އާޓިފިޝަން އިންޓެލިޖެންސް އަދި ކްލައުޑް ކޮމްޕިއުޓީންގް ދާއިރާ އިތުރަށް ފުޅާކުރުމަށްޓަކައި މައިކްރޯސޮފްޓް އިން އޮސްޓްރޭލިއާއަށް 3.2 ބިލިއަން އެމެރިކާ ޑޮލަރުގެ އިންވެސްޓްމަންޓް އެއް ކުރުމަށް ނިންމާފައިވާ ކަމަށް އެކުންފުނިން ހާމަކޮށްފިއެވެ. މި ހޭދާއިގެ ތެރޭގައި ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަސްތެރޭގައި މިދާއިރާއިން މީހުންނާއި ހުނަރު ބިނާ ކުރުން އަދި ސައިބަރ ސެކިއުރިޓީ ރޮންގުން ގިނަ މަސައްކަތްތަކެއް ކުރުމަށްވެސް ވަނީ ރާވާފައެވެ.
މައިކްރޯސޮފްޓް އިން ބުނެފައިވަނީ އޮސްޓްރޭލިއާގައި އެކުންފުނީގެ ކޮމްޕިއުޓިންގް ކެޕޭސިޓި 250 އިންސައްތައް މައްޗައްޖައްސާލާނެ ކަމަށާއި ދުނިޔޭގެ 13 ވަނައަށް އެންމެ ބޮޑު އިގްތިސާދު އޮތް އޮސްޓްރޭލިއާއިން ޓެކްނޮލޮޖީގެ ރޮގުން އޮތް ޑިމާންޑް އާއި އަރާހަމަ ކުރާނެކަމެށެވެ. އާޓިފިޝަލް އިންޓެލިޖެންސް އާއިއެކު ވަކި ނެޓްވޯރކް ތަކުައި މައުލޫމާތު ރައްކާކުރުމަށް އޮތް ޑިމާންޑް 2022 އިން 2026 އާއި ހަމައަށް ދެގުނަވާނެ ކަމަށް އަންދާޒާކުރެވޭތީ ކްލައުޑް ކޮމްޕިއުޓިންގް ގެ އެހީގައި އެ ޑިމާންޑް ފުރިހަމަކުރުމަށް ފުރުސަތު ލިބިގެންދާނެއެވެ.
މައިކްރޯސޮފްޓް އިން އިތުރަށް ބުނެފައިވަނީ މި އިންވެސްޓްމަންޓް އާއި އެކު 3 ލައްކަ އޮސްޓްރޭލިއާ ރައްޔިތުން "ޑިޖިޓަލް އިކޮނޮމީގައި" ކާމިޔާބު ވުމަށް އެހީތެރިވެދިނުމަށްޓަކައި ތަމްރީން ޕްރޮގްރާމް ތައް ހިންގާނެއެވެ. އަދި ސައިބަރ ތްރެޓް ތަކުގެ މައުލޫމާތު ހިއްސާ ކުރުމާއި ގުޅޭގޮތުން އޮސްޓްރޭލިއާގެ ސައިބަރ ސެކިއުރިޓީ އެޖެންސީ ކަމުގައިވާ އޮސްޓްރޭލިއަން ސިގްނަލްސް ޑައިރެކްޓްރޭޓް އާއި އެކު އެއްބަސްވުމެއް އެކުލަވާލާނެކެމަށް ވެއެވެ.
މައިކްރޯސޮފްޓް ގެ އިންވެސްމަންޓް އިން ހޭދަކުރުމަށް ރާވާފައިވާ ގޮތުގެ ތަފްސީލްތައް އަދި އެކުންފުނިން ހިއްސާކޮށްފައިނުވި ނަމަވެސް ކޮމްޕިއުޓިންގް ކެޕޭސިޓީ މައްޗައްޖައްސާލުމަށްޓަކައި މިހާރު އެކުންފުނިން ހިންގާ 20 ޑާޓާ ސެންޓަރުގެ އަދަދު 29 އަށް އިތުރުކުރާނެ ކަމަށް ބުނެފައިވެއެވެ. މައިކްރޯސޮފްޓް އިން ކޯއޯތަރ ކޮށްފައިވާ ރިޕޯރޓް އަކުން ބުނާގޮތުގައި ޖެނެރޭޓިވް އޭއައި އިން ޑާޓާ އިންޕުޓް ތައް ބޭނުންކުރުމުގެ އާއު ގޮތްތައް ތައާރަފް ވެގެން ދިއުމާއި އެކު އޮސްޓްރޭލިއާއިން އެ ބަދަލުތަކަށް އަަވަހަށް އިޖާބަދީ ހަރުދަނާ މަސައްކަތެއް ކޮށްފިނަމަ 2030ގެ ނިޔަލަށް އޮސްޓްރޭލިއާގެ އާމްދަނީއަށް 115 ބިލިއަން އޮސްޓްރޭލިއާ ޑޮލަރުގެ ކުރިއެރުމެއް ގެނެވޭނެއެވެ.
ރާއްޖޭގެ ޓެކްނޮލޮޖީ މަޝްރަޙް ޓެކްނޮލޮޖީގެ ދުނިޔޭގައި ފައި ހަމަ ކުރުމަށް ފައިކުރި އޮޅާލައިފިން. ވޭތުވެދިޔަ ތަނުގައި ތަފާތު ނޫސް މަޖައްލާ ގައި ލިޔުން ލިޔެފައިވަނީ ދާއިރާގެ ކުރިމަގަށް ކުރެވޭ ގިނަ އުންމީދު ތަކާއި އެކު.