ވިންޑޯސް ފޯނު އަދި މޯބައިލް ދޫކޮށްލުމަކީ ހެދުނު ބޮޑު ގޯހެއް ކަމުގައި މައިކްރޯސޮފްޓް ކުންފުނީގެ ސީއީއޯ ސަތްޔަ ނަދެލާ އިިއުތިރާފުވެއްޖެއެވެ. 2014 ވަނަ އަހަރު އޭރުގެ ސީއީއޯ ސްޓީވް ބޯލްމާ ގެ ބަދަލުގައި ނަދެލާ އެމަގާމާއި ހަވާލުވިތާ އެއްއަހަރު ދުވަހުގެ ތެރޭގައި ޖެހުނީ މައިކްރޯސޮފްޓް އިން ނޮކިޔާ ފޯނު ވިޔަފާރި ގަތް އިންވެސްޓްމަންޓް ގެ ސަބަބުން ކުރިމަތިވި 7.6 ބިލިއަން ޑޮލަރުގެ ގެއްލުމުން އަރައިގަތުމަށް ހޭދަކުރާށެވެ.
ބިޒްނަސް އިންސައިޑަރ އަށް ދިން ބަސްދީގަތުމެއްގައި ނަދެލާއަށް ވިޔަފާރީގައި ހެދުނު އިސްތިރާޖީ އެންމެ ބޮޑު ގޯސް ކަމުގައި ބަލަނީ ކޮން ކަމެއްތޯ ސުވާލުކުރުމުން ޖަވާބުގައި އޭނާ ބުނެފައިވަނީ މޯބައިލްފޯނު ވިޔަފާރިން މައިކްރޯސޮފްޓް ނުކިތްގޮތް އެއަށްވުރެއް ރަނގަޅަށް ކުރެވުނީސް ކަމުގައެވެ. "ގިނަ މީހުން ވާހަކަ ދައްކާ އެފަދަ ނިންމުމަކީ، އަދި އަހަރެންވެސް ސީއީއޯ އަކަށް ވުމަށްފަހު އެންމެ އުނދަގުލުން ނިންމި އެއް ނިންމުމަކީ އޭރުގެ ބަހުރުވައިން ބުނާނަމަ މޯބައިލް ފޯން ވިޔަފާރިން ނިކުތުން. ފަސްއެންބުރި މިހާރު ބަލާލާއިރު އަހަރެން ގަބޫލު ކުރާގޮތުގައި އެ ވިޔަފާރި ކޮޅަށް ޖެހުމަށްޓަކައި ކުރެވިދާނެ ކަންކަން ކަން އެބަހުރި، ޕީސީ، ޓެބްލެޓް އަދި ފޯން އާއި ދެމެދު ކޮމްޕިއުޓިންގް ކެޓަގަރީ އެއް އަލުން އީޖާދު ކުރުން ފަދަ ކަންކަން ކުރެވުނީސް" ކަމަށް ނަދެއްލާ ބުނެފައިވެއެވެ.
ނޮކިއާ ވިޔަފާރީ ގޯސްތައް ފުހެލުމަށްފަހު އޭގެ ދެތިން އަހަރު ފަހުން މައިކްރޯސޮފްޓް އިން ވިންޑޯސް ފޯނު އެއްކޮށް ނެތިގޮއްސި ކަމަށް ބުނެފައިވީ ނަމަވެސް ޔަގީނާ ގާތުން ބުންނަ އިންގޭ އެއް ކަމަކީ އެ ނިންމުގެ ހައެއްކަ މަސްފަހުން މައިކްރޯސޮފްޓް ގެ ފޯނު ވިޔަފާރީ އެއްކޮށް ނެތިގޮސްފައިވެއެވެ. ވިންޑޯސް ފޯނަށް ފަހު މައިކްރޯސޮފްޓް އިން ވަނީ އެންޑްރޮއިޑް އަށް ބަރޯސާވެފައިވާ ސަރފެސް ޑުއޯ އަދި ސަރފެސް ޑުއޯ 2 ހޭންޑްސެޓް ވުޖޫދުކޮށްފައެވެ. ނަމަވެސް ކުރިމަގުގެ ސާފު ޕްލޭން ތަކެއް ނެތުމާއި އެކަށީގެންވާ ސޮފްޓްވެއަރ ސަޕޯރޓް ނުލިބުމުގެ ސަބަބުން ސަރފެސް ޑުއޯ ގެ ކުރިމަގުވެސް ފެންނަނީ ބަނަކޮށެވެ.
ނަދެލާ ގެ އިތުރުން މައިކްރޯސޮފްޓް ގެ ކުރީގެ 2 ސީއީއޯ އެއްވެސް ވަނީ މޯބައިލް ވިޔަފާރި ހިސޯރުކުރުމަށް މައިކްރޯސޮފްޓް އިން މަސައްކަތް ނުކުރެވުމުގެ ސަބަބުން ދެރަވާކަމަށް ބުނެފައެވެ. މިގޮތުން މައިކްރޯސޮފްޓް ގެ ކޯފައުންޑަރ އަދި ސީއީއޯ ބިލް ގޭޓްސް ގެ އެންމެ ބޮޑު ގޯސް ކަމުގައި ވެސް ފާހަގަ ކޮށްފައިވަނީ އެންޑްރޮއިޑް ގެ މައްޗައް ކުރިނުހޯދުމެވެ. ގޫގަލް ގެ ކުރީގެ ސީއީއޯ އެރިކް ޝްމިޑް 2012 ގައި ބުނެފައިވަނީ ފުރަތަމަ މަރުހަލާގައި ގޫގަލް ގެ އެންމެ އިސް އަމާޒަކަށް ވެފައިވަނީ މައިކްރޯސޮފްޓް އިން ކުރިއަށްގެންދިޔަ ވިންޑޯސް މޯބައިލް ގެ ކުރިމަގު ކިލަންބުކޮށްލުމެވެ. 2015 ވަނަ އަހަރު ގޫގަލް އިން ވަނީ 50މިލިއަން ޑޮލަރަށް އެންޑްރޮއިޑް ގަނެފައެވެ.
މައިކްރޯސޮފްޓް ގެ ކުރީގެ ސީއީއޯ ސްޓީވް ބޯލްމާ އަށްވެސް އެންމެ ބޮޑުގޮންޖެހުމަަކަށް ވެފައިވަނީ އެންޑްރޮއިޑް އަދި އައިފޯން ގެ ވިޔަފާރިއާއި އެކު މައިކްރޯސޮފްޓް ފޯނުގެ ވިޔަފާރިއަށް ކުރިމަތިވަމުން ދިޔަ ގޮންޖެހުންތަކާއި އެންމެ އެކަށިގެންވާ ގޮތެއްގައި ކުރިމަތިނުލެވުމެވެ. އަދި 2000 ގެ ކުރީކޮޅުގައި ފޯނަށް ދޭންވީ އަހައްމިއްޔަތު ނުދީ ވިންޑޯސްޓް ވިސްޓާ ފައްކާކުރުމަށް ކުރި މަސައްކަތުން ފޯކަސްގެއްލި މޯބައިލް ވިޔަފާރީގެ ތާޖުވެސް ގެއްލިގެން ދިޔައީ ކަމަށް ބޯލްމާ 2013 ގައި އިއުތިރާފުވެފައިވެއެވެ.
ޓެކްނޮލޮޖީގެ ރޮނގުން 19 ވަރަކަށް އަހަރު ހިދުމަތްކޮށްފައިވާ މަލްޓިސްޕެޝަލިސްޓެއް. ލިޔުންތެރިކަމުގެ ރޮނގުން މުޅިން އާ ނުވި ނަމަވެސް ޒަމާންތަކެއް ވަންދެން ހަބަރު ލިޔުމާއި ދުރުގައި އުޅެފައި ޓެކްނިއުސް އަށް ލިޔަން ފަށާފައިވަނީ މިދާއިރާއަށް ޙާއްސަ ނޫހަކަށް ވެފައި މުހިންމު މައުލޫމާތު ތަކެއް ހިއްސާ ކުރުމުގެ ނިޔަތުގައި