ޔުނިވާސިޓީ އޮފް ވެސްޓަން އޮސްޓްރޭލިއާ (ޔޫޑަބްލިއުއޭ) އާއި ޕެރޮން އިންސްޓިޓިއުޓް ފޯ ނިއުރޮލޮޖިކަލް އެންޑް ޓްރާންސްލޭޝަނަލް ސައިންސްގެ ސައިންސްވެރިން ވަނީ ކަސްރަތު ކުރުމުން ސެލްގެ ފެންވަރުގައި ހަކަތަ އުފެއްދުމަށް އަސަރުކުރާ ގޮތާމެދު އިތުރު ހޯދުންތަކެއް ހޯދާފައެވެ. ސައިންސް އެޑްވާންސެސްގައި ދާދިފަހުން ޝާއިއުކޮށްފައިވާ އެމީހުންގެ ދިރާސާއިން ހާމަވާ ގޮތުގައި ކަސްރަތުކުރުމުން ސެލްގެ ބޭރުން ސެލްގެ ހަކަތަ އުފައްދާ މައިޓޮކޮންޑްރިއާއަށް ދަތުރުކުރާ މެކޭނިކަލް ސިގްނަލްތަކެއް އުފެދެއެވެ. މި ހޯދުމަކީ ކަސްރަތުކުރުމުން ލިބޭ ފައިދާ ސެލްތަކުގެ ލެވަލުގައި ހާމަކޮށްދޭ މުހިންމު ހޯދުމެކެވެ.
މި ދިރާސާ ދައްކާގޮތުގައި ސެލްގެ ތެރޭގައި ޕްރޮޓީން އުފެއްދާ އެންޑޯޕްލާސްމިކް ރެޓިކިއުލަމް (އީއާރު)އިން ދެމުމާއި ސްޓްރެއިން ފަދަ މެކޭނިކަލް ފޯސަސްތައް އިހުސާސް ކުރުމަށް މުހިއްމު ދައުރެއް އަދާކުރެއެވެ. މިކަންތައް ސެލްތަކަށް ތަޖުރިބާކުރެވުމުން އީއާރްއިން ސެލްތަކުގައި ހަކަތަ އުފެއްދުން ރެގިއުލޭޓްކޮށް ޓިޝޫތަކުގެ ސިއްހަތު ދެމެހެއްޓުމަށް އެހީތެރިވެދޭ މެޓަބޮލިކް ނިޒާމަށް މި މައުލޫމާތު ފޮނުވަދެއެވެ.
މި ދިރާސާގައި ކަސްޓަމް ޑިޒައިންކޮށްފައިވާ ބަޔޯރިއެކްޓަރތަކާއި ޖެނެޓިކް އަދި މައިކްރޯސްކޯޕީ ޓެކްނިކް ބޭނުންކޮށްފައިވެއެވެ. މި ދިރާސާގެ ހޯދުންތައް ކުރިން އެމްއައިޓީ ފަދަ އިދާރާތަކުން ކުރިން ކޮށްފައިވާ ދިރާސާތަކަށް ބާރުދެއެވެ. މި ފަދަ ދިރާސާތަކުގެ ސަބަބުން ކަސްރަތު ކުރުމުން މަސްތަކާއި ނާރުތަކަށް ކުރާ އަސަރު ބޮޑަށް ދެނެގަނެވި، އޭލްސީ ފަދަ ބަލިތައް ޖެހިފައިވާ މީހުންނަށް އަލުން ހިނގައި ބިނގައި އުޅުމަށް ކުރެވިދާނެ ފަރުވާތަކާމެދު އިތުރު ދޮރުތަކެއް ހުޅުވިގެންދެއެވެ.
މި ދިރާސާގައި ކަސްރަތު ކުރުމުން ހަމައެކަނި މަސްތަކާއި މުޅި ހަށިގަނޑުގެ ސެލްތަކަށް ކުރާ އަސަރު ވެސް ދިރާސާކޮށްފައިވެއެވެ. މީގެ ސަބަބުން ބަލިމީހުންނަށް ބޭސް ފަރުވާދިނުމުގައި ލިބޭ ގެއްލުން ކުޑަކޮށް، ބަލި ރަނގަޅުވުމަށް ކުރެވިދާނެ ކަންކަން ބޮޑަށް ހާމަވެގެންދެއެވެ. މިގޮތުން މި ދިރާސާގެ އެހީގައި ރިހެބިލިޓޭޝަނާއި ދިގުމުއްދަތުގެ ބަލިތައް މެނޭޖްކުރުމަށް ކަސްރަތުން ސެލްތަކަށް ލިބޭ ފައިދާތަކުގެ ބޭނުންހިފާ ތެރަޕީތަކެއް އުފެއްދުމަށް އިތުރު ފުރުސަތުތަކެއް ލިބިގެންދެއެވެ. މި ދިރާސާ ކުރިއަށް ގެންގޮސްފައިވަނީ އޮސްޓްރޭލިއަން ރިސާޗް ކައުންސިލާއި ވެސްޓަން އޮސްޓްރޭލިއަން އިނޮވޭޝަން ސީޑް ފަންޑުގެ އެހީގެ ދަށުން ޕޮލެންޑް، ޗައިނާ، އަދި އޮސްޓްރޭލިއާގެ ޓީމުތަކަކުންނެވެ.
ދުނިޔެއާއި، ކާއިނާތާއި އިންސާނުންގެ އުފެއްދުންތެރިކަމާއި މެދު އަބަދުވެސް ސުވާލުކޮށް.