އެޑޯބީގެ ފަޔާފްލައި ޖެނެރޭޓިވް އޭއައި ޓޫލް މިހާރު އެންމެނަށް

އަޙްމަދު ދާއޫދު 16 ސެޕްޓެމްބަރު 2023

އެތައް މަހެއްވަންދެން ބީޓާ ޓެސްޓު ކުރުމަށްފަހު، އެޑޯބީގެ ފަޔާފްލައި ޖެނެރޭޓިވް އޭއައި ޓޫލްސް އެތައް ތަނަކުން ތަރައްޤީ ކޮށް އެންމެނަށް ހުޅުވާލާފައިވާ ކަމަށް އެޑޯބީ އިން ބުނެފިއެވެ.

އެޑޯބީއިން ބުނީ އެ ކުންފުނީގެ ފަޔާފްލައި ޖެނެރޭޓިވް އޭއައި މޮޑެލް މިހާރު ވިޔަފާރީގެ ގޮތުން ބޭނުން ކުރުމަށް އެޑޯބީ ކްރިއޭޓިވް ކްލައުޑް، އެޑޯބީ އެކްސްޕްރެސް އަދި އެޑޯބީ އެކްސްޕީރިއަންސް ކްލައުޑްގައި ލިބެން ހުންނާނެ ކަމަށެވެ.

އޭގެ މާނައަކީ މިހާތަނަށް ބޭނުން ކުރަމުން އައި އެޑޯބީގެ އެޕްލިކޭޝަންތަކުގެ ބީޓާ ވާޝަންތަކަށް އެކަނި ލިމިޓްކުރެވިފައިވާ ފަޔަރފްލައި-ޕަވަރޑް ވޯކްފްލޯސް - އިލަސްޓްރޭޓަރުގެ ވެކްޓަރ ރީކޮލޮރިންގ، އެކްސްޕްރެސް ޓެކްސްޓް-ޓު-އިމޭޖް އިފެކްޓްސް، އަދި ފޮޓޯޝޮޕްގެ ޖެނެރޭޓިވް ފިލް ޓޫލްސްގެ އިތުރުން އަލަށް އިތުރުކުރި ޕްރޮގްރާމްތައް ޔޫޒަރުންނަށް ލިބޭނެ ވާހަކައެވެ.

ޗައިނާ ފަދަ ހަރުކަށި އޭއައި ގާނޫނުތައް އޮންނަ ގައުމުތަކުގައި ސަރަހައްދީ ގޮތުން ބައެއް ފިޔަވަޅުތައް ހުރި ނަމަވެސް އެޑޯބީ އިން ވަނީ ސްޓޭންޑަލޯން ފަޔާފްލައި ވެބް އެޕްލިކޭޝަނެއް ތައާރަފުކޮށް، ވަކިން އެޑޯބީ ކްރިއޭޓިވް ސުއިޓް އެޕްލިކޭޝަންތަކަށް ސަބްސްކްރައިބް ނުކޮށް، އެ ކުންފުނީގެ ބައެއް ޖެނެރޭޓިވް ކެޕޭސިޓީތައް ދެނެގަނެވޭނެ ގޮތް ހަދާފައެވެ.

އެހެންނަމަވެސް ޕެއިޑް ކްރިއޭޓިވް ކްލައުޑް ސަބްސްކްރިޕްޝަން ޕްލޭނެއްގެ ދަށުން އެޑޯބީ އެކްސްޕްރެސް ޕްރިމިއަމް އާއި ފަޔާފްލައި ވެބް އެޕް ހިމަނަން އެކުންފުނިންވަނީ ނިންމައިފަ އެވެ.

އެޑޯބީގެ ފަޔާފްލައި ޖެނެރޭޓިވް އޭއައި ޓޫލްސްއަކީ މީގެ ދުވަސްކޮޅެއް ކުރިން އާންމުންގެ ތެރޭގައި މާ ބޮޑަށް ދަންނަ އަދި ބަލައިގަނެވޭ ވަސީލަތްތަކެއް ނޫނެވެ. އެހެންނަމަވެސް އެޑޯބީން ފަޔާފްލައި ޖެނެރޭޓިވް އޭއައި ޓޫލްސް ތައާރަފްކޮށް އެޑޯބީގެ ރަސްމީ ވެބްސައިޓަށް އެހުރިހާ ޚިދުމަތެއް ޖަމާކުރުމުން މިހާރުމިވަނީ ޢާއްމުންގެ މެދުގައި އެ ޕްރޮގްރާމް ވަރަށް ބޮޑަށް މަޝްހޫރުވެ ވައިގައި ހިފާފައެވެ.

އެޑޯބީ ޖެނެރޭޓިވް އޭއައި ޓޫލްސް އިން މިއަދު ނުކުރެވޭ އެއްވެސް ކަމެއްނެތޭ ދެންނެވުމަކުން ދޮގަކަށް ނުވާނެއެވެ.


އިތުރަށް ކިޔާލުމަށް : އެޑޯބީ ފަޔަރފްލައި ވަރަށް ސަޅި

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.