އޯޕަންއޭއައި ސޯރާ: މިއަހަރު އާންމުންނަށް ދޫކޮށްލަނީ

އަޙްމަދު ދާއޫދު 23 މާރިޗު 2024

އޯޕަންއޭއައިގެ އާ ޓެކްސްޓް ޓު ވީޑިއޯ ޖަނަރޭޓަރު ސޯރާ 2024 ވަނަ އަހަރުގެ ފަހުކޮޅު އާންމުންނަށް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ނިންމައިފިއެވެ.

ވޯލް ސްޓްރީޓް ޖާނަލް އަށް ދެއްވި އިންޓަވިއުއެއްގައި އޯޕަންއޭއައިގެ ޗީފް ޓެކްނޮލޮޖީ އޮފިސަރު މީރާ މުރާތީ ވިދާޅުވީ ޓެކްސްޓް ޑިސްކްރިޕްޝަންތަކުން ހައިޕަރިއަލިސްޓިކް ވީޑިއޯ ކްލިޕްތައް އުފައްދައިލެވޭ "ސޯރާ" މި އަހަރު އާންމުންނަށް ބޭނުން ކުރަން ދޫކޮށްލާނެ ކަމަށެވެ.

އޯޕަންއޭއައި އިން އެންމެ ފުރަތަމަ ސޯރާ ދައްކާލީ 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. ސޯރާ އިން އުފައްދާފައިވާ ބައެއް ވީޑިއޯތައް އެކްސް (ކުރީގެ ޓްވިޓާ) ފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށް ވަދެ، ޓެކްސްޓް ޕްރޮމްޕްޓްތަކުން އެކަނި ވެސް ރިއަލިސްޓިކް ވީޑިއޯ ކޮންޓެންޓް އުފެއްދުމުގައި މި ޓޫލްގެ ގާބިލުކަން ދައްކުވައިދެއެވެ.

މުރާތީ ބުނި ގޮތުގައި ސޯރާގެ މުސްތަގުބަލުގެ ވާޝަންތަކުގައި އޯޑިއޯ ޖެނެރޭޝަން ހިމަނައިގެން އޭއައި އިން ގެނެސްދޭ މަންޒަރުތައް އިތުރަށް ޔަގީންވާނެއެވެ. އޯޕަންއޭއައި އިން ވެސް އެޑިޓިން ގާބިލްކަން އިތުރުކޮށް، މިހާރު ބޭނުންކުރާ ވާޝަންތަކުން ބައެއް ފަހަރު ސައްހަ ނޫން ކޮންޓެންޓް ދައްކުވައިދޭކަން ގަބޫލުކޮށް، ސިސްޓަމްގެ އައުޓްޕުޓްތަކަށް ބަދަލު ގެނައުމުގެ ވިސްނުން ގެންގުޅެއެވެ.

ސޯރާގެ މޮޑެލްތައް ތަމްރީނު ކުރުމަށް ބޭނުންކުރާ ޑޭޓާއާ ބެހޭ ގޮތުން ސުވާލު ކުރުމުން މުރާތީ މާ ބޮޑު ތަފްސީލެއް ނުދެއްވަ އެވެ. އާންމުކޮށް ލިބެން ހުރި އަދި ލައިސަންސް ލިބިފައިވާ ޑޭޓާސެޓްތައް ބޭނުންކޮށްފައިވާ ކަން އެކަމަނާ ކަށަވަރުކޮށްދެއްވި އިރު، އޭގެ ތެރޭގައި ޝަޓާސްޓޮކްގެ ކޮންޓެންޓް ވެސް މިހާރު އޮތް ޕާޓްނާޝިޕެއް މެދުވެރިކޮށް ހިމެނޭ ކަމަށާއި ނަމަވެސް ޔޫޓިއުބް، ފޭސްބުކް އަދި އިންސްޓަގްރާމް ފަދަ ބޮޑެތި ޕްލެޓްފޯމްތަކުގެ ވީޑިއޯތައް ހިމެނުނު ކަމެއް ސާފުކޮށްދީފައެއް ނުވެއެވެ.

މުރާތީ ވިދާޅުވީ އެމީހުންގެ ޓެކްސްޓް ޓު އިމޭޖް މޮޑެލް ޑީއެލް-އީ އާ އަޅާބަލާއިރު ސްކޭލްގައި ސޯރާ އޮޕަރޭޓް ކުރުމަކީ "މާ އަގުބޮޑު" ކަމެއް ކަމަށެވެ. ނަމަވެސް އޯޕަންއޭއައިގެ އަމާޒަކީ ޑަލް-އީ ލޯންޗުކުރުމަށްފަހު އެފަދަ ޚަރަދުތަކެއްގައި އާންމުންނަށް ސޯރާ ފޯރުކޮށްދިނުމެވެ.

2024 ވަނަ އަހަރުގެ އެމެރިކާގެ ރިޔާސީ އިންތިޚާބާ ގާތްވަމުން ދާއިރު، ސޯރާ ފަދަ ބާރުގަދަ ވީޑިއޯ ސިންތެސިސް ޓޫލްސް ނެރުމުން ދޮގު މައުލޫމާތު އުފައްދައި، އޮޅުވާލައިގެން ޑީޕްފޭކްތައް އުފެއްދުމުގެ ފުރުސަތު އޮންނާނެ ކަމުގެ ކަންބޮޑުވުން ވަނީ ބޮޑުވެފައެވެ.

މުރާތީ ވިދާޅުވީ، ޑީއެލް-އީގެ ސިޔާސަތުތަކާ އެއްގޮތަށް ޕަބްލިކް ފިގަރސް ސިންތެސިސް ކުރުން ސޯރާ އިން މަނާކުރާނެ ކަމަށާއި، ޖެނެރޭޓެޑް ވީޑިއޯތައް ވޯޓާމާކް ކުރާނެ ކަމަށާއި ނަމަވެސް ވޯޓާމާކިންގެ ޤާބިލްކަމާ މެދު ބަހުސް ކުރެވެމުންދާ ކަމަށެވެ.

އިތުރަށް ކިޔާލުމަށްއޯޕަންއޭއައިގެ ޓެކްސްޓް-ޓު-ވީޑިއޯ ޓޫލް ސޯރާ ދައްކާލައިފި

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.