ވަޓްސްއެޕުން، ޗެނެލްސް ފީޗާ އިތުރު ގައުމުތަކަށް ދޫކުރަނީ

އަޙްމަދު ދާއޫދު 18 ސެޕްޓެމްބަރު 2023

ވަޓްސްއެޕުން އަންނަނީ އެ ކުންފުނީގެ އާ ޗެނަލްސް ފީޗާ ގިނަ ކަސްޓަމަރުންނަށް ތައާރަފް ކުރަމުންނެވެ. މެޓާ އަމިއްލަ މެސެޖިން އެޕްލިކޭޝަނުން ބުދަ ދުވަހު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ވަން ޓު މެނީ ބްރޯޑްކާސްޓިން ފީޗާ 150 އަށް ވުރެ ގިނަ ގައުމަށް ފުޅާކުރަމުން އަންނަ ކަމަށެވެ.

ވަޓްސްއެޕުން އެންމެ ފުރަތަމަ ޗެނަލްތައް ތައާރަފްކުރީ ޖޫން މަހުގެ ތެރޭގައި ކަމަށްވިޔަސް، އެ ޗެނަލްތައް ލިބެނީ ކޮލަމްބިއާ އާއި ސިންގަޕޫރުގެ ހޮވާލެވޭ ކުންފުނިތަކަށް އެކަންޏެވެ.

މެސެޖިން އެޕް ޓެލެގްރާމް ފަދައިން، ވަޓްސްއެޕްގެ ޗެނަލްސް ފީޗާއިން ވެސް ކްރިއޭޓަރުންނާއި ޖަމިއްޔާތަކާއި ބްރޭންޑްތަކުގެ އަޕްޑޭޓްތައް ލިބޭނެއެވެ. އެއް ޗެނަލަކުން އެހެން ޗެނަލަކަށްވެސް ސަބްސްކްރައިބް ކުރެވޭނެ އެވެ. އިންސްޓަގްރާމް އިން ބްރޯޑްކާސްޓް ޗެނަލްތަކުގެ ނަމުގައި މިފަދަ ފީޗާއެއް މި އަހަރުގެ ކުރީކޮޅު ވަނީ ތައާރަފްކޮށްފަ އެވެ.

ފުޅާ ދާއިރާއެއްގައި ރޯލްއައުޓް ކުރުމުގެ އިތުރުން ވަޓްސްއެޕުން ވަނީ މި ފީޗާއަށް އަންނަ އާ ބައެއް ކުރިއެރުންތައް ވެސް އިއުލާނުކޮށްފަ އެވެ. އޭގެ ތެރޭގައި ގައުމުތަކުގެ މައްޗަށް ބިނާކޮށް ޗެނަލްތައް ފިލްޓަރ ކުރެވޭ ގޮތަށް ރަނގަޅު ޑައިރެކްޓްރީއެއް ހިމެނޭއިރު، އާ، އެންމެ އެކްޓިވް އަދި މަގުބޫލު ޗެނަލްތައް މެދުވެރިކޮށް ތަރުތީބު ކުރުމުގެ ފުރުސަތު ވެސް ހިމެނެ އެވެ.

ޗެނަލްތަކުގެ ތެރޭގައި ހުންނަ ޕޯސްޓުތަކަށް ރިއެކްޓް ކުރުމަށް މިހާރު އިމޯޖީ ވެސް ބޭނުން ކުރެވޭނެ އެވެ. އެގޮތުން ޗެނަލްތައް ހިންގާ އެޑްމިންންނަށް އެ ޕްލެޓްފޯމްގެ ސާވާތަކުން ޕޯސްޓް ޑިލީޓް ކުރުމުގެ ކުރިން 30 ދުވަސް ވަންދެން އަޕްޑޭޓް އެޑިޓް ކުރެވޭނެ އެވެ.

މެސެޖިން އެޕްލިކޭޝަނުން އަންނަނީ އެ ޕްލެޓްފޯމަށް "އެތައް ހާސް" އާ ޗެނަލްތަކަށް މަރުހަބާ ކިޔަމުން ކަމަށާއި އޭގެ ތެރޭގައި އޮލިވިއާ ރޮޑްރިގޯ އާއި އެމްއެލްބީ އަދި މާކް ޒަކަބާގް ހިންގާ ޗެނަލްތައް ވެސް ހިމެނެ އެވެ.

ވަޓްސްއެޕުން ބުނީ ޗެނަލްތައް ބޭނުންކުރާ ފަރާތްތަކުގެ ފީޑްބެކް ލިބެމުންދާތީ ޗެނަލްތަކަށް އިތުރު ފީޗާތައް އިތުރުކުރަމުން ގެންދާނެ ކަމަށެވެ. އަދި "ކުރިއަށް އޮތް މަސްތަކުގައި" ކޮންމެ މީހަކަށް ވެސް ޗެނަލެއް އުފެއްދުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް އެ ޕްލެޓްފޯމުން ފާހަގަކުރެ އެވެ.

ވަޓްސް އެޕުން ބާރުއަޅަނީ މިހާރު އެ އެޕްލިކޭޝަނުން ޗެނަލްތަކުގެ ފީޗާ ނުފެނިއްޖެ ނަމަ، ވެއިޓްލިސްޓުގައި ބައިވެރިވާށެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.