސޯލާ ބޭނުންކުރުމަށް މަގުފަހި ކޮށް ދީފައެވެ.

ފުލޮރިޑާގެ ސޯލާއަށް ބަދަލުވާ ބަދަލުވުން ދަނީ ހަކަތަ ކުންފުނިތަކުގެ އެއްބާރުންލުމާއެކުގައެވެ. ނަމަވެސް މިކަމުގައި އާންމު ރައްޔިތުންގެ މަސްލަހަތައްވެސް ސަމާލުކަން ދިނުން ވެގެންދާނީ މި މަރުހަލާގައި ވަރަށް މުހިންމު ކަމަކަށެވެ.

އަޝްނާ ރަޝީދު

އަޝްނާ ރަޝީދު

ދުނިޔެއާއި، ކާއިނާތާއި އިންސާނުންގެ އުފެއްދުންތެރިކަމާއި މެދު އަބަދުވެސް ސުވާލުކޮށް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.