ނޭޝަނަލް ސައިބަރ ސެކިއުރިޓީ އެޖެންސީ އުފައްދަވައިފި

އަޙްމަދު ދާއޫދު 18 މާރިޗު 2024

ދިވެހިރާއްޖޭގެ ޑިޖިޓަލް ޑިފެންސް ހަރުދަނާ ކުރުމުގެ ގޮތުން، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ދަށުން ހާއްސަ ނޭޝަނަލް ސައިބާ ސެކިއުރިޓީ އެޖެންސީއެއް ރައީސުލް ޖުމްހޫރިއްޔާ އުފައްދައިފިއެވެ. މި އިންސްޓިޓިއުޝަނަލް ކާމިޔާބީއަކީ، ސައިބަރ ނުރައްކާތަކުން ރައްކާތެރިވުމަށް ރާއްޖެއިން އެޅި މުހިންމު ފިޔަވަޅެކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު މުޢިއްޒު، ޤާނޫނުއަސާސީން އެމަނިކުފާނަށް ލިބިދީފައިވާ ބާރުގެ ދަށުން، މި ޚާއްޞަ އިދާރާ އުފައްދަވާފައިވަނީ، ޤައުމީ ފެންވަރެއްގައި ސައިބަރ ސެކިއުރިޓީއާ ގުޅުންހުރި އެންމެހާ ކަންކަމުގެ ފޯކަލް ޕޮއިންޓެއްގެ ގޮތުގައި މަސައްކަތްކުރެއްވުމަށެވެ.

ނޭޝަނަލް ސައިބަރ ސެކިއުރިޓީ އެޖެންސީގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ހިމެނެނީ މައިގަނޑު ތިން މަސައްކަތެކެވެ. އެއީ ފުޅާ ދާއިރާއެއްގައި ޤައުމީ ސައިބަރ ސެކިއުރިޓީ ސިޔާސަތުތަކާއި މިންގަނޑުތައް އެކުލަވާލުމާއި، ސަރުކާރުގެ މުއައްސަސާތަކުގެ ތެރޭގައި ހަރުދަނާ ސައިބަރ ޑިފެންސް ޤާބިލުކަން އިތުރުކުރުމަށް އެހީތެރިވެދިނުމާއި، ޤައުމުގެ މުޅި ސައިބަރ ސެކިއުރިޓީ ޕޮސްޗަރ ހަރުދަނާކުރުމަށް ބޭނުންވާ ވަސީލަތްތަކާއި އެންމެހައި ކަންކަން ޤާއިމް ކޮށްދިނުމެވެ.

މައިގަނޑު މަސައްކަތްތަކުގެ ތަފްޞީލްތައް ރައީސް އޮފީހުންވަނީ މިއަދު ހާމަކުރައްވާފައެވެ.

ޑިޖިޓަލައިޒްވަމުން އަންނަ ދުނިޔޭގައި، ސައިބަރ ހަމަލާތަކުގެ ސަބަބުން މުހިންމު އިންފްރާސްޓްރަކްޗަރ ހަލާކުވެ، ޒަރޫރީ ޚިދުމަތްތަކަށް ބުރޫއެރުމާއި، ނާޒުކު ޑޭޓާތަކަށް ބުރޫ އަރާފާނެ ކަމަށް ބެލެވޭ މި ދަނޑިވަޅުގައި، ސެންޓްރަލައިޒްޑް ސައިބަރ ސެކިއުރިޓީ އެޖެންސީއެއް އުފެއްދުމަކީ، ރާއްޖޭގެ ޑިޖިޓަލް ސިޔާދަތާއި ރެޒިލިއަންސް ހިމާޔަތްކުރުމަށް އެޅޭ ހަރުދަނާ ފިޔަވަޅެކެވެ.

މީގެ އިތުރުން، ސަރުކާރުގެ މުއައްސަސާތަކުގެ ތެރޭގައި ސައިބަރ ޑިފެންސް ޤާބިލުކަން އިތުރުކުރުމަށް އެ އެޖެންސީގެ މެންޑޭޓަކީ، ޤައުމުގެ ޑިޖިޓަލް އެސެޓްތައް ރައްކާތެރިކޮށް، މުހިންމު ޢާންމު ޚިދްމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. މި މަސައްކަތުގެ ސަބަބުން ސަރުކާރުގެ އޮޕަރޭޝަންތަކުގެ ސަލާމަތާއި ރައްކާތެރިކަން އިތުރުވެ، އާބާދީގެ މެދުގައި އިތުބާރު އުފެދި، ޑިޖިޓަލް އިކޯސިސްޓަމަށް އިތުބާރު އިތުރުވެގެންދާނެއެވެ.

އެއްގައުމު އަނެއްގައުމާއި އަދި އެއްބަޔަކު އަނެއްބަޔަކާ ގުޅިލާމެހިފައިވާ މިވާ ދުނިޔޭގައި އިންޓަނެޓްގެ ގުޅުންތަކުގެ މިންވަރު އިތުރުވަމުންދާއިރު، ހާއްސަ ސައިބާ ސެކިއުރިޓީ އެޖެންސީއެއް އުފެއްދުމުން، ސައިބަރ ކްރައިމްގެ ދާއިރާއިން ސަލާމަތާއި ރައްކާތެރިކަން ހޯދުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތުގެ ސަބަބުން، ސަރަހައްދުގެ ބޮޑެތި ގައުމުތަކުގެ މެދުގައި ރާއްޖެ ފާހަގަވެގެންދާނެއެވެ.

ނޭޝަނަލް ސައިބަރ ސެކިއުރިޓީ އެޖެންސީއަކީ ޑިޖިޓަލް ނުރައްކާތަކުން އަރައިގަތުމުގައި އިސްކޮށް ހަރަކާތްތެރިވާނެ އެޖެންސީއެކެވެ. ތަޖުރިބާއާއި ވަސީލަތްތައް ސެންޓްރަލައިޒްކޮށްގެން، ސައިބަރ ސެކިއުރިޓީއަށް ކޯޑިނޭޓެޑް އަދި ޕްރޮއެކްޓިވް އެޕްރޯޗެއް އެ އެޖެންސީން ގެންގުޅޭނެއެވެ.

މިއީ ސައިބަރ ރިސްކުތައް މޮނިޓަރކޮށް ކުޑަކުރުމަށާއި، ހާދިސާތަކަށް އަވަސް އިޖާބަދިނުމާއި، ސައިބަރ ވިޖިލެންސްގެ ސަގާފަތެއް ކުރިއެރުވުމުގައި މުހިންމު ދައުރެއް އަދާކުރާނެ އެޖެންސީއަކަށް ވާނެއެވެ.

އެން.ސީ.އެސް.އޭ.ގެ އިޚްތިޞާޞްތައް ކަނޑައެޅުމުގައި، ސަރުކާރުގެ ކޮންމެ އިދާރާއެއްގެ އަމިއްލަވަންތަކަމާއި ސިއްރު ހިފެހެއްޓުމަށް ފުރުސަތު ދިނުމަކީ މުހިންމުކަމެއް ކަމުގައި ފެނެއެވެ.

އިތުރަށް ކިޔާލުމަށް:

ސައިބަރ ސެކިޔުރިޓީއަށް އަަހަންމިއްޔަތުކަން ދޭކަށް ނުވޭތަ؟

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.