މައިކްރޯސޮފްޓް ކޯޕައިލެޓް- އޮފީސް މަސައްކަތައް އޭއައި

އަޙްމަދު ދާއޫދު 17 ޖެނުއަރީ 2024

"މައިކްރޮސޮފްޓް ކޮޕައިލެޓް" ގެ އާ އެޕްލިކޭޝަން މިހާރު އެޕްސްޓޯރުން ލިބޭނެއެވެ. އެއީ އޮފީސް މަސައްކަތްތަކުގައި އޭއައި ބޭނުން ކުރުމަށް ޚާއްޞަކޮށްގެން ތައްޔާރު ކޮށްފައިވާ ވަރަށް ފުރިހަމަ އެޕްލިކޭޝަނެކެވެ.

މި އެޕްލިކޭޝަނާއެކު މައިކްރޮސޮފްޓުން މިހާރުވަނީ އެ ކުންފުނީގެ ތަފާތު އޭއައި ޕްރޮޑަކްޓްތަކާއި ހިދުމަތްތައް ރީބްރޭންޑްކޮށް ޔުނިފައި ކުރަން ނިންމާފައެވެ. ކޯޕައިލެޓްގެ އަމާޒަކީ އެ ކުންފުނީގެ އުފެއްދުންތަކުގައި ކޮންމެދުވަހަކުވެސް އޭއައި ބޭނުން ކުރުމަށް އިތުރު ފުރުޞަތުތައް ޔޫޒަރުންނަށް ހުޅުވާލުމެވެ.

މައިކްރޮސޮފްޓްގެ އެންމެ މަގުބޫލު ސޮފްޓްވެއާ އަދި ޑިވައިސްތަކުގެ ތެރޭގައި ވިންޑޯޒް، މައިކްރޮސޮފްޓް 365، ބިންގް، އެޖް، ސާފޭސް ފަދަ ޑިވައިސްތަކަށް ކޯޕައިލެޓްގެ ޚިދުމަތް މިހާރު ލިބޭނެއެވެ. އޭގެ ތެރޭގައި ބޮޑެތި ބަހުގެ މޮޑެލްތަކުން ބާރުލިބޭ އާ އެސިސްޓިވް އެކްސްޕީރިއެންސްތައް ކުރިއަށް ގެންދާއިރު، މިހާރު ހުރި އޭއައި ޕަވާޑް ފީޗާތައް ހިމެނެއެވެ.


މައިކްރޯސޮފްޓް 365 ގައި ހިމެނޭ ސޮފްޓްވެއާތައް ކަމުގައިވާ ވޯޑް، އެކްސެލް، ޕަވަޕޮއިންޓް އަދި އައުޓްލުކްގައި ބޭނުންކުރެވޭ މި ޓޫލްގައި ޓެކްސްޓް ޕްރޮމްޕްޓެއް ދިނުމުން، އަމިއްލައަށް ކޮންޓެންޓް ތައްޔާރުކޮށްދެއެވެ.

މައިކްރޯސޮފްޓްގެ ބްލޮގް ޕޯސްޓެއްގައި ބުނެފައިވާ ގޮތުން ވޯޑްގައި މި ޓޫލް ބޭނުންކޮށްގެން ބޮޑެތި ޑޮކިއުމަންޓްތައް ތައްޔާރުކޮށްލެވިދާނެއެވެ. އަދި ޕަވަޕޮއިންޓްގައި ޕްރެޒެންޓޭޝަނެއް ތައްޔާރުކޮށްލާ، އެކި ކަހަލަ ޑިޒައިންތަކާއި އެނިމޭޝަންތައް "ކޯޕައިލެޓް" ގެ އެހީގައި ކުރެވޭނެއެވެ.

މީގެ އިތުރުން އެއް ސޮފްޓްވެއާ އާއި އަނެއް ސޮފްޓްވެއާ ގުޅުވާލައިގެން ވެސް މަސައްކަތްކޮށްލެވޭނެއެވެ. އެގޮތުން އެކްސެލް ޝީޓެއްގައި ހުރި މައުލޫމާތު ވޯޑް ޑޮކިއުމަންޓަކަށް ނުވަތަ ޕްރެޒެންޓޭޝަނަކަށް ފަސޭހަކަމާއެކު ބަދަލުކޮށްލެވޭނެއެވެ.

މައިކްރޯސޮފްޓުން ބުނެފައިވަނީ މިކަމުގެ ސަބަބުން އެތައް ބައެއްގެ މަސައްކަތްތައް ހަލުއިވެގެން ދާނެ ކަމަށާއި އެހެން މަސައްކަތްތަކަށް ހޭދަކުރަން ލިބޭ ވަގުތު އިތުރުވެގެން ދާނެ ކަމަށެވެ.

އެކުންފުނިން ވަނީ "ކޯ ޕައިލެޓް" ބޭނުންކުރެވޭ ބައެއް މަސައްކަތްތައް ދައްކުވައިދޭ ޑެމޯ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުކޮށްފައެވެ.

ވިންޑޯޒް 11 ގެ އެންމެ ފަހުގެ އަޕްޑޭޓްގައި ޓާސްކްބާ އާއި ފޮޓޯ، ޕެއިންޓް އަދި ކްލިޕްޗެމްޕް ފަދަ އެޕްލިކޭޝަންތަކަށް އޭއައި އިންޓަގްރޭޝަން ވަނީ އިތުރުކޮށްފައެވެ. އަދި ބިންގް އަދި އެޖް އިން ދަނީ ޑީއެލް-އީ 3 ފަދަ ސިސްޓަމްތަކުގެ ބޭނުން ހިފައި، އެޑްވާންސް ސާޗް، ޝޮޕިން އަދި ކޮންޓެންޓް ކްރިއޭޝަން ޓޫލްސް ފޯރުކޮށްދެމުންނެވެ.

މައިކްރޮސޮފްޓް ކޯޕައިލެޓަކީ މައިކްރޮސޮފްޓުން 2023 ވަނަ އަހަރު ތައާރަފްކުރި އާޓިފިޝަލް އިންޓެލިޖެންސް ސިސްޓަމެކެވެ. ޗެޓްޖީޕީޓީ ފަދަ ޗެޓްބޮޓްފަދަ ބޮޑެތި ލެންގުއޭޖް މޮޑެލްތައް ބޭނުންކޮށްގެން އުފައްދާފައިވާ ކޯޕައިލެޓް އަކީ ވިންޑޯޒް، މައިކްރޮސޮފްޓް 365 އެޕްލިކޭޝަން، ބިންގް ސާޗް އިންޖީނާއި އެޖް ބްރައުޒާ ފަދަ އެޕްލިކޭޝަންތަކުގެ ތެރޭގައި އޭއައިގެ ފަންކްޝަންތައް އިތުރުކޮށް ފުރިހަމަކޮށް ބޭނުން ކުރުމަށް އުފައްދާފައިވާ ޓޫލެކެވެ.

އެގޮތުން ކޮންވަޒޭޝަނަލް ރެކޮމެންޑޭޝަންސް، ކޮންޓެންޓް ޖެނެރޭޝަން، ޓާސްކް އޮޓޮމޭޝަން އަދި އެހެނިހެން އެހީތެރިކަން ފޯރުކޮށްދެނީ ޔޫޒަރ ކޮންޓެކްސްޓް އާއި ބޭނުންތައް ދެނެގަނެގެންނެވެ.

ގޭތެރޭގެ ބައެއް މަސައްކަތާއި ސްކޫލާއި އާންމު ޑިޖިޓަލް މަސައްކަތްތަކަށް ދުވާލެއްގެ މައްޗަށް އޭއައި ގެ އެހީގައި ކުރިއަށް ގެންދެވޭގޮތަށް މިހާރު މިވަނީ ޔޫޒަރުންނަށް ހުޅުވާލައިފައެވެ.

2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ޕްރިވިއު ފޯމުގައި އެންމެ ފުރަތަމަ އިފްތިތާހުކުރި މި އެޕްލިކޭޝަނުން ރަމްޒުކޮށްދެނީ މައިކްރޮސޮފްޓްގެ ސޮފްޓްވެއާ އިކޯސިސްޓަމް މެދުވެރިކޮށް ޕީސީ އާއި ކްލައުޑްގައި އެމްބިއަންޓް އޭއައި އިންޓަގްރޭޝަންގެ ވިސްނުމެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.