Download Logo
Copy Logo

ފޮޓޯ:ގާޑާ

އަޔަލޭންޑުގެ ފުލުހުންނަށް ސްޕައިވެއާ ބޭނުންކުރެވޭ ޤާނޫނެއް ތައާރަފުކުރަނީ

އަޝްނާ ރަޝީދު 12 އޯގަސްޓު 2025


ކުށްވެރިން ހައްޔަރުކުރުމަށް ބޭނުންކުރެވޭ ހެކިތައް ޒަމާނަށް އަންނަ ބަދަލުތަކާއެކު އެހެން ޑިޖިޓަލް ހެކިތައް ހިމެނުމަށް އަޔަލެންޑުން ޤާނޫނަށް އިސްލާހެއް ގެންނަން ހުށަހަޅާފިއެވެ. މި ޤާނޫނުގެ ދަށުން ސްޕައިވެއާ އާއި ވަކި ޝަރުތުތަކެއްގެ ދަށުން ބަޔޮމެޓްރިކް ޑޭޓާ ފަދަ ޑިޖިޓަލް ހެކިތައް ފުލުހުން، އަން ގާޑާ ސިއޯޗާނާއަށް ޖިނާއީ ތަހުގީގުތަކާއި ދައުލަތުގެ ސަލާމަތީ ކަންކަމާއި ގެއްލިފައިވާ މީހުންގެ ހޯދުމަށް ބޭނުންކުރެވޭނެއެވެ.

އަޔަލޭންޑުގެ ޖަސްޓިސް މިނިސްޓަރު ޖިމް އޯ'ކަލަގަން 20 ޖެނުއަރީ 2026ގައި އިއުލާން ކުރެއްވި ކޮމިއުނިކޭޝަންސް (އިންޓަސެޕްޝަން އެންޑް ލޯފުލް އެކްސެސް) ބިލްއަކީ 1993ގައި ތައާރަފުކުރި އިންޓަސެޕްޝަން އޮފް ޕޯސްޓަލް ޕެކެޓްސް އެންޑް ޓެލެކޮމިއުނިކޭޝަންސް މެސެޖާޒް (ރެގްއުލޭޝަން) އެކްޓް ގެ ބަދަލުގައި ޒަމާނީ ބަދަލުތަކާއި އެކު ގެނައި ބިލެކެވެ.

ޑިޕާޓްމަންޓް އޮފް ޖަސްޓިސްއިން ބުނެފައިވާގޮތުގައި މި އިސްލާހީ ބިލަކީ މިހާރު އޮތް ގާނޫނީ އޮނިގަނޑު މިޒަމާނުގެ ސްމާޓްފޯނާއި އެންކްރިޕްޓް މެސެޖިން އާއި ކްލައުޑް ސާވިސް އަދި ކަނެކްޓެޑް ޑިވައިސްތައް ފަދަ ޑިޖިޓަލް ޓެކްނޮލަޖީތައް އާންމުވެފައިވާ ދުނިޔެއްގައި ހަނގާ ކުއްތަކާއި ޖަރީމާތަށް ތަހުގީގު ކުރުމަށް ވަރަށް ބޭނުންވެފައިވާ އެއްޗެކެވެ.

މި ޤާނޫނުގެ ދަށުން ގާޑައިއަށް ސްޕައިވެއާ ފަދަ އުކުޅުތައް މެދުވެރިކޮށް ޤާނޫނީ މިންގަނޑުގެ ތެރެއިން ސިއްރުކޮށް ޝައްކުކުރެވޭ މީހުންގެ މޯބައިލް ފޯނާއި ކޮމްޕިއުޓަރު އަދި ނެޓްވޯކްތައް ފަދަ ޑިޖިޓަލް ތަކެތި ޤާނޫނީ މިންގަނޑުތަކުގެ ތެރޭގައި ސަވައިލެންސް ކުރެވޭނެ މަގެއް ހުޅުވިގެންދެއެވެ. މި ގޮތުން މި ޤަވާއިދުގެ ދަށުން އިންޓަސެޕްޓްކުރެވޭ ޑިޖިޓަލް މީޑީޔާގެ ތެރޭގައި އެންކްރިޕްޓްކޮށްފަ އަދި ނުކުރާ މުވާސަލާތީ ނިޒާމުތައްވެސް ހިމެނެއެވެ. މީގެ ތެރޭގައި ފޯނުކޯލާއި އީމެއިލްއާއި ވަޓްސްއެޕް އަދި ޓެލަގްރާމް ފަދަ މެސެޖިން އެޕްތަކާއި އައިއޯޓީ ޑިވައިސްތައްވެސް ހިމެނޭނެއެވެ. ގާޑައިއަށް މުވާސަލާތީ ކޮންޓެންޓާއިއެއާ ގުޅުންހުރި މެޓަޑޭޓާ ހޯދުމުގެ ހުއްދަ ލިބިގެންދާނެވެ. މިއީ ކުރީގެ ޤާނޫނުގެ ދަށުން ޕޯސްޓްކުރެވޭތަކެތި ބެލުމުގެ ޤާނޫނީ ހުއްދަ ޑިޖިޓަލް މީޑިޔާއަށް ފުޅާކުރުމުގެ ގޮތުން ޒަމާނަށް ފެތޭގޮތަށް ގެނެވުނު އިސްލާހެއްކަމަށް ބުނެވުނެވެ.

މިނިސްޓަރު އޯ'ކަލަގަން ވިދާޅުވެފައިވަނީ މި ޤާނޫނު 2024 ވަނަ އަހަރު ވެނިސް ކޮމިޝަނުން ނެރުނު ރިޕޯޓަށް ރިއާޔަތްކޮށް އިންސާނީ ހައްގުތަކާއި އަދަލުއިންސާފުގެ ހަމަތަކުގެ މިންގަނޑުތަކަށް ފެތޭގޮތު ބައްޓަންކުރާނެއެވެ. މީގެ އިތުރުން، މި ފަދަ އިންތިޒާމުތައް ހަމައެކަނި ބޮޑެތި ކުއްތަކާއި ޤައުމީ ސަލާމަތާއި ބެހޭ މައްސަލުތައް މިންގަނޑަށް ފެތޭ ގޮތުގެ މަތިން ބޭނުންކުރެވޭނެކަމަށް ސަރުކާރުން ވިދާޅުވެފައިވެއެވެ.

ނަމަވެސް އައިރިޝް ކައުންސިލް ފޯ ސިވިލް ލިބަރޓީސް ފަދަ މަދަނީ ޖަމިއްޔާތަކުން މި މިންގަނޑުތަކުގެ މައްޗަށް ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އެ ފަރާތްތަކުން ފާހަގަކޮށްލާފައިވާ ފަދައިން، ނޫސްވެރިންނާއި އެކްޓިވިސްޓުންނާއި ސިޔާސީ އިދިކޮޅު ފަރާތްތައް މޮނިޓަރ ކުރުމަށް އެހެން ގައުމުތަކުގައި ޕެގަސަސް ސްޕައިވޭއާ ފަދަ ޓެކްނޮލޮޖީތައް ބޭނުންކޮށްފައިވާ ފަދައިން މި ޤާނޫނާއި އެއާއި ވިދިން ފާސްކުރާ އެހެން ޤާނޫންތަކުން ގާޑާ ސިއޯޗާނާއަށް ބާރުލިބިދާނެކަމަށް އިންޒާރު ދީފައިވެއެވެ.

އަޝްނާ ރަޝީދު

އަޝްނާ ރަޝީދު

ދުނިޔެއާއި، ކާއިނާތާއި އިންސާނުންގެ އުފެއްދުންތެރިކަމާއި މެދު އަބަދުވެސް ސުވާލުކޮށް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.