މެޓާ އިން އެޑް ފްރީ އިންޓަގްރާމް އަދި ފޭސްބުކް އަށް 14$ ގެ ފީއެއް

އާރު 21 އޮކްޓޯބަރު 2023

އެއްވެސް އިސްތިހާރަކާއި ނުލާ މެޓާގެ ބެލެނިވެރިކަމުގެ ދަށުގައިވާ ފޭސްބުކް އަދި އިންސްޓަގްރާމް ބޭނުން ކުރުމަށް ޔޫރަޕުގެ ކަސްޓަމަރުންގެ އަތުން މަހަކު 14 ޑޮލަރު ނެގުމަށް އެކުންފުނިން ދަނީ ތައްޔާރުވަމުންނެވެ. އަދި ހިލޭ އެހިދުމަތް ބޭނުންކުރާނަމަ އިސްތިހާރު ކުރުމުގެ ބޭނުމަށް ޒާތީމައުލޫމާތު ބެލުމުގެ އިހްތިޔާރު ދޭންޖެހޭގޮތަށް ބަދަލުތައް ގެނެސްފައިވާ ކަމަށް ވޯލްސްޓްރީޓް ޖާނަލް ގެ ރިޕޯރޓްތަކުން ބުނެއެވެ.

މެޓާ އިން މި މަގު އިޙްތިޔާރު ކޮށްފައިމިވަނީ އޫރަޕުގެ އިއްތިހާދުން ޒާތީ މައުލުމާތު ރައްކާތެރިކުރުމަށްޓަކައި އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކުގެ ބޭރުން މަސައްކަތްކުރުމަށެވެ. އީޔޫ ގެ މި އުސޫލު ބުނާގޮތުގައި ޓާގެޓެޑް އިސްތިހާރު ދެއްކުމުގެ ކުރިން ހިދުމަތްހޯދާ ފަރާތުގެ ރުހުން ހޯދަން ޖެހޭގޮތަށް ބަޔާން ކޮށްފައިވެއެވެ. މިގޮތަށް އަމަލު ކުރުމުން މެޓާ އަށް އިސްތިހާރުކޮށްގެން ލިބޭ އަމްދަނީ އަށް ނުރަގަޅު އަސަރު ވަރަށް ބޮޑަށް ކުރާނެ ކަމަށް ބެލެވެއެވެ.

މެޓާ އިން ވަނީ ފީ އަކާ އެކު ހިދުމަތް ހޯދާ ފަރާތްތަކަށް "ސަބްސްކްރިޕްޝަން ނޯ އެޑްސް" ނަމުގައި ހާއްސަ ޕްލޭން އެއްތައާރަފް ކުރުމާއި ގުޅޭ ހުށަހެޅުން ބްރަސެލްސް ގެ ޑިޖިޓަލް ކޮމެޕެޓިޝަން ރެގިއުލޭޓަރއާއި، އަޔަރލެންޑް ގެ ޕްރައިވެސީ ރެގިއުލޭޓަަރ އަދި އެހެނިހެން އީޔޫގެ ޕްރައިވެސީ ރެގުލޭޓާއާއި މަސްވަރާކޮށްފައެވެ. އަދި އެކުންފުނިން އުންމީދު ކުރަނީ ކުރިއަށް އޮތް މަހެއްހާ ދުވަސްތެރޭގައި މި ޕްލޭން ވުޖޫދުކުރުމަށެވެ.

އީޔޫ ގެ ޕްރައިވެސީ ރެގުލޭޝަން ގެ އަސަރު އެހެނިހެން ޤައުމުތަކަށް ނުކުރާތީ އެގައުމު ތަކުގައި "ސަބްސްކްރިޕްޝަން ނޯ އެޑްސް" ޕްލޭން ތައާރަފު ކުރާނެ ކަމަށް ނުބެލެވުނު ނަމަވެސް މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި މެޓާގެ ސީއީއޯ މާރކް ޒުކަރބާގް ވަނީ މެޓަ ވެރިފައިޑް ނަމުގައި ފައިސާ ދީގެން ވެރިފިކޭޝަން ހެއްދޭނެ ހިިދުމަތެއް ތައާރަފް ކޮށްފައެވެ.

އާރު

އާރު

ޓެކްނޮލޮޖީގެ ރޮނގުން 19 ވަރަކަށް އަހަރު ހިދުމަތްކޮށްފައިވާ މަލްޓިސްޕެޝަލިސްޓެއް. ލިޔުންތެރިކަމުގެ ރޮނގުން މުޅިން އާ ނުވި ނަމަވެސް ޒަމާންތަކެއް ވަންދެން ހަބަރު ލިޔުމާއި ދުރުގައި އުޅެފައި ޓެކްނިއުސް އަށް ލިޔަން ފަށާފައިވަނީ މިދާއިރާއަށް ޙާއްސަ ނޫހަކަށް ވެފައި މުހިންމު މައުލޫމާތު ތަކެއް ހިއްސާ ކުރުމުގެ ނިޔަތުގައި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.