Download Logo
Copy Logo

މުށި ސަރުބީގައި ކަށި ވަރުގަދަކުރާ ސަރުބީ އަންދާ ނިޒާމެއް ފެނިއްޖެ

އަޝްނާ ރަޝީދު 04 ޖެނުއަރީ 2024

މެކްގިލް ޔުނިވާސިޓީގެ ސައިންސްވެރިން ވަނީ މުށި ސަރުބީގައި ފޮރުވިފައިވާ ކެލޮރީ އަންދާ ނިޒާމެއް އެކްޓިވޭޓް ކުރާ މޮލިކިއުލަރ "ސްވިޗެއް" މީދާގައި ހޯދާފައެވެ. ނޭޗަރގައި ޖާނަލްގައި ޝާއިރުކޮށްފައިވާ މި ހޯދުންތަކުން ހާމަވަގޮރުގައި ގްލިސެރޯލް ކިޔާ މޮލިކިއުލް މެދުވެރިކޮށް މުށި ސަރުބީގައި ހޫނު އުފެއްދާ އެހެން މަގެއް ހުޅުވޭނެއެވެ.




މުށި ސަރުބީ އެހެން ސަރުބީތަކާއި ހިލާފަށް ހޫނު އުފެއްދުމަށް ކެލޮރީ އަންދާލައެވެ. މި ހޫނު އުފެއްދުމަށް އެއް ބަޔޮލޮޖިކަލް މެނިޒާމަކަށް ބަރޯސާވެފައިވަކަމަށް ސައިންސްވެރިން މީގެ ކުރިން ޤަބޫލުކުރި ނަމަވެސް، ދާދި ފަހުން އައު ނިޒާމަށް ފެނިފައިވެއެވެ. މި ދެވަނަ މަގެއް "ފިއުޓައިލް ކްރިއޭޓިން ސައިކަލް" އެކްޓިވޭޓް ވާ ގޮތް ކުރިން އިނގަފައި ނުވީ ނަމަވެސް މި ދިރާސާގެ އަލީގައި ދެނެގަނިވެގެންދިއެވެ. މިހާރު މިކަމަށް ބޭނުކުރާ މޮލިކިއުލަރ ޓްރިގަރ މި ދިރާސާއުން އިނގިގެންދިއެވެ.

ދިރާސާވެރިންގެ ހޯދުންތަކުން ދައްކާ ގޮތުގައި ހަށިގަނޑު ފިނިއަށް އެކްސްޕޯސްވުމުން ރައްކާކޮށްފައި ހުންނަ ސަރުބީ ބްރޭކްޑައުންވެ ގްލިސެރޯލް ދޫކޮށްލައެވެ. މި ގްލިސެރޯލް ޓީއެންއޭޕީ ކިޔާ އެންޒައިމަކާ "ގްލިސެރޯލް ޕޮކެޓް" ސަރަހަށްދެއްގައި ގުޅިގެންދެއެވެ. މި މުޢާމަލާތުގެ ސަބަބުން ފޮރުވިފައިވާ ހޫނު އުފައްދާ މަގު އެކްޓިވޭޓްވެއެވެ.

ޓީއެންއޭޕީއަކީ ކަށީގެ މިނަރަލައިޒޭޝަން އަދި ކެލްސިފިކޭޝަންގައި އަސާސިީ ދައެުރެއް އަދާކުރާ މޮލިކިއުލެކެވެ. ޓީއެންއޭޕީގެ މަސައްކަތްތައް ބުރޫއަރާ މުއުޓޭޝަންތަކުގެ ސަބަބުން ހައިޕޯފޮސްފޭޓޭޝިއާ ފަދަ ޖެނެޓިކް ކޮންޑިޝަންތަކާއި ކުރިމަރިލާން ޖެހިދާނެއެވެ. މި ހާލަތުގެ ސަބަބުން ކަށި ބިންދައިގެންގޮސް، ގާއިމީ ތަދާކުރިމަތިލާންޖެހި، މިނޫންވެސް އެހެން އުނދަގޫތަކާއި ކުރިމަތިލާންޖރހިދާނެއެވެ.

ދިރާސާވެރިން ފާހަގަކޮށްފައިވާގޮތުގައި މިކަންކަން ހުއްޓުވުމަށް ކަށި ހަރުކޮށް މިނަރަލައިޒްކުރުމަށް ބޭނުންވާ ސްވިޗަކީ ސަރުބީ އެންދުމަށް ބޭނުންކުރާ ހަމަ އެއް މޮލިކިއުލެވެ. މިކަންތައްވަނީ ލެބޯޓްރީ އެކްސްޕެރިމެންޓްރްކުން ދައްކައިދީފައެވެ. އެހެންކަމުން މި ދިރާސާގެ އަލީގައި ސްކެލެޓަލް ބަލިތަކަށް އަމާޒުކޮށްފައި ހަދާ އެންޒައިމް ރިޕްލޭސްމަންޓް ތެރަޕީއަށް ބޭނުންވާ ޓީއެންއޭޕީ އެކްޓިވޭޓާތައް ޑިޒައިންކުރުމަށް އިތުރުމަގުތަކެއް ހުޅުވި، އައު ފަރުވާތައް އުފެއްދުމަށް ފަސޭހަވެގެން ދާނެކަމަށް ބެލެވެއެވެ.





އަޝްނާ ރަޝީދު

އަޝްނާ ރަޝީދު

ދުނިޔެއާއި، ކާއިނާތާއި އިންސާނުންގެ އުފެއްދުންތެރިކަމާއި މެދު އަބަދުވެސް ސުވާލުކޮށް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.