ދިރާގު ގޭމާސް ގިލްޑް (ޑީ.ޖީ.ޖީ) އިން "ގޭމްކުއެސްޓް-އައްޑޫ އެޑިޝަން" ގެ ނަމުގައި ގޭމިންގ މުބާރާތެއް އައްޑޫ ސިޓީގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތަކީ، ޑީ.ޖީ.ޖީ އިން އަތޮޅު ތެރޭގައި ބާއްވާ ފުރަތަމަ ގޭމިންގ މުބާރާތެވެ.
ދިރާގާއި އައްޑޫ ސިޓީ ކައުންސިލާ ގުޅިގެން އިންތިޒާމްކުރަމުންދާ ގޭމްކުއެސްޓް-އައްޑޫ އެޑިޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މާރިޗު މަހުގެ 16 އިން 17 އަށް އައްޑޫ ސިޓީގެ ޝަރަފުއްދީން ސްކޫލުގައެވެ. މިއީ އައްޑޫ ސިޓީގައި ގޭމް ކުޅުމަށް ޝައުގުވެރިކަން ހުންނަ ޒުވާނުންނަށް ހާއްސަކޮށްގެން ބާއްވާ މުބާރާތެކެވެ. މި ގޮތުން، އައްޑޫ ސިޓީއަށް ނިސްބަތްވާ އަލަށް ގޭމް ކުޅެން ފަށާ ގޭމާސް އިން ފެށިގެން އެންމެ ތަޖުރިބާކާރު ގޭމާސް އަށް ވެސް މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވައިލައިފައެވެ.
"ގޭމްކުއެސްޓް-އައްޑޫ އެޑިޝަން" ގައި ހިމެނޭ ގޭމްތަކުގެ ތެރޭގައި، އީ.އޭ.އެފް.ސީ 25 އަދި ވީ.އާރ ސިމިއުލޭޝަން ގޭމްތައް ވަނީ ހިމެނައިފައެވެ. އަދި، އީ.އޭ.އެފް.ސީ 25 މުބާރާތުގައި ބައިވެރިވެ ވަނަވަނަ ހޯދާ ގޭމާސްއަށް ޖުމްލަ 10،000 ރުފިޔާގެ ޕްރައިޒްޕޫލެއް ވަނީ ކަނޑައަޅައިފައެވެ.
މި މުބާރާތުގައި ބައިވެރިވާން ޝައުގުވެރިވާ ގޭމަރުންނަށް، dgg.mv މެދުވެރިކޮށް ރަޖިސްޓަރީކުރުމުގެ ފުރުސަތު ވަނީ ހުޅުވައިލައިފައެވެ. އަދި، ރަޖިސްޓަރީކުރުމުގެ ސުންގަޑިއަކީ 13 މާރިޗު 2025އެވެ.
އިތުރަށް ކިޔާލުމަށް
ދިރާގު އީ-ސްޕޯރޓްސް ކޮމްޕެޓިޝަން ނިންމާލައިފި!
ޓެކްނޮލޮޖީ ދާއިރާގެ މަސައްކަތްތެރިއެއް. ޓެކޮނޮލޮޖީއިން ގެނުވާ ބައިބައިވުން ކުޑަކުރުމަށް މަސައްކަތްކުރަން.