ޓްވިޓަރގެ އޭޕީއައި ލިމިޓުގެ ސަބަބުން ނޭވަށް ޕޯސްޓެއްނުކުރެވޭ

އަޝްނާ ރަޝީދު 04 ޖެނުއަރީ 2024

ޖަޕާނުން އާ އަހަރަށް މަރުހަބާ ކިޔުނީ ގުދުރަތީ ކާރިސާއެއް ދިމާވުމުން އެކްސް (ޓްވިޓަރ)ގެ އައު އޭޕިއައި ލިމިޓުގެ މައްސަލަތަމަށް އަލިއަޅުވާލަމުންންނެވެ. ޓްވިޓަރ އަކީ ޖަޕާނުގްއި ގުދުރަތީ ކާރިސާތަކާއި ގުޅޭ މައުލޫމާތު އާންމުންނަށް ހިއްސާކުރުމަށް ޒަމާންތަކެއް ވަންދެން ބޭނުންކޮށްފައިވާ އެޕެކެވެ. ނަމަވެސް މިއައު އަހުރު ފެށިގެން ދިޔައިރު، މި ޕްލެޓްފޯމުން ޖަޕާނުގެ ކާރިސާތައް ރިޕޯޓުކުރުން އެހެން ޕްލެޓްފޯމަކަށް ދާންޖެހިދާނެކަމަށް އިޝާރާތްކުރެއެވެ.

އިޝިކާވާ ޕްރިފެކްޗާގެ ނޯޓޯ ސަރަހައްދަށް އައި 7.6 މެގްނިޓިއުޑްގެ ބިންހެލުމާ ގުޅިގެން ސުނާމީގެ އިންޒާރުތައް ދިނުމަށް ޖަޕާނުގެ ކާރިސާތައް ރިޕޯޓުކުރާ އެޕުތަކުން ސައްހަ މައުލޫމާތު ގަޑިންގަޑިއަށް ދިނުމަށް މަސައްކަތްކޮށްފައިވެއެވެ. މިގޮތުން، ނޭރވަކީ އެކްސްގައި ގާތްގަނޑަކަށް ދެ މިލިއަން ފޮލޯވަރުން ތިބި އިތުބާރު ހުރި އެއް ޑިޒާސްޓާ ޕްރިވެންޝަން އެޕެކެވެ. އެމީހުންގެ އޮފިޝަލް އެކްސް އެކައުންޓުން ގަޑިންގަޑިއަށް އިނގިރޭސި އަދި ޖަޕާނު ބަހުން އަޕްޑޭޓްތައް ފޯރުކޮށްދިނުމަށް މަސެއްކަތްކޮށްފައިވެއެވެ. ނަމަވެސް އެކްސްގެ އެޕީއައި ޕޮލިސީތަކަށްއައި ފަހުގެ ބަދަލުތަކުގެ ސަބަބުން ނޭރވުން ކުރެވޭ ޕޯސްޓުތައް ލިމިޓްވެ، އެކްސް މެދުވެރިކޮށް ޔޫޒަރުންނަށް ގަޑިންގަޑިއަށް އަޕްޑޭޓުތައް ދިނުމަށް ހުއްޓުމެއް އައިސްގެން ދިޔައެވެ.

ނޭރވް އެކްސްގައި ބޭނުން ކުރަމުން ދިޔަ "ބެސިކް" ޕްލޭނުގެ ދަށުން 24 ގަޑިއިރުގެ ތެރޭގައި ފޮނުވޭނީ ހަމަ އެންމެ 100 ޕޯސްޓެވެ. މި ލިމިޓަށް ވުރެ ގިންއިން ޕޯސްޓުކުރަން ބޭނުންވާނަމަ މަހަކު 100 ނުވަތަ 5،000 ޑޮލަރާ ހަމަޔަށް ޚަރަދު ކުރަން ޖެހިދާނެއެވެ. މާލީ ދަތިތަކުގެ ސަބަބުން ނޭރްވަށް ބޭސިކް ޕްލޭންގައި ހުންނަން މަޖުބޫރުވުމުގެ ސަބަބުން ވަގުތުން އެކްސް މެދުވެރިކޮށް އަޕްޑޭޓް ދިނުމަށް ދަތިވެފައިވެއެވެ.

މިކަމާއި ގުޅިގެން އެކްސްގެ ގިނަ ޔޫޒަރުންތަކެއް ވަނީ އަޑު އުފުލާފައެވެ. މިފަދަ ކާރިސާތަކުފައި އާންމު ކުރަން މުހިންމު މައުލޫމާތުތައް ދިނުމަށް ހުރަސް އެޅުމުގެ ސަބަބުން ގިނަ ބަޔަކު ވަނީ އެކްސްއަށް ފާޑުކިޔާފައެވެ.





މީސްމީޑިޔާގައި މީހުން އަޑު އުފުލުމުގެ ސަބަބުން އެކްސުން ވަނީ މިކަމުގެ ހައްލެއް ނޭރވަށް ފޯރުކޮށްދީފައެވެ. މިކަމުގެ ސަބަބުން ގަޑިންގަޑިއަށް މައުލޫމާތު ފޯރުކޮށް ދިނުމަށް މުސްތަޤުބަލުގައި މި މައްސަލަ ދިމާވުމަށް ހައްލެއް ދީފައިވެއެވެ.

މިއީ ޖަޕާނުގައި ކާރިސާ ރިޕޯޓުކުރާ ފަރާތްތަކަށް އެކްސްގެ އައު އޭޕީއައި ލިމިޓުތަކުގެ ސަބަބުން މައުލޫމާތު ގަޑިންގަޑިއަށް ދިނުމަށް އުނދަގޫތަކާއި ދިމާވި ފުރަތަމަ ފަހަރެއ ނޫނެވެ. މިދިޔަ އަހަރު ޖަޕާނުގެ ސަރުކާރުގެ ބައެއް އެކައުންޓުތަކަށް ވެސް ގުދުރަތީ ކާރިސާތަކާއި ބެހޭ މައުލޫމާތު ހިއްސާކުރުމުގެ ތެރޭގައިވެސް ވަނީ އޭޕީއައި ލިމިޓުގެ މައްސަލަ ދިމާވެފައެވެ.

އަޝްނާ ރަޝީދު

އަޝްނާ ރަޝީދު

ދުނިޔެއާއި، ކާއިނާތާއި އިންސާނުންގެ އުފެއްދުންތެރިކަމާއި މެދު އަބަދުވެސް ސުވާލުކޮށް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.