އޯޕަންއޭއައިގެ އެތައް ސަތޭކަ މުވައްޒަފަކު މައިކްރޯސޮފްޓާ ގުޅިދާނެކަމުގެ އިންޒާރެއް

ހުސެއިން އާރިފް 20 ނޮވެމްބަރު 2023

އޯޕަންއޭއައިގެ ގިނަ މުވައްޒަފުން ވަނީ އެ ކުންފުނިން އިސްތިއުފާދީ މައިކްރޮސޮފްޓާ ގުޅިދާނެ ކަމުގެ އިންޒާރު ދީފަ އެވެ. އޮޕަންއޭއައިގެ ބޯޑަށް މިއަދު ހެނދުނު ވަޔަރޑް އާއި ނޫސްވެރިޔާ ކަރާ ސްވިޝަރ ރިޕޯޓުކުރި ސިޓީއެއްގައި އޯޕަންއޭއައިގެ 500 އަށްވުރެ ގިނަ މުވައްޒަފުން ބުނެފައިވަނީ "މައިކްރޮސޮފްޓުން އަޅުގަނޑުމެންނަށް ޔަގީންކަން ދީފައި ވަނީ މި އާ ސަބްސިޑަރީގައި ހުރިހާ އޯޕަންއޭއައި މުވައްޒަފުންނަށް ވެސް މަގާމުތައް އެބަހުރި ކަމަށެވެ."

އެ ސިޓީގައި ބުނެފައި ވަނީ ބޯޑުން އޯލްޓްމަން އާއި ބްރޮކްމަން އަށް އަލުން ވަޒީފާ ނުދީފިނަމަ އޯޕަންއޭއައިގެ މުވައްޒަފުން އިސްތިއުފާނެ ކަމަށެވެ. އެކަމަކު ބޯޑުން މިހާރު އިހުތިޔާރު ކޮށްފައި ވަނީ އައު ސީއީއޯ އެއްް އަޔަން ކުރުމަށް ކަމުން އޮލްޓްމަން އާއި ބްރޮކްމަން މައިކްރޮސޮފްޓަށް ދާއިރު، މައިކްރޮސޮފްޓަށް އެމީހުންގެ ފަހަތުން އެތައް ސަތޭކަ މުވައްޒަފުން ދާނެ ކަމަށެވެ.

އެ ސިޓީގައި ސޮއިކުރާ އޯޕަންއޭއައިގެ މުވައްޒަފުން ތުހުމަތު ކުރާ ގޮތުގައި ކުންފުނީގެ ބޯޑުން އެ މީހުންގެ މަސައްކަތަށް ނުރައްކާކޮށް " އަޅުގަނޑުމެންގެ މިޝަނާއި ކުންފުންޏަށް ބުރޫ އަރާފައިވާ" ކަމަށެވެ. އަދި ރައްކާތެރިކަމަށް ކަންބޮޑުވުމެއް ނެތި އޯޕަންއޭއައި އިން މާ އަވަހަށް ކުރިއަށް ދާ ކަމަށް ދެކެވޭ ވާހަކަތައް ވެސް އެ މީހުން ދޮގު ކުރެ އެވެ. "އޭއައި ސޭފްޓީ އެންޑް ގަވަނަންސް އާ ބެހޭ ގޮތުން އަޅުގަނޑުމެން ކުރާ މަސައްކަތަކީ ދުނިޔޭގެ މިންގަނޑުތައް ބައްޓަންކުރާ މަސައްކަތެއް،" އެ ބޭފުޅުން ލިޔުއްވަ އެވެ.

ސްވިޝަރ ރިޕޯޓްކުރާ ގޮތުގައި އޯޕަންއޭއައިގައި މިވަގުތު 700 މުވައްޒަފުން އެބަތިބި ކަމަށާއި އަދިވެސް ސިޓީއަށް އިތުރު ސޮއިތައް އިތުރުކުރަމުން އަންނަ ކަމަށެވެ. އެ ސިޓީ އަކީ އޯޕަންއޭއައި މިހާރު ކުރިމަތިވެފައިވާ ހާދިސާތަކުގެ ކުރިން ލިޔެފައިވާ ސިޓީއެއް ކަމަށް ބެލެވޭ އިރު، އޮލްޓްމަން ވަޒީފާއިން ވަކިކުރުމާއި ގާތްވެފައި ވަނިކޮށް އެ ސިޓީ ދައުރުވާން ފަށާފައިވާކަމަށް ބެލެވެ އެވެ. މީގެ މާނައަކީ އޯޕަންއޭއައިގެ ބޯޑަށް މެމޯގެ ޑިމާންޑްތަކާ އެއްގޮތަށް އަމަލުކުރަން ބޭނުންވިނަމަވެސް މިހާރުބމާ ލަސްވެއްޖެއެވެ.

އޮލްޓްމަން މަގާމުން ދުރުކުރުމަށް ބާރު އެޅުމުގައި އިސްކޮށް އުޅުއްވި އޯޕަންއޭއައިގެ ޗީފް ސައިންޓިސްޓް އިލްޔާ ސުޓްސްކެވާ އެކްސް ސޯޝަލް (ކުރީގެ ޓްވިޓާ) ގައި ވިދާޅުވީ އޯޕަންއޭއައިގެ ތެރޭގައި ހަފުތާ ބަންދުގައި ހަލަބޮލިކަން އުފެދިފައިވާތީ ހިތާމަ ކުރާ ކަމަށެވެ. "ބޯޑުގެ އަމަލުތަކުގައި ބައިވެރިވުމުން ހިތާމަކުރަން. އޯޕަންއޭއައިއަށް ގެއްލުމެއް ދިނުމުގެ ވިސްނުމެއް ނުގެންގުޅެން،" ސުޓްސްކެވާ ބުންޏެވެ. "އަހަރެމެން އެކުގައި ކުރި ހުރިހާ މަސައްކަތަކަށް އަހަރެން ވަރަށް ލޯބިވޭ، ކުންފުނި އަލުން ގުޅެން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަން." ސުޓްސްކެވާގެ ނަން ވެސް އިސްތިއުފާގެ ލިސްޓުގައި ހިމެނެ އެވެ.

މައިކްރޮސޮފްޓުން މިހާރު ވަނީ އޯޕަންއޭއައިގެ ކުރީގެ ގިނަ މުވައްޒަފުން ގުޅުމަށް ހާއްސަ "އެޑްވާންސް އޭއައި ރިސާޗް ޓީމެއް" އުފައްދައި، އެ ޑިވިޝަންގެ ލީޑަޝިޕަށް އޮލްޓްމަން އަށް ސީއީއޯގެ ލަގަބެއް ހުށަހަޅައިފަ އެވެ. މިއީ މައިކްރޮސޮފްޓަށް އިކުއިޒިޝަންގެ ބޭރުން އެޅުނު އާދަޔާ ހިލާފު ފިޔަވަޅެއް ކަމަށާއި، އާންމުގޮތެއްގައި އެ ކުންފުނިން ސީއީއޯ ޓައިޓަލް ބޭނުންކުރަނީ މައިކްރޮސޮފްޓް ގޭމިން ފަދަ ބޮޑެތި ޑިވިޝަންތަކުގެ ލީޑަރުންނަށް ނުވަތަ ލިންކްޑްއިން އަދި ގިޓްހަބް ފަދަ އެކުއަޔަރ ކޮށްފައިވާ ކުންފުނިތަކުގެ ވެރިންނަށް އެކަނި ކަމަށެވެ. އޯޕަންއޭއައިގެ މުވައްޒަފުން ވަނީ މައިކްރޮސޮފްޓުން މިކަން ބަލަނީ ބޮޑު ފުރުސަތެއްގެ ގޮތުގައި ކަން ހާމަކޮށް، މައިކްރޮސޮފްޓްގައި އޮލްޓްމަން އާއި އޭނާގެ ޓީމާ ގުޅެން ހުޅުވާލެވިފައިވާ ރޯލްތަކެއް އެބަހުރި ކަމުގެ ޔަގީންކަން މިހާރު ތިބި މުވައްޒަފުންނަށް ދީފަ އެވެ.

އޮލްޓްމަން މައިކްރޯސޮފްޓް އަށް ގެނައީ މިދިޔަ ހަފުތާ ބަންދުގައި އޯޕަންއޭއައިގެ ސީއީއޯގެ މަގާމަށް އޭނާ ގެނައުމަށް އޯޕަންއޭއައިގެ ބޯޑާއެކު ކުރެވުނު މަޝްވަރާތަކުގައި ނާކާމިޔާބުވިތާ ކުޑަ އިރުކޮޅެއް ފަހުންނެވެ. އޭގެ ބަދަލުގައި އިންޓަރިމް ސީއީއޯގެ މަގާމަށް ހަމަޖެއްސީ ޓްވިޗްގެ ކުރީގެ ސީއީއޯ އަދި ކޯ ފައުންޑަރު އެމެޓް ޝިއާ އެވެ. އޭނާ މަގާމާ ހަވާލުވާނީ މިދިޔަ ހުކުރު ދުވަހު އޮލްޓްމަން ކުއްލިގޮތަކަށް ވަޒީފާއިން ވަކިކުރުމަށް ފަހު އިންޓަރިމް އޯޕަންއޭއައިގެ ސީއީއޯގެ މަގާމަށް ހަމަޖެއްސި މީރާ މުރާތީގެ އަތުންނެވެ. މިހާރު މައިކްރޮސޮފްޓާ ގުޅިދާނެ ކަމުގެ އިންޒާރު ދޭ އޯޕަންއޭއައިގެ މުވައްޒަފުންގެ ލިސްޓުގެ އެންމެ ކުރީގައި އޮތީ މުރާތީ އެވެ.

އޮލްޓްމަން އާއި ބްރޮކްމަން އިސްކޮށް ހަރަކާތްތެރިވާ މައިކްރޮސޮފްޓްގެ އާ އެޑްވާންސް އޭއައި ރިސާޗް ޓީމަކީ މައިކްރޮސޮފްޓުން އަމިއްލަ ކަސްޓަމް އޭއައި ޗިޕެއް އުފައްދައި، ބޮޑެތި ލެންގުއޭޖް މޮޑެލްތައް ތަމްރީނުކޮށް، އެންވީޑިއާއަށް އަގުބޮޑު ބަރޯސާވުމަކުން ސަލާމަތްވެވޭނެ ކަމަށް ބުނިތާ ހަފުތާއެއްހާ ދުވަސް ފަހުންނެވެ. ނިއު ޔޯކް ޓައިމްސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އަލްޓްމަން ވަނީ ދާދި ފަހުން އިންވެސްޓަރުންނަށް ކަސްޓަމް، އެންވީޑިއާއާ ވާދަވެރި އޭއައި ޓެންސާ ޕްރޮސެސިން ޔުނިޓް (ޓީޕީޔޫ) ޗިޕްތައް ހެދުމަށް ވަކި ސްޓާޓްއަޕެއް ޕިޗް ކުރަމުންނެވެ.

އޯޕަންއޭއައިގެ ސޭފްޓީ ލީޑަރ ލިލިއަން ވެންގްގެ ޕޯސްޓެއްގައި ވާގޮތުން ސޮއިކުރި މީހުންގެ އަދަދު މިހާރު ވަނީ 650 އަށް އަރާފައެވެ. ޖުމްލަ 770 މުވައްޒަފުން ތިބި ކަމުގެ އިޝާރާތެއް ވެންގް ދެއްވާފައިވާ އިރު، އިތުރު ސޮއިތައް އަންނާނެ ކަމަށް ވިދާޅުވި އެވެ.


ހުސެއިން އާރިފް

ހުސެއިން އާރިފް

ރާއްޖޭގެ ޓެކްނޮލޮޖީ މަޝްރަޙް ޓެކްނޮލޮޖީގެ ދުނިޔޭގައި ފައި ހަމަ ކުރުމަށް ފައިކުރި އޮޅާލައިފިން. ވޭތުވެދިޔަ ތަނުގައި ތަފާތު ނޫސް މަޖައްލާ ގައި ލިޔުން ލިޔެފައިވަނީ ދާއިރާގެ ކުރިމަގަށް ކުރެވޭ ގިނަ އުންމީދު ތަކާއި އެކު.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.