ޕީސީ ތަކަށް އެންޑްރޮއިޑް ގެނައުމުގެ ދަތުރު ގޫގަލް އިން ފަށައިފި

ހުސެއިން އާރިފް 25 ސެޕްޓެމްބަރު 2025

ގޫގަލް އިން އަންނަނީ އެންޑްރޮއިޑް ފޯނާއި ޓެބްލެޓްގެ އިތުރުން ލެޕްޓޮޕް އަދި ޑެސްކްޓޮޕް ތަކަށް އެ އޮޕަރޭޓިން ސިސްޓަމް ފުޅާކޮށް، ޕީސީ ބާޒާރުގައި މައިކްރޮސޮފްޓް އަށް ގޮންޖަހައިލަން ތައްޔާރުވަމުންނެވެ. ކުއަލްކޮމްއާ ގުޅިގެން އެ ކުންފުނިން އަންނަނީ ބޮޑެތި ޑިވައިސްތަކުގައި އެންޑްރޮއިޑް އޮޕަރޭޓް ކުރާ ޔުނިފައިޑް ޕްލެޓްފޯމެއް އުފައްދަމުންނެވެ. މީގެ ކުރިން އިމިއުލޭޝަނަށް ބަރޯސާވާ ވެފައި އޮތް އޮތުން ދޫކޮށް މިއީ ޓްރެޑިޝަނަލް ކޮމްޕިއުޓިން އަށް ހާއްސަ ފުރިހަމަ އޮޕަރޭޓިން ސިސްޓަމް ތަޖުރިބާއެއް ގެނައުމަށް ކުރަމުންގެންދާ މަސައްކަތެކެވެ.

މިއީ ޕީސީ ތަކަށް އެންޑްރޮއިޓް ތައާރަފު ކުރުމަށް ގޫގަލް އިން މަސައްކަތްކުރާވާހަކަ އިއުލާނު ކުރި ފުރަތަމަ ފަހަރެއް ނޫނެވެ. މިފަހަރު ތަފާތުވަނީ ކުއަލްކޮމް އިން މި މަސައްކަތަށް ތައުރީފު ކޮށްފައި، ދެ ކުންފުނީގެ ވެރިން ވަނީ މޯބައިލް އަދި ޕީސީ އަށް ސަޕޯޓްކުރާ ކޮމްބައިންޑް ޕްލެޓްފޮމެއް ވުޖޫދުވަނީ ކަމަށް އިއުލާން ކޮށްފައެވެ.

ސްމާޓްފޯނު ތަކާއި ޓެބްލެޓް ތަކަށް ޖެމިނީގެ އެހީގައި އޭއައި ގެނައުމުން ލިބުނު ކުރިއެރުމާއި އެކު މި ޕްރޮޖެކްޓްގެ މައިގަނޑު އެއްބަޔަކީ ގޫގަލްގެ އޭއައި ސްޓޭކް ސީދާ އެންޑްރޮއިޑް ޕީސީތަކަށް އިންޓެގްރޭޓް ކުރުމެވެ. މިކަމުގެ ސަބަބުން ސިސްޓަމް ލެވެލްގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށް، އުފެއްދުންތެރިކަމާއި އުފެއްދުންތެރިކަމަށް ބޭނުންވާ ފީޗާތައް ޕާސަނަލް ކޮމްޕިއުޓަރ ސްކްރީންތަކުގައި ބޭނުންކުރެވޭނެއެވެ.

މި ސްޓްރެޓެޖީގެ ސަބަބުން ޒަމާންތަކެއް ވަންދެން ޕީސީ ދުނިޔޭގައި ރަސްކަން ކުރަމުންދާ މައިކްރޮސޮފްޓް އޮޕަރޭޓިންގް ސިސްޓަމް ތަކަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތި ކުރުވާ ގޫގަލް އިން މާކެޓް ޑޮމިނޭޓް ކުރުމަށް ހަލުވި ކަމާއި އެކު މަސައްކަތް ކުރާނެ ކަމަށް ބެލެވެއެވެ. އެންޑްރޮއިޑްގެ ބޮޑު އެޕް އިކޯސިސްޓަމްގެ ބޭނުން ހިފައި، ކްރޯމް އޯއެސް އިން ދަސްކުރި ފިލާވަޅުތަކާ އެކު ގޫގުލް އިން އުއްމީދު ކުރަނީ ވިންޑޯޒްގެ ބަދަލުގައި ލުއި، އަވަސް އަދި އެފިޝަންޓް އޮލްޓަނޭޓިވްއެއް ލިބޭނެ ކަމަށެވެ.

އެހެން ނަމަވެސް ގޫގަލް އަށް އަދިވެސް ގޮންޖެހުންތައް އެބަހުއްޓެވެ. އެންޑްރޮއިޑްގެ ހުރިހާ އެޕްލިކޭޝަންތަކަކީ ޑެސްކްޓޮޕްތަކަށް އޮޕްޓިމައިޒް ކޮށްފައިވާ އެޕްލިކޭޝަންތަކެއް ނޫން ކަމަށް ވުމާއި އެކު އެޑްވާންސް މަލްޓިޓާސްކިން، ވަރުގަދަ ހާޑްވެއާ ސަޕޯޓް އަދި މައުސް އާއި ކީބޯޑްފަދަ ޕެރިފެރަލްސްއާ އެކު އޮމާން އިންޓެގްރޭޝަން ފީޗާތައް ތައާރަފު ކުރުމަށް ދަތިވާނެއެވެ. ވިންޑޯޒް ޑިވައިސްތަކުގެ ބަދަލުގައި އެންޑްރޮއިޑް ޕީސީ އިޚްތިޔާރު ކުރުމަށް އުފެއްދުންތެރިންނާއި ކަސްޓަމަރުން ގޫގަލް އަށް ބަދަލުކުރުމުގެ މަރުހަލާ އަދި މާ އުނދަގޫވާނެ ކަމަށް ބެލެވެއެވެ.

ނަމަވެސް އެކަން ކާމިޔާބުވެއްޖެ ނަމަ ގޫގުލް އިން ޕާސަނަލް ކޮމްޕިއުޓިން އަލުން ރީޑިފައިންކޮށް، އެންޑްރޮއިޑަކީ ހަމައެކަނި މޮބައިލް ސިސްޓަމެއްގެ އިތުރުން ޕީސީގެ ދުނިޔޭގައި ވިންޑޯޒްއާ ވާދަކުރާ ކުންފުންޏަކަށް ބަދަލުވެދާނެ ކަމުގެ އުންމީދު ބޮޑެވެ.

ހުސެއިން އާރިފް

ހުސެއިން އާރިފް

ރާއްޖޭގެ ޓެކްނޮލޮޖީ މަޝްރަޙް ޓެކްނޮލޮޖީގެ ދުނިޔޭގައި ފައި ހަމަ ކުރުމަށް ފައިކުރި އޮޅާލައިފިން. ވޭތުވެދިޔަ ތަނުގައި ތަފާތު ނޫސް މަޖައްލާ ގައި ލިޔުން ލިޔެފައިވަނީ ދާއިރާގެ ކުރިމަގަށް ކުރެވޭ ގިނަ އުންމީދު ތަކާއި އެކު.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.