އިންސާނުންނާ އެކުމަސައްކަތްކުރާ ރޮބޮޓު ފެންނާނެ

އަޝްނާ ރަޝީދު 16 ސެޕްޓެމްބަރު 2023

އެކާވީސްވަނަ ގަރުނަ ފަށައިގެން ދިޔައީ ހޮންޑާގެ އެސިމޯ ރޮބޮޓު މީހުންނަ އަޖައިބުކުރަމުންނެވެ. ނަމަވެސް އޭގެ ވިއްސަކަށް އަހަރު ފަހުންވެސް ރޮބޮޓިކްސްވަނީ އަދިވެސް މީހުންނަށް ބޭނުންކުރެވޭ ވަރުގެ އަތްފޯރާފަށުގައި ލިބޭ، އަދި ބޭނުންތެރި މަސައްކަތްތައް އަދާކުރެވޭ އެއްޗަކަށް ވުންވަރަށް ނާދިރުކަމަކަށެވެ. މިއީ މެދުވެރި ވުމަށް އުނދަގޫ ކަމަކަށް ވީއިރު، ވަރަށް ގިނަ ފަރާތްތަކުން ވަނީ އެކިކަންތަކަށް ރޮބޮޓުތައް އީޖާދުކުރަމުންނެވެ. ގޭތެރޭގައި މަސައްކަތްކުރުން ފަދަ ކަންކަމަށް ރޮބޮޓުތައް އީޖާދުކުރަަމުން ދިޔަނަމަވެސް، މަސައްކަތުގެ ދާއިރާގައި ރޮބޮޓުތައްވެސް ހެދޭތޯ މަސައްކަތްކުރިއަށް ގެންދެއެވެ. މި ގޮތުން މިކަމަށް ހާއްސަކޮށް އިންސާނުންކަހަލަ ރޮބޮޓުތައް ހަދަމުން ދާ އިރު، ފާއިތުވެގެން ދިޔަ އަހަރު އޭ.އައިއަށް އައި ކުރިއެރުންތަކާއި ގުޅިގެން ބޭނުންތެރި ރޮބޮޓުތައް އީޖާދުކުރުމަށް އިތުރު ބާރެއް ލިބިގެން ދިޔައެވެ.

މިކަންތައް ހާސިލްކުރުމަށް ދުނިޔޭގެ އެތައް ބޮޑެތި ކުންފުނިވަނީ "ޖެނަރަލް ޕާރޕަސް" ރޮބޮޓު ނުވަތަ އާންމު ބޭނުމަށް ބޭނުން ކުރެވޭ ރޮބޮޓު އީޖާދުކުރަން މަސައްކަތް ފަށާފައެވެ. ފާއިތުވެގެން ދިޔަ ޕެންޑެމިކާއި ވިދިގެން ދުނިތޭގެ ގިނަ ބޮޑެތި ޓެކް ކުންފުނިތައް ވަނީ މިކަމަށް ދިރާސާކުރުމަށް ވަރަށް ބޮޑެތި އަދަދުތަކެއް ހޭދަކުރައްވާފައެވެ. މިގޮތުން ޓެސްލާ އާއި ޒަޔޯމީ ވަނީ ފާއިތުވީ އަހަރުގައި އެފަރާތްތަކުންގެ އިންސާނުންނާއި އެތްގޮތް ރޮބޮޓުތަކުގެ ޕްރޮޓޯޓައިޕުތަކެއް ދައްކާފައެވެ. ނަމަވެސް ބައެއް ފަރާތްތަކުން ފާހަގަކުރައްވާފައިވާ ފަދައިން މީގެން ގިނަ ރޮބޮޓުތަކަކީ ވަރަށް ގިނަކަންތައް ކޮށްދޭނެކަމަށް ވައުދުކޮށްފައިވާ ރޮބޮޓުތަކަކަށް ވީނަމަވެސް، ގިނަފަހަރާ މީގެންގިނަ ރޮބޮޓުތަކުން ކުރެވޭ ވަކި ހާއްސަ ބޭނުމެއް ދެއްކިފައިނުވާ އީޖާދީތަކެކެވެ.

ނަމަވެސް މިއީ ފާއިތުވެގެން ދިޔަ އަހަރު ފެނިގެން ދިޔަ ހުރިހާ ރޮބޮޓެއްގެ ހަޤީގަތެއް ނޫނެވެ. މަޝްހޫރު ރޮބޮޓް ކުއްތާ 'ސްޕޮޓް' އީޖާދުކުރި ކުންފުނިކަމަށްވާ ބޮސްޓަން ޑައިނަމިކްސް ވަނީ ކާރުހާނާތަކުގައި އިންސާނުންނާއި އެކު މަސައްކަތްކުރެވޭ ރޮބޮޓެއްގެ ޕްރޮޓޯޓައިޕެއް އިފްތިތާހުކޮށްފައެވެ. އެޓްލަސްގެ ނަންދެވިފައިވާ މި ރޮބޮޓަކީ ހައިޑްރޯލިކް މެކޭނިޒަމާއި އިލެކްޓްރޮނިކް ރޮބޮޓެކެވެ. މި އެޓްލަސް ރޮބޮޓަކީ ފުދޭވަރަކަށް ވަރުގަދަކޮށް އަދި ދަސޭހަކަމާއެޖު ހަރަކާތްކުރެވޭ ރޮބޮޓެކެވެ. މި ރޮބޮޓަށް ފުމެ، ބުރުއެއްލާ، އެއްޗެހި އުފުއްލާ ތަންތަނަށްލުމުގެ ގާބިލުކަން ލިބިފައިވެއެވެ. ނަމަވެސް މި ރޮބޮޓަކީ ވިއްކަން ހަދާ ރޮބޮޓެއް ނޫނެވެ. ބޮސްޓަން ޑައިނަމިކްސް ހިއްސާކޮށްފައިވާ ފަދައިން، މި ރޮބޮޓަކީ ދިރާސާކުރުމަށް ބޭނުންކުރާ އެއްޗެކެވެ.

އެޓްލަސް ރޮބޮޓް އިމާރާތްކުރުމުގައި ބޭނުންކުރެވިދާނެ ގޮތުގެ ޑެމޯއެއް

މިޔާއި ހިލާފަށް އެޕްޓްރޯނިކްގެ އެޕޯލޯ ރޮބޮޓު ވަނީ ވަކި ބޭނުންތަކަކަށް ހާއްސަކޮށް ބޭނުންކުރުމަށް 2024 ވަނަ އަހަރުގައި ވިއްކަން ނިންމާފައެވެ. ނާސާޔާއި ގުޅިގެން ކުރިންވެސް ވަކިކަންކަމަށް ހާއްސަކޮށްފައި އިންސާނުންނާއި ވައްތަރު ރޮބޮޓުވަނީ މިކުންފުނި ކުރިންވެސް އީޖާދުކޮށްފައެވެ.

މި ރޮބޮޓާއި އެޓްލަސާއި ހުރި މައިގަނޑު ތަފާތަކީ މި ރޮބޮޓު ހަރަކާތްކުރުމަށް ބޭނުން ކުރަނީ ކަރަންޓު ބޭނުންކުރާ އެކްޗުއޭޓާސް ތަކެކެވެ. މިކަހަލަ އެކްޗުއޭޓާތައް ފަހަރެއްގައިމު ހައިޑްރޯލިކް އެކްޗުވޭޓަރުތައްހާ ވަރުގަދަ ނުވިނަމަވެސް އެޕްޓްރޯނިކްސް ބުނާގޮތުގައި މިއީ މާ ރައްކާތެރި ނިޒާމެކެވެ.

އެޕްޓްރޯނިކުގެ އެޕޯލޯ ގުދަންތަކުގައި ބޭނުންކުރެވިދާނެ ބައެއްގޮތްތައް ދައްކާފިވޭ

އެހެން ގިނަ ރޮބޮޓުތަކާއި ހިލާފަށް މި ރޮބޮޓު ފަރުމާކޮށފައިވަނީ "މަލްޓި-ޕާރޕަސް" ނުވަތަ ގިނަ މަޤުސަދުތައް ހާސިލުކުރުމަށެވެ. މިކަން ހާސިލުކުރުމަށޓަކައި އެޕްޓްރޯނިކް މި ރޮބޮޓަށް ފަހަރަކު ކަމެއް ކުރަން ދަސްކޮށްދީ، މައްސަލަތައް ހޯދާ ރަނގަޅު ކުރެވެއެވެ. މީގެ މާނައަކީ ފާހަރަކުކަމެއް އެންމެ ފުރިހަމަކޮށް ކުރަން ތަމްރީނުކުރުމަށްފަހު، ދެންއިންނަކަމެއް ކިރަން ދަސްކޮށްދެއެވެ. މީގެ އިތުރުން، ބޮސްޓަން ޑައިނަމިކްސްގެ ރޮބޮޓުތަކުން ކުރާ ފަދައިން، އެހެން ފަރާތްތަކަށްވެސް މީގެ މައްޗަށް އެޕްލިކޭޝަންތަކެއް ހަދުން ހުޅުވާލަން އެޕްޓްރޯނިކްސް ގަސްދުކޮށްފައިވެއެވެ.

މިފަދަ ރޮބޮޓުތައް އަޅުގަނޑުމެންނަށް މަސައްކަތުގެ މާހައުލުގައި ފެނިގެންދިއުން ވަނީ މިހާރު ކައިރި މުސްތަޤުބަލުގައި ވެދާނެކަމަކަށް ވެފައެވެ. އެޕްޓްރޯނިކްސް ބުނާގޮތުގައި، އެމީހުންވަނީ މިއަހަރުތެރޭގައި އެޕޯލޯ ޕައިލެޓް ކުރަން ފަށަން ގަސްދުކޮށްފައެވެ. މި ޕައިލަޓުތައް ރަނގަޅަށް ހޮނގައިގެން ގޮސްފިނަމަ، މި ރޮބޮޓުތައް 2025 ވަނަ އަހަރުވާއިރު ބައެއް ބޭނުންތަކަށް ގެނެވޭނެކަމަށް ލަފާކުރެވެއެވެ. ނަމަވެސް މިފަދަ ރޮބޮޓުތައް އާންމު ފަރާތްތަކުގެ އަތްފޯރާފަށަށް ދިޔުން ވީ ވަރަށް ދުރުގައި ކަމަށްވެދާނެވެ.

އަޝްނާ ރަޝީދު

އަޝްނާ ރަޝީދު

ދުނިޔެއާއި، ކާއިނާތާއި އިންސާނުންގެ އުފެއްދުންތެރިކަމާއި މެދު އަބަދުވެސް ސުވާލުކޮށް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.