2018 ވަނަ އަހަރު މެޓައިން ހުއްޓާލި "އެމް" ޗެޓްބޮޓުގެ ކުރު ހަޔާތަކީ ގިނަމީހުންނަށް އަޑުނީވި، ނިމިގެން ދިޔައެއްޗެކެވެ. މައްސަލަ ގިނަ، ބޭނުންކުރުން މަދުވެގެން ދިޔަ އެއްޗެކެވެ. ނަމަވެސް މެޓަ މިފަހަރު ނެރެފައިވާ އާ ޗެޓުބޮޓަކީ ފަސޭހައިން ހަނދާނުން ނެތިގެންދާނެ އެއްޗެއް ނުނެވެ. މަޝްހޫރު ފަންނާނުންނާއި އިންފްލުއެންސަރުންގެ ވާހަކަ ދައްކާ ގޮތައް ބިނާވެފައިވާ މި އައު ޗެޓުބޮޓަކީ މީހުންގެ ސަމާލުކަން ހިފަހައްޓާނެ އީޖާދީއެއްކަން ޔަގީނެވެ.
ސެޕްޓެމްބަރު މަހު ބޭއްވި މެޓަ ކަނެކްޓް އިވެންޓުގައި އިއުލާނުކުރި މި ޗެޓްބޮޓުތައް ބިނާކޮށްފައި ވަނީ އެކި މިޒާޖަށް ބިނާކޮށްފައިވާ ހިޔާލީ ޕާސޯނާތަކަކަށެވެ. މިގޮތުން މެޓާވަނީ 28 ޕާސޯނާތަކެއް ތައާރަފުކޮށްފައެވެ.
މި ޕާސޯނާތައް ހެދުމުގައި މަޝްހޫރު ފަންނާނުންނާއި އިންފްލުއަންސަރުންގެ އެހީ މެޓާ ހޯދާފައިވެއެވެ. މިގޮތުން އެ ފަރާތްތަކުގެ ސިފައާއި ވާހަކަ ދައްކާގޮތައް ބިނާކޮށްފައިވާ ވެއެވެ.
މީގެ މާނައަކީ މި ޗެޓްބޮޓުތަކުން ވާހަކަ ދެއްކެނީ މި ފަރާތްތަކުގެ އޭއައި ވައްތަރަކާ ނޫނެވެ. މީގެ ބަދަލުގައި، މި ޗެޓްބޮޓުތަކަކީ މަޖާ ހިޔާލީ ބެކްގުރައުންޑުތަކަކަށް ބިނާކޮށްފައިވާ، މި ފަރާތްތަކުންގެ ވައްތަރާއި ވާހަކަ ދައްކާގޮތައް ބިނާކޮށްފައިވާ ޗެޓްބޮޓުތަކެކެވެ.
މި ގޮތުން ލަވަކިޔުންތެރިންނާއި، ސޯޝަލައިޓުންނާއި، ކުޅުންތެރިންނާއި، ޝެފުންނާއި ޔޫޓިއުބަރުން ފަދަ މަޝްހޫރު ފަރާތްތަކުގެ އެހީތެރިކަން ހޯދާފައިވެއެވެ. މި ފަރާތްތަކުގެ އެހީތެރިކަމާއި ސިފަ ބޭނުންކުރުމަށްޓަކައި މެޓަ ވަނީ އެތައްމިލިޔަނެއް ހޭދަކޮށްފައެވެ. ބައެއް ޙަބަރުތައް ބުނާގޮތުން އެއް ފަރާތަކަށް $5 މިލިޔަނު ދައްކާފައިވެއެވެ. މިއީ އޭއައި ބޭނުންކޮށްގެން މުނިފޫހިފިލުވުމުގެ ދާއިރާގައި އުޅޭ ފަރާތްތަކުގެ ހައްގު ދިފާއުކުރުމަށް މުޒާހަރާކުރަމުންދާ ދަނޑިވަޅެއްގައި ފާހަގަކުރެވޭ ކަމެކެވެ.
މިވަގުތު މި ޗެޓްބޮޓުތައް ލިބެނީ ހަމައެކަނި އެމެރިކާގައި ބީޓާގޮތުގައެވެ. ނަމަވެސް ގިނަ ފަރާތްތަކުން ލަފާކުރާ ގޮތުގައި ދާދި އަވަހަށް ވަޓްސްއެޕާއި އިންސްޓަގްރާމުން މި ޗެޓްބޮޓުތައް ބޭނުންކުރެވޭނެވެ.
ނަމަވެސް މި ޗެޓްބޮޓުތައް މިހާރު އަދި އެހާ ފުރިހަމަ ނުވެދާނެވެ. މި ގޮތުން މި ޗެޓުބޮޓުތައް ލިބޭ މައުލޫމާތަކީ ބައެއްފަހަރު ނުރަނގަޅު، ނުގުޅޭ ނުވަތަ ދުވަސްވީ ޖަވާބުދެއެވެ. މެޓަ ބުނާގޮތުން މިވަގުތު މި ޗެޓްބޮޓަށް މައުލޫމާތު ލިބެނީ މަދު ޑޭޓާބޭސަކުންކަމަށާއި މީގެން ގިނަ ޗެޓްބޮޓުތަކަށް މައުލޫމާތު ލިބިފައި ހުންނާނީ 2023 ގެ ކުރީގައި ލިބިފައިވާ މައުލޫމާތެވެ.
މި ޗެޓުބޮޓުތައް ބޭނުންކޮށްފައިވާ ފަރާތްތަކުން ބުނާގޮތުގައި މި ޗެޓުބޮޓުތައް އެހާ މޮޅެއް ނުވެދާނެވެ. ބައެއް ފަރާތްތަކުން ފާހަގަކޮށްފައިވާ ގޮތުގައި މި ޗެޓުބޮޓުތައް ދޭ ޖަވާބުތަކަކީ އެހާ ބޭނުން ތެރި މައުލޫމާތެއް ނޫންކަމަށް އެއްފަރާތަކުން ހާމަކޮށްފައިވެއެވެ.
މި ޗެޓުބޮޓުތަކުގެ ޕްރައިވެސީ އާއި މެދުވެސް ގިނަ ފަރާތްތަކުން ކަންބޮޑުވުން ފާހަގަކޮށްފައިވެއެވެ. މި ގޮތުން މި ޗެޓްބޮޓުތަކާއެކު މުއާމަލާތުކުރާއިރު މި މައުލޫމާތު ފަހަރެއްގައި އެންކްރިޕްޓުކޮށްފައި ނުވެދާނެތީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. މީގެއިތުރުން، މި ޗެޓުބޮޓާއެކު ދައްކާ ވާހަކަ ފަހަރެއްގައި އޭއައި ޓްރެއިންކުރުމަށްވެސް ބޭނުންކޮށްފާނެވެ.
މެޓާގެ އޭއައި ޗެޓުބޮޓުތަކަކީ ފަސޭހައިން ހަނދާންނެތިދާނެ އެއްޗެއް ނޫނެވެ. ނަމަވެސް މި ޗެޓުބޮޓުތައް ފަހުން މީހުން ބަލައިގަންނާނީ މެޓާގެ ކަމިޔާބިއެއްގެ ގޮތުގައިތޯ ނުވަތަ ނާކާމިޔާބިއެއްގޮތެއްތޯ އަދި ނޭންގެއެވެ. ޗެޓްޖީޕީޓީ ފަދަ ޖެނަރޭޓިވް އޭއައިތައް އާންމުވެގެންދާ ދުވަސްވަރެއްގައި މިއީ ފާހަގަކުރެވޭ އީޖާދީއެކެވެ.
ދުނިޔެއާއި، ކާއިނާތާއި އިންސާނުންގެ އުފެއްދުންތެރިކަމާއި މެދު އަބަދުވެސް ސުވާލުކޮށް.