މެޓާ އޭއައި ގެ ނަމުގަ ފޭސްބުކް ގެ ބެލެނިވެރި ކުންފުނި މެޓާއިން އުފައްދާފައިވާ އާރޓިފިޝަލް އިންޓެލިޖެންސް އެސިސްޓަންޓް މެޓާ ގެ ސީއީއޯ މާކް ޒުކަރބާގް ދައްކާލައިފިއެވެ. މި ވާޗުއަލް އެސިސްޓަންޓް އަކީ އޯޕަން އޭއައިގެ ޗެޓްޖީޕީޓީ އާ ވާދަކުރުމަށް ނެރެފައިވާ ޗެޓް ބޮޓް އެކެވެ. އިންސްޓަގްރާމް، ފޭސްބުކް، ވަޓްސްއެޕް އަދި މެޓަ ގެ މިކްސްޑް ރިއަލިޓީ ޑިވަސްތަކާއި ގުޅުވާލެވިގެން ދާނެއެވެ.
މި ހިނގާ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހު މެޓާ ކަނެކްޓް ގައި ވާހަކަ ދައްކަމުން ޒުކަބާގް ވިދާޅު ވެފައިވަނީ މެޓަ އޭއައިގެ ފަހަތުގައި ވަނީ އެކުންފުނީގެ އެންމެ ވަރުގަދަ ލެންގުއޭޖް މޮޑެލް ލާމާ2 އެވެ. އަދި ބޭނުންކުރާ މީހުންނަށް ރިއަލް ޓައިމް މައުލޫމަތު ލިބުމަށްޓަކައި މައިކްރޯސޮފްޓް ބިންގް އާއިއެކު މެޓާއިން ދަނީ މަސައްކަތް ކުރަމުންނެވެ.
ސުވާލުތަކަށް ޖަވާބު ދިނުމުގެ އިތުރުން އަލަށް މި ތައާރަފު ކުރި ބޮޓް އަށް ފޮޓޯ ޖެނެރޭޓް ކުރުމުގެ ޤާބިލްކަންވެސް ލިބިފައި ވެއެވެ. މިކަން ހާސިލް ކުރަނީ ފޭސްބުކް އަދި އިންސްޓަގްރާމް އަށް އެކި މީހުން އަޕްލޯޑްކޮށްފައީވާ 1.1 ބިލިއަން ފޮޓޯ އާއި އޭގެ ކެޕްޝަން ބޭނުން ކޮށްގެން މެޓަ އިން ޓްރެއިންކޮށްފައިވާ އީމޫ ކިޔާ ޓޫލް އެއްގެ އެހީގައެވެ.
ވާދަވެރި ޖެނެރޭޓިވް އޭއައި ޓޫލްތަކާއި ޗެޓްބޮޓް ތަކާއި އަޅާކިޔާއިރު މެޓާއޭއައި އެންމެ ބޮަޑަށް ތަފާތުވާނީ ހުރިހާ މަންސައެއްގައި އެގޮތަކަށް އަމަލް ކުރުމުގެ ބަދަލުގައި އެކި މަންސަތަކާއި ޔޫސްކޭސްތަކާ އެންމެ ގުޅޭ ގޮތަކަށް މަސައްކަތް ކުރެމެވެ. މިސާލެއްގެ ގޮތުގައި ޒުކަބާގް ދެއްކީ ފޭސްބުކް ގްރޫޕް ޗެޓް އަކަށް ޗުއްޓީ އިންތިޒާމް ތައްކަށް އެހީއަށް މެޓާއޭއައި ބޮޓް އެޑްކުރުމެވެ. މީގެ އިތުރުން ޒުކަބާގް ބުނީ މެޓް ޗެޓްބޮޓްތަކަކީ ހަމައެކަނި ބޭނުންހުރި މައުލޫމަތު ފަޮރުކޮށްދިނުން ނޫންކަމަށާއި، މުނިފޫހިފިލުވާ ވާހަކަދެއްކުމަށް ވެސް އެކަށީގެންވާ ގޮތަށް ފަރުމާ ކުރެވިފައެވެ.
ރާއްޖޭގެ ޓެކްނޮލޮޖީ މަޝްރަޙް ޓެކްނޮލޮޖީގެ ދުނިޔޭގައި ފައި ހަމަ ކުރުމަށް ފައިކުރި އޮޅާލައިފިން. ވޭތުވެދިޔަ ތަނުގައި ތަފާތު ނޫސް މަޖައްލާ ގައި ލިޔުން ލިޔެފައިވަނީ ދާއިރާގެ ކުރިމަގަށް ކުރެވޭ ގިނަ އުންމީދު ތަކާއި އެކު.