ކޮލެޖް ދަރިވަރުން ހޯމްވޯރކް ހެދުމަށް ޓިކްޓޮކް އިން އެހީހޯދާ

ޓެކު ކަލޯ 17 ސެޕްޓެމްބަރު 2023

ދާދީ މިދާކަށް ދުވަހު އިންޓެލިޖެންޓް.ކޮމް އިން އިން ކުރި ދިރާސާއަކުން ދައްކާ ގޮތުން ދިރާސީ އެކި އެކި މަސައްކަތްތަކަށް މައުލޫމާތު ހޯދުމަށްޓަކައި ގިނަ ދަރިވަރުން ޓިކްޓޮކް ގެ އެހީ ހޯދައެވެ. ސާޗް އިންޖީން ތަކުން މައުލޫމާތު ހޯދުމުގެ ބަދަލުގައި މި ދިރާސާއިން ގައި ބައިވެރިވި 1000 ކޮލެޖް އަދރިވަރުންގެ ތެރެއިން ދެބައިކުޅަ އެއްބައި ދަރިވަނުންނަށް ވުރެއް ގިނަ އަދަދެއް ބަރޯސާވަނީ ޓިކްޓޮކްގެ ސަރޗް އަށެވެ.

މި ދިރާސާއިން ދައްކާގޮތުން ގޫގަލް އަށްވުރެއް އެކި ތައުލީމީ އަދި ދިރާސީ ސަރޗް ތަކަށް ޓިކްޓިކް އެޕް ބޭނުން ކުރާމިންވަރު އިތުރެވެ. ދިރާސާގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން 58 އިންސައްތަ ބުނެފައިވަނީ އެސައިންމަންޓް ހެދުމަށް ހާއްސަ ގޮތެއްގައި ހިސާބު، އިނގިރޭސީ އަދި އާރޓްސް އެސައިންމަންޓް ތަކަށް ބޭނުންވާ މައުލުމާތު ހޯދުމަށް ބޭނުން ކުރަނީ ޓިކްޓޮކް އެވެ.

ޓިކްޓޮކް އިން ދަރިވަރުންގެ ދަސްކުރުމަށް އެދެވޭ އަސަރެއް ފޯރުވާތަން ދިރާސާތަކުން ދައްކާނަމަވެސް މިހާރު ވަނީ އެމެރިކާ ފަދަ ގައުމުތަކުގައި ސަލާމަތީ ސަބަބު ތަކަށްޓަކައި ޓިކްޓޮކް ބޭނުން ކުރުން މުޅިންހެން މަނާކޮށްފައެވެ.

ގިނަ ދަރިވަރުން އާދައިގެ ސާރޗް އިންޖީން ތަކުގެ ބަދަލުގައި ޓިކްޓޮކް އަދި އެހެނިހެން މީސްމީޑިއާގެ ވަސީލަތްތަކުން އުގެނުމަށް އިޙްތިޔާރު ކުރާ އެންމެ ބޮޑު ސަބަބެއް ކަމަަށް ބެލެވެނީ މަންސަަތަކުގައި މައުލޫމާތު ހުށަހަޅައި ދީފައި ހުންނަނީ ގަޔާވާފަދަ އަދި ފޫހިނުވާފަދަ ގޮތަކަށް ކަމަށްވާތީ ކަމަށް ތަޖްރިބާކާރުން ބުނެއެވެ. އެހެން ނަމަވެސް މިފަދަ ޝައުގުވެރިގޮތަކަށް މައުލޫމާތު ގެނެސްދިން ނަމަވެސް ޓިކްޓޮކް ހިމެނޭހެން މީސްމީޑިއާގެ މަންސަ ތަކަކީ ސައްހަ ނޫން މައުލޫމާތުތަކުގެ ހާއްޔަކަށް ވެފައި ވުމުން މި ޓްރެންޑް ގެ ސަބަބުން ނޭދެވޭ އަސަރު ކުރަމުން ގެންދާނެ ކަމަށްވެސް ތަޖްރިބާކާރުން ފާހަގަ ކުރައްވައެވެ.

މި ދިރާސާގެ 65 އިންސައްތަ ދަރިވަރުން ދެކޭ ގޮތުގައި ޓިކްޓޮކް އިން ލިބޭ މައުލޫމާތު ކޮންމެވެސް މިންވަރެއްގެ ސައްހަކަމަށް ގަބޫލް ކުރެއެވެ. މި ސަބަބު ތަކަށްޓަކައި ދަރިވަރުންގެ ޑިޖިޓަލް ލިޓްރެސީ އިތުރުކުރުކޮށް މައުލޫމާތު ހޯދުމަށް ބަރޯސާވެވޭފަދަ މަސްދަރުތައް ދެނެގަތުމަށް ހޭލުންތެރި ކުރުމަށް ތައުލީމީ ދާއިރާގެ މާހިރުން އިތުރަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ޤަބޫލު ކުރަމެވެ.

ޓެކު ކަލޯ

ޓެކު ކަލޯ

ޙެއްވާ މަޖާ ވައިރަލް ހަބަރު ތަކާއި އެކު ހޮޅުއަޓަށް ދިރުން ގެނައުމަކީ ލިބޭ ބޮޑު ހިތްހަމަ ޖެހުމެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.