ޒުވާނުންގެ މެދުގައި އެންމެ އެންމެ މަޤުބޫލު އެއް އޮންލައިން ޕްލެޓްފޯމް ކަމުގައިވާ ވީޑިއޯ އެޕްލިކޭޝަން ޓިކްޓޮކް އިން ފޮޓޯ އާއި ވީޑިއޯ ޝެއާ ކުރުމުގައި އިންސްޓަގްރާމުގެ ޑޮމިނޭޝަނަށް ސީދާ ޗެލެންޖް ކުރުމަށް ފަރުމާކޮށްފައިވާ އާ ސޯޝަލް ނެޓްވޯކިން ޕްރޮޖެކްޓެއްގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
ޓިކްޓޮކްގެ ބެލެނިވެރި ކުންފުނި ބައިޓްޑާންސް އިން އާ ސްޓޭންޑަލޯން އެޕްލިކޭޝަނެއް އުފެއްދުމުގެ ޕްލޭންތަކެއް ގެންގުޅޭ ކަމަށް ގިނަ ރިޕޯޓްތަކަކުން ވަނީ ހާމަވެފައެވެ. މި އެޕްލިކޭޝަނަކީ އިންސްޓަގްރާމް، ސްނެޕްޗެޓް އަދި ޓިކްޓޮކްގެ އެލިމެންޓްތައް އެކުލެވޭ ފޮޓޯ އަދި ވިޝުއަލް ސްޓޯރީޓެލިން ޕްލެޓްފޯމެއްގެ ގޮތުގައި ބެލެވިފައިވާ އެޕްލިކޭޝަނެކެވެ.
ތަފްސީލު ތައް މަދު ނަމަވެސް ޕިކްނިކް މެދުވެރިކޮށް ފިލްޓަރާއި އެހެނިހެން ކްރިއޭޓިވް އެޑިޓިން ވަސީލަތްތަކާއެކު ފޮޓޯ އާއި ކުރު ވީޑިއޯތައް ހިއްސާކުރެވޭނެ ކަމަށް ބެލެވެއެވެ. އިންސްޓަގްރާމް ފަދައިން ޕިކްނިކްގައި ވެސް ރައްޓެހިންގެ ޕޯސްޓުތަކަށް ލައިކް ކުރުމާއި ކޮމެންޓް ކުރުން ހިމެނެއެވެ. އަދި ޓިކްޓޮކްގެ "ފޯ ޔޫ" ރެކޮމެންޑޭޝަން ފީޑްތަކާ އެއްގޮތަށް ވަކި މަސްލަހަތުތަކަކަށް ތައްޔާރުކޮށްފައިވާ އިޖުތިމާއީ ފީޑްތައް ވެސް އޭގެ ތެރޭގައި ހިމެނިދާނެ ކަމަށްވެ ބެލެވެއެވެ.
ޓިކްޓޮކުން މެދުނުކެނޑި ސްކްރޯލް ކުރެވޭ ވަރޓިކަލް އޮރިއެންޓެޑް ވީޑިއޯ ސްޓްރީމްތައް ކުރިއަށް ގެންގޮސްފައިވާއިރު، ވިޝުއަލް ކޮމިއުނިކޭޝަން އަދި މެސެޖިންގެ ޤާބިލުކަން ހޯދުމުގައި އިންސްޓަގްރާމަކީވެސް ވަރުގަދަ ލީޑެއް ދަމަހައްޓަމުން އަންނަ ކުންފުންޏެކެވެ.
ބައިޓްޑާންސްގެ ތަރުޖަމާނަކު އެކުންފުނިން އަލަށް ނެރޭ ޕްރޮޑަކްޓް ޕްލޭންތަކާ ބެހޭ ގޮތުން އެއްޗެއް ވިދާޅުވާން ދެކޮޅު ހެއްދެވި ނަމަވެސް، އެ ކުންފުނީގެ ތާރީހަކީ "ބޭނުންކުރާ މީހުންނާ ރައްޓެހި ފީޗާތައް އިތުރުކުރުމަށް ތަފާތު ވިސްނުންތައް ހޯދުމުގެ" ތާރީހެއް ކަމަށް ބުނެފައިވެއެވެ.
ޓިކްޓޮކްގެ ކުރިއެރުމާ އެކު ފާއިތުވި އަހަރުތަކުގައި ސޯޝަލް މީޑިއާގެ ދުނިޔޭގައި ވަނީ ޓިކްޓޮކް އާދަޔާ ޚިލާފު ކުރިއެރުމެއް ހޯދާފައެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަހަކު ބިލިއަނަކަށް ވުރެ ގިނަ މީހުން ޓިކް ބޭނުންކުރާ ކަމަށް ރިޕޯޓްތަކުން ދައްކައެވެ.
ނަމަވެސް ފޮޓޯ ޝެއާކުރާ އެންމެ މަތީ ޕްލެޓްފޯމެއްގެ ގޮތުގައި އަދިވެސް އޮތީ 2010 ވަނަ އަހަރު ތައާރަފްކުރި އިންސްޓަގްރާމެވެ. މެޓާގެ ބެލެނިވެރިކަމުގެ ދަށުގައި އަދިވެސް އެތައް އެޕްލިކޭޝަނެއް ހުރިއިރު އިންސްޓަގްރާމް އޮތީ ސުއިޓް އޮފް އެޕްލިކޭޝަނެއްގެ ގޮތުގައި 2 ބިލިއަނަށް ވުރެ ގިނަ ޔޫޒަރުންނާ އެކުއެވެ.
އަނެއްކޮޅުން އިންސްޓަގްރާމްގެ ޗައިނާ ވާޝަން ޒިއާއޯހޮންގްޝޫ އެޕްލިކޭޝަނަށް އީކޮމާސް ފީޗާތައް ތައާރަފް ކުރުމަށް ފަހު އަންނަނީ ވަރަށް ރަނގަޅަށް މަސައްކަތް ކުރަމުންނެވެ. 2023 ވަނަ އަހަރު މި ޕްލެޓްފޯމްގެ ފައިދާގެ ގޮތުގައި 500 މިލިއަނަށްވުރެ ގިނަ ޑޮލަރު ލިބިފައިވާއިރު، މިއީ ހީކުރި ވަރަށްވުރެ ބޮޑު ފައިދާއެއް ކަމަށްވާއިރު، މިހާރު ޗައިނާގައި 200 މިލިއަނަށްވުރެ ގިނަ މީހުން މި އެޕްލިކޭޝަން ބޭނުންކުރެއެވެ.
މީގެ އިތުރުން އެމެރިކާގައި ޓިކްޓޮކް މަނާކުރުމުގެ ފުރުސަތު އޮތުމުން، ބައިޓްޑާންސުން އާ ޕްލެޓްފޯމެއް ތައާރަފްކުރުން އަވަސްކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް ބެލެވެއެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.