އެބޮޓް ލެބޯޓްރީއިން އީޖާދުކުރި ދެ ގުލޫކޯސް މޮނީޓަރިންގ ސިސްޓަމްތައް ވިއްކުމުގެ ހުއްދަ އެފްޑީއޭއިން ދީފިއެވެ. މި ދެ ގުލޫކޯސް މޮނީޓަރިންގ ސިސްޓަމްތައް ބިނާވެފައިވަނީ އެމީހުންގެ މިހާރު ވިއްކަން ހުރި މަގުބޫލު ގްލޫކޯޒް މޮނިޓަރިން ސިސްޓަމުތަކުގެ ޓެކްނޮލޮޖީގެ މައްޗަށް ބިނާކޮށްފައެވެ. އަދި މިއިން ކޮންމެ ސިސްޓަމެއް ހަދާފައިވަނީ ދެއްވައްތަރެއްގެ ކަސްޓަމަރުންގެ ބޭނުންތައް ފުއްދައިދޭ ގޮތަށެވެ.
މިގޮތުން އަަލަށް ނެރުނު "ލިންގޯ" ފަރުމާކޮށްފައިވަނީ ސިއްހަތަށް ސަމާލުކަންދޭ ހާއްސަކޮށް އިންސިއުލިން ބޭނުންނުކުރާ، 18 އަހަރު ފުރިފައިވާ، މީހުންނަށެވެ.
މި ސިސްޓަމު މަސައްކަތްކުރަނީ އަތުގައި އަޅުވާ ބަޔޯސެންސަރަކުން ފޯނުން ބޭނުންކުރެވޭ އެޕަކަށް ފޮނުވާ ޑ14 ދުވަސް ވަންދެން މޮނީޓަރުކޮށްފައި މީގެން ލިބޭ މައުލޫމާތު ބޭނުންކޮށްގެން ސިއްހަތާއި ބެހޭ މައުލޫމާތު އެޕުން ހިއްސާކޮށްދެއެވެ. މީގެ ސަބަބުން އާންމު ފަރުދުންގެ ގްލޫކޯޒް މިންވަރު ޓްރެކުކޮށް، ސިއްހަތާއި ބެހޭ އަގުހުރި އިންސައިޓުތައްދީ، ބޭނުންކުރާފަަރާތަކަށް ފަރުމާކޮށް ދުޅަހެޔޮ ސިއްހަތެއް ލިބުމަށްޓަކައި މައުލޫމާތުދެއެވެ.
މި ސިސްޓަމު މަސައްކަތްކުރަނީ އަތުގައި އަޅުވާ ބަޔޯސެންސަރަކުން ފޯނުން ބޭނުންކުރެވޭ އެޕަކަށް ފޮނުވާ ޑޭޓާއިންނެވެ. 14 ދުވަސް ވަންދެން މޮނީޓަރކޮށްފައި މީގެން ލިބޭ މައުލޫމާތު ބޭނުންކޮށްގެން ސިއްހަތާއި ބެހޭ މައުލޫމާތު އެޕުން ދައްކާނެއެވެ. މީގެ ސަބަބުން އާންމު ފަރުދުންގެ ގްލޫކޯޒް މިންވަރު ޓްރެކުކޮށް، ސިއްހަތާއި ބެހޭ އަގުހުރި މައުލޫމާތު ފޯރުކޮށްދީ، ބޭނުންކުރާފަަރާތަކަށް ދުޅަހެޔޮ ސިއްހަތެއް ލިބުމަށްޓަކައި މައުލޫމާތުދެއެވެ.
މިގޮތުން އެޕު މެދުވެރިކޮށް އެކި ކާބޯތަކެތިން ހަށިގަނޑުގެ ގްލޫކޯޒް މިންވަރަށް އަންނަ ބަދަލުތައް ފޯރުކޮށްދެއެވެ. މިކަމަކީ ހިތުގެ ބަލިތަކާއި، ހަކުރު ބައްޔާއި ބައެއްކަހަލަ ކެންސަރުތަކަށް ރައްކާތެރިވުމުގެ ފުރުސަތު މިގޮތަށް ގްލޫކޯސް މޮނީޓަރކުރުމުން ދައްކުރެވޭނެ ކަމަށް ލަފާކުރެވޭ ކަމަށް ސިއްހަތާއި ބެހޭ މާހިރުން ބުނެފައިވެއެވެ.
ލީބަރ ރިއޯ ފަރުމާކޮށްފައިވަނީ ހަކުރުބަލީގެ ޓައިޕް 2 ޖެހިފައިވާ ބަލިމީހުންނަށެވެ. މިގޮތުން، މި ސިސްޓަމް ފާހަގަކުރެވެނީ 40-400 mg/dL މިނޭ އެންމެ ފުރަމަ ކައުންޓަރު މަތިން ލިބޭ ކޮންޓިނުއަސް ގްލޫކޯސް މޮނީޓަރ މަނުގައެވެ. ލިންގޯއެކާ އެއްފަދައިން، ލީބަރ ރިއޯ ހާއްސަކޮށްފައިވަނީ އިންސިއުލިން ބޭނުންނުކުރާ، 18 އަހަރު ފުރިފައިވާ ފަރުދުނަނަށެވެ.
ލީބަރ ރިއޯ ފަރުމާކޮށްފައިވަނީ ހަކުރުބަލީގެ ޓައިޕް 2 ޖެހިފައިވާ ބަލިމީހުންނަށެވެ. މިގޮތުން، މި ސިސްޓަމް ފާހަގަކުރެވެނީ 40-400 mg/dL މިނޭ އެންމެ ފުރަމަ ކައުންޓަރު މަތިން ލިބޭ ކޮންޓިނުއަސް ގްލޫކޯސް މޮނީޓަރ މަނުގައެވެ. ލިންގޯއެކާ އެއްފަދައިން، ލީބަރ ރިއޯ ހާއްސަކޮށްފައިވަނީ އިންސިއުލިން ބޭނުންނުކުރާ، 18 އަހަރު ފުރިފައިވާ ފަރުދުނަނަށެވެ.
މި ސިސްޓަމް މަސައްކަތް ކުރަނީ 15 ދުވަސް ވަންދެން އަތުގައި އަޅުވާ ބަޔޯސެންސަރަކާއި، އެއާއި ގުޅޭ ރީޑަރެއް ނުވަތަ ކޮންޕެޓިބަލް ފޯނު އެޕެއްގެ އެހީގައެވެ. މީގެ ސަބަބުން އިންސިއުލިން ބޭނުން ނުކޮށް ހަކުރު ބައްޔަށް ފަރުވާ ހޯދާ ފަރާތްތަކަށް އެފަރާތްތަކުންގެ ކެއުމަށް ބަލައިގެން ލޭގެ ގްލޫކޯސް މިންވަރު ބެލެހެއްޓުމަށް ފަސޭހަވެގެން ދެއެވެ.
މި އަހަރުގެ ކުރީކޮޅު އެފްޑީއޭއިން ވަނީ އެންމެ ފުރަތަމަ ކޮންޓިނުއަސް ގްލޫކޯސް މޮނީޓަރެއް ކައުންޓަރު މަތިން ވިއްކުމުގެ ހުއްދަ ޑެކްސްކޮމް ނެރުނު ސްޓެލޯއަށް ދީފައެވެ.
ދުނިޔެއާއި، ކާއިނާތާއި އިންސާނުންގެ އުފެއްދުންތެރިކަމާއި މެދު އަބަދުވެސް ސުވާލުކޮށް.