ދޮގު މައުލޫމާތު ދެނެގަތުމަށް ސީބީއެސް އިން ފެކްޓް ޗެކިން ޔުނިޓެއް

ހުސެއިން އާރިފް 10 ނޮވެމްބަރު 2023

ސީބީއެސްގެ ނިއުސް އެންޑް ސްޓޭޝަންސް ޑިވިޝަނުން އާޓިފިޝަލް އިންޓެލިޖެންސް މެދުވެރިކޮށް އުފައްދާ ދޮގު މައުލޫމާތާއި "ޑީޕްފޭކްސް" ނުވަތަ ދޮގު ވީޑިއޯތައް ދެނެގަތުމުގެ މަސައްކަތްކުރާ ޔުނިޓެއް ތައާރަފްކުރަން ނިންމައިފި އެވެ. "ސީބީއެސް ނިއުސް ކޮންފަރމްޑް" ގެ ނަމުން ނަންދީފައިވާ މި ޔުނިޓުގައި އިސްކޮށް ހުންނާނީ ސީބީއެސް ނިއުސް އެންޑް ސްޓޭޝަންސްގެ ސީނިއަރ ވައިސް ޕްރެޒިޑެންޓް އަދި ހެޑް އޮފް ސްޓޭންޑާޑްސް އެންޑް ޕްރެކްޓިސް ކްލައުޑިއާ މިލްނާ އާއި ސީބީއެސް ނިއުސް އެންޑް ސްޓޭޝަންސްގެ އެގްޒެކެޓިވް ވައިސް ޕްރެޒިޑެންޓް އަދި ހެޑް އޮފް ނިއުސް އޮޕަރޭޝަންސް އެންޑް ޓްރާންސްފޯމޭޝަން ރޮސް ޑަގަންއެވެ.

ސީބީއެސްގެ ނިއުސް، ސްޓޭޝަން އަދި މީޑިއާ ވެންޗާސް އޮޕަރޭޝަންސްގެ ސީއީއޯ ވެންޑީ މެކްމަހޯން މުވައްޒަފުންނަށް ފޮނުއްވި މެމޯއެއްގައި ވިދާޅުވެފައިވަނީ ޓެކްނޮލޮޖީ ބަދަލުވަމުން ދަނީ ހީވެސް ނުކުރާ ވަރުގެ ދުވެއްޔެއްގައި ކަމަށެވެ. އަދި ޖެނެރޭޓިވް އޭއައި އާއި ފޭކް ވީޑިއޯތަކާއި ދޮގު މައުލޫމާތުތައް އުފެއްދުމުން ކުރިމަތިވާ ގޮންޖެހުންތަކަކީ އަޅުގަނޑުމެން ސީދާ ކުރިމަތިނުލައިފިނަމަ ބޮޑު ގޮންޖެހުންތަކެއް ހުރިކަމެކެވެ.

އުއްމީދަކީ އާ ޔުނިޓުގެ ހޯދުންތަކުގެ ސެގްމެންޓްތައް އުފައްދައި، ސުވާލު އުފެދިފައިވާ މައުލޫމާތަކީ ފޭކް ނުވަތަ ސައްހަ ނޫން މައުލޫމާތެއް ކަމަށް ކަނޑައެޅި ގޮތް ބެލުންތެރިންނަށް ކިޔައިދިނުމެވެ. ނޯތުވެސްޓަން ބަފެޓް އިންސްޓިޓިއުޓް ފޮރ ގްލޯބަލް އެފެއާޒްގެ ޖުލައި 2023 ގެ ރިސާޗް ނޯޓެއްގައި ބުނެފައިވަނީ އޭއައި މެދުވެރިކޮށް އުފައްދާ ކޮންޓެންޓް ހަލުވިކަމާއެކު ބަލައިގަތުމަކީ ބައިނަލްއަޤްވާމީ މުޖުތަމައުއަށާއި، ސަރުކާރުތަކަށާއި، ޢާންމުންގެ ވެސް ކަންބޮޑުވުމެއް ކަމަށެވެ. ޤައުމީ ސަލާމަތާއި ސައިބަރ ސެކިއުރިޓީއަށް ބޮޑެތި އަސަރުތަކެއް ކުރުމާއި ސަވައިލަންސް އާއި ޓްރާންސްޕޭރެންސީއާ ގުޅޭ އަޚްލާގީ ސުވާލުތަކެއް ވެސް އުފެދެ އެވެ.

ސީބީއެސްގެ ވިސްނުން ހުރީ ފޮރެންސިކް ނޫސްވެރިން ހޯދުމާއި ތަމްރީނުތައް ފުޅާކޮށް އާ ޓެކްނޮލޮޖީއަށް އިންވެސްޓް ކުރުން ކަމަށް މެކްމަހޯން ވިދާޅުވި އެވެ. އެގޮތުން އޭއައި، ޑޭޓާ ޖާނަލިޒަމް، ޑޭޓާ ވިޝުއަލައިޒޭޝަން، މަލްޓި ޕްލެޓްފޯމް ފެކްޓް ޗެކިން އަދި ފޮރެންސިކް ހުނަރު ފަދަ ދާއިރާތަކުން ތަޖުރިބާ ކައިރި މުސްތަގުބަލެއްގައި ދައްކާލާނެ އެވެ.

މެމޯ ނިންމާލަމުން މެކްމަހޯން ވިދާޅުވީ މި މަސައްކަތުގައި އަޒުމް ކަނޑައެޅި، ނޫސްވެރިކަމުގެ އިތުބާރު ހިމާޔަތްކޮށް ކަށަވަރު ކުރުމަށް އަބަދުވެސް މަސައްކަތް ކުރާ ސިބީއެސްގެ ލީޑާޝިޕް ޓީމަށް ޝުކުރު އަދާކުރާ ކޮށްފައިވެއެވެ.


އިތުރަށް ކިޔާލުމަށް : ދޮގު މައުލޫމާތާއި ދެކޮޅަށް ފިންލެންޑުން ކުރާ މަސައްކަތް

ހުސެއިން އާރިފް

ހުސެއިން އާރިފް

ރާއްޖޭގެ ޓެކްނޮލޮޖީ މަޝްރަޙް ޓެކްނޮލޮޖީގެ ދުނިޔޭގައި ފައި ހަމަ ކުރުމަށް ފައިކުރި އޮޅާލައިފިން. ވޭތުވެދިޔަ ތަނުގައި ތަފާތު ނޫސް މަޖައްލާ ގައި ލިޔުން ލިޔެފައިވަނީ ދާއިރާގެ ކުރިމަގަށް ކުރެވޭ ގިނަ އުންމީދު ތަކާއި އެކު.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.