މައިކްރޯސޮފްޓުން ޑެވެލޮޕަރުންނަށް އެޑްވާންސް ސެޓިންގްތަކެއް

އަޝްނާ ރަޝީދު 06 ޑިސެމްބަރު 2023

މައިކްރޯސޮފްޓުން ޑެވެލޮޕަރުންނަށް އިތުރު ފަސޭހަކަމެއް ދިނުމަށްޓަކައި އާ ފީޗަރތަކެއް ތަޢާރަފުކުރަން އެބަރާވައެވެ. މައިކްރޯސޮފްޓުގެ ގިޓްހަބު ޕޭޖުގައި ދައްކާފައިވާ މި ފީޗަރއަކީ "އެޑްވާންސްޑް ވިންޑޯސް ސެޓިންގްސް ޕެނަލް"އެއް ކަމަށާއި މިއީ މިހާރު ހުރި ވިންޑޯސް ސެޓިންގްސް ޕެނަލުގެ ބަދަލުގައި ހަދާއެއްޗެއް ނޫންކަމަށެވެ. މި ޕެނަލުގެ މައިގަނޑު މަޤުސަދަކީ ޑެވެލޮޕަރުންނަށް އެމީހުންގެ އޯއެސްގެ ބައެއް ފީޗަރތައް އެމީހުންގެ މަޤުސަދުތަކަށް ފަސޭހައިން ބަދަލުކުރުމަށް މަގު ފަހިކޮށްދިނުމެވެ.

މި ހުށަހަޅާފައިވާ އެޑްވާންސްޑް ސެޓިންސް ފީޗަރއާއިއެކު މައިކްރޮސޮފްޓުގެ އަމާޒަކީ ޑެވެލޮޕަރުންނަށް އެމީހުންގެ ވިންޑޯޒް މެޝިންތަކުގެ އިތުރު ކޮންޓްރޯލެއް ދިނުމެވެ. މިއީ މިހާރު ހުރި ފަންކްޝަނަލިޓީއާ ގުޅިގެން ޑެވެލޮޕަރުންނަށް ވިންޑޯޒް މާހައުލު އިތުރަށް ފައިން-ޓިއުން ކުރުމަށް ވަރުގަދަ އުކުޅަކަށް ވާނެކަމަށް އެމީހުން ޤަބޫލުކުރެއެވެ. ޑެވެލޮޕަރުންނަށް މިހާރު ފަސޭހައިން އެމީހުންގެ މެޝިންތައް އެމީހުންގެ އެންމެ ކަމުދާ ސްޓޭޓަށް ކަސްޓަމައިޒް ކުރުމަށް ދަތިވާކަމަށް ފާހަގަކުރެވެއެވެ. މި ފީޗަރު މެދުވެރިކޮށް، ކޮމްޕްލެކްސް ސްކްރިޕްޓް ނުވަތަ މެނުއަލް ރެޖިސްޓްރީ ކީ ތަކުގެ ބަދަލުގައި ފަސޭހަކަމާއެކު ބޭނުންވާނެ ބަދަލުތައް ގެނެވޭނެއެވެ.

މީގެ މުހިންމު އެއް ފޯކަސް އަކީ ނޭޓިވް ފައިލް އެކްސްޕްލޯރާއި ވާޝަން ކޮންޓްރޯލް އިންޓަގްރޭޓާގެ ޔޫއައި އެކްސްޕީރިއަންސް އެއްގޮތްކުރުމާއި، ޑިވެލޮޕަރުންގެ ވޯކްފްލޯތައް ސްޓްރީމްލައިން ކުރުމާއި، ކޮންމެހެން ބޭނުންވާ ފީޗާސްތަކަށް އަވަހަށް އެކްސެސް ފޯރުކޮށްދިނުމެވެ. މިއީ ގިނަ ފަހަރަށް ޑިވެލޮޕަރުން ބޭރުގެ ޓޫލްތަކަށް ނުވަތަ މެނުއަލް ކޮންފިގްރޭޝަންތަކަށް ދާން މިވަގުތު މެދުވެރިވާ ކަންކަމެވެ. މި ފީޗަރުގެ އުއްމީދަކީމީގެން މިކަމަށް ހައްލެއް ހޯދައިދޭނެކަމެވެ.

ޑެވެލޮޕަރު ކޮމިއުނިޓީއުން މި އާ ފީޗަރއަށް ދީފައިވާ ތަރުހީބު މައިގަނޑު ގޮތެއްގައި ރަނގަޅު ކަމަށް ފާހަގަކުރެވެއެވެ. މިގޮތުން ގިނަ ބަޔަކު ވަނީ ހުށަހަޅާފައިވާ ފީޗާތަކުގެ ބޭނުންތެރިކަން ފާހަގަކޮށްފައެވެ. ނަމަވެސް މި ފީވލޗަރުތައް ޚާއްސަކޮށް ހުރިހާ ޔޫޒަރުންނަށް އޮއެސް ލެވެލްގައި "އެޑިޝަނަލް ފައިލް އެކްސްޕްލޯރަރެއް"ގެ ގޮތުގައި ހިމެނުމަށް ބައެއްފަރާތްތަކުން ހުށަހަޅާފައިވެއެވެ. އަދި މީގެ އިތުރުން ބައިވަރު އެތަކެއް އެހެން ބިނާކުރަނިވި ފާޑުކިޔުންތަކެއް ވެސް ވަނީ ހުށަހަޅާފައެވެ. މީގެ ސަބަބުން މިވަގުތު ހުރި ނިޒާމުތަކަށް ވުރެ ފަސޭހަ ގޮތެއް ހުށަހެޅިގެން ދާނެކަމަށް ގިނަ ބަޔަކު ޤަބޫލުކުރާއިރު، މިގޮތުން ހިމަނަންވާނެ ފީޗަރތަކާއި މެދު ބައެއް ސުވާލުތަކެއް އުފެދިގެން އާދެއެވެ. މިގޮތުން ޑެވެލޮޕަރުން އާންމުކޮށް ކުރަންޖެހޭ ކަންތަކާއި ބޭނުންކުރާ ސްކްރިޕްޓުތަކުގެ ބަދަލުގައި މި ޖީޔުއައި މެދުވެރިކޮށް ފަސޭހަ ޝޯޓުކަޓެއް ލިބިގެން ދާނެއެވެ. މިވަގުތު މި ފީޗަރު އަދި ހަދާފައެއް ނުވެއެވެ. މިޔަށް ފާޑުކިޔުންތަކަށް ވަނީ މައިކްރޮސޮފްޓުން ހުޅުވާލާފައެވެ. މި ފީޗަރ ދޫކުރާނަމަ ލިބޭނީ ހަމައެކަނި ވިންޑޯސް 11 ގައި ކަމަށް ބެލެވެއެވެ.

އަޝްނާ ރަޝީދު

އަޝްނާ ރަޝީދު

ދުނިޔެއާއި، ކާއިނާތާއި އިންސާނުންގެ އުފެއްދުންތެރިކަމާއި މެދު އަބަދުވެސް ސުވާލުކޮށް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.