އޯޕަން އޭއައިގެ ޑާލް-އީ މެދުވެރިކޮށް ބިންގް ޗެޓްގެ ތެރޭގައި އޭއައި ފޮޓޯ އުފެއްދޭނެ ހިދުމަތެއް ވަރަށް އަވަހަށް ތައާރަފު ކުރާނެ ކަމަށް މައިކްރޯސޮފްޓް އިން ބުނެފިއެވެ.
އޮކްޓޯބަރު މަހުގެ ތެރޭގައި ޗެޓްޖީޕީޓީގެ އެންޓަޕްރައިޒް ޔޫސަރސް އަށް ތައާރަފު ކުރާ ޑާލް-އި 3 މެދުވެރިކޮށް މަދު ފޮޅުވަތް ތަކަކުން ފޮޓޯ އުފެއްދޭނެކަމަށް ވެއެވެ. އެހެންނަމަވެސް ޑާލް-އީ3 ބިންގް އާއި ގުޅުވާލާނީ ސީދާ ކޮންއިރަކުކަން އަދި މައިކްރޯސޮފްޓް އިން ހާމަކޮށްފައި ނުވެއެވެ.
މައިކްރޯސޮފްޓް ގެ ޕްރޮޑަކްޓް ތަކުގެ ތެރެއިން އެންމެ ފުރަތަމަ އޯޕަން އޭއާއި ގެ މަންފާހޯދާ ފައިވަނީ ބިންގް އިންނެވެ. މައިކްރޯސޮފްޓް ގެ އުންމީދަކީ ދެކުންފުނީގެ ގުޅުން އިތުރަށް ފުޅާކޮށް މަންސަ އިތުރަށް ކުރިއެރުވުމެވެ.
މައިކްރޯސޮފްޓް އިން ޖެނެރޭޓިވް އޭއައިގެ ތެރެއަށް ވަނުމަށް އޯޕަން އޭއައި އާއިއެކު އެންމެ ފުރަތަމަ މަސައްކަތް ކުރަން ފަށާފައި ވަނި ފެބުރުވަރީ މަހުގެ ތެރޭގައެވެ. މި ޕާޓްނާޝިޕް ގެ ފައިދާ ވަރަށް ރަނގަޅަށް ފެންނަކަމަށް ބުނުމަކީ ދޮގަކަށް ނުވާނެއެވެ.
ރާއްޖޭގެ ޓެކްނޮލޮޖީ މަޝްރަޙް ޓެކްނޮލޮޖީގެ ދުނިޔޭގައި ފައި ހަމަ ކުރުމަށް ފައިކުރި އޮޅާލައިފިން. ވޭތުވެދިޔަ ތަނުގައި ތަފާތު ނޫސް މަޖައްލާ ގައި ލިޔުން ލިޔެފައިވަނީ ދާއިރާގެ ކުރިމަގަށް ކުރެވޭ ގިނަ އުންމީދު ތަކާއި އެކު.