މެޓާއިން އޭއައި ވީޑިއޯ 'ވައިބްސް' ފީޑެއް ތައާރަފްކޮށްފި

އަޙްމަދު ދާއޫދު 26 ސެޕްޓެމްބަރު 2025

މެޓާ އޭއައި އެޕް އަދި ވެބްސައިޓްގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ކުރު ވީޑިއޯތައް އުފެއްދުމަށް ހާއްސަކޮށްގެން 'ވައިބްސް' ނަމަކަށް ކިޔާ ފީޑެއް މެޓާއިން ތައާރަފްކޮށްފިއެވެ.

މެޓާ އޭއައި އެޕަކީ ފޭސްބުކް، އިންސްޓަގްރާމް، ވަޓްސްއެޕް އަދި މެސެންޖާ ފަދަ މެޓާގެ މަގުބޫލު މަންސަތަކަށް ޚާއްސަކޮށް ތަޢާރަފްކޮށްފައިވާ ވާޗުއަލް އެސިސްޓެންޓެކެވެ. މިއީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ އެހީގައި، އެޕްބޭނުންކުރާ ފަރާތްތްކުގެ ދިރިއުޅުން ފަސޭހަކޮށް، މެޓާގެ މަންސަތަކުގައި ލިބޭ ތަޖުރިބާ އިތުރަށް މުއްސަނދިކޮށްދިނުމަށް އެޅުނު ފިޔަވަޅެކެވެ. މި އެޕްގެ ޒަރީއާއިން އެކި ބޭނުންތަކަށް އޭއައިގެ އެހީތެރިކަން ލިބިގެންދާނެއެވެ.

މެޓާ އިން ބުނާ ގޮތުގައި ޔޫޒަރ އެކްޓިވިޓީގެ މައްޗަށް ބިނާކޮށް ފީޑް މަޑުމަޑުން ޕާސަނަލައިޒް ވާނެ އެވެ.

މި އެޕް މެދުވެރިކޮށް ކުރެވޭ އެކި ކަންތައްތަކުގެ ތެރޭގައި މައުލޫމާތު ސާފުކުރުމަށް ސުވާލުކުރުމާއި، އެކި ވައްތަރުގެ ކޮންޓެންޓް އުފެއްދުން ހިމެނެއެވެ. މިސާލަކަށް، ލިޔުންތަކާއި ސޯޝަލް މީޑިއާގައި ޝެއާކުރާ ޕޯސްޓްތައް، އަދި އެހެނިހެން ކޮންޓެންޓް އުފައްދައިދިނުމަށް ވެސް މެޓާ އޭއައި އެހީތެރިވެދޭނެއެވެ. މީގެ އިތުރުން، ބޭނުންވާ ކަހަލަ ފޮޓޯއެއްގެ ތަފްސީލު ދިނުމުން، އޭއައި ބޭނުންކޮށްގެން އެފަދަ ފޮޓޯތައް އުފައްދައިދިނުމުގެ ގާބިލިއްޔަތު ވެސް މި އެޕްގައި ހުރެއެވެ.

މެޓާ އޭއައިގެ މައިގަނޑު މަޤްޞަދަކީ، މެޓާގެ މަންސަތައް ބޭނުންކުރާ ފަރާތްތަކަށް ޒަމާނީ އޭއައި ޓެކްނޮލޮޖީގެ ފައިދާ ފޯރުކޮށްދިނުމެވެ. އެގޮތުން، މުނިފޫހިފިލުވުމާއި ކުޅިވަރުތަކާއި ސުވާލު-ޖަވާބު ސެޝަންތަކުގައި ބައިވެރިވުމުގެ ފުރުސަތު ވެސް މި އެޕް މެދުވެރިކޮށް ލިބިގެންދާނެއެވެ. ޖުމްލަގޮތެއްގައި، މެޓާ އޭއައިއަކީ ދިރިއުޅުމަށް ފަސޭހަތަކެއް ގެނެސްދިނުމަށާއި، ޑިޖިޓަލް ތަޖުރިބާ އިތުރަށް ހަރުދަނާކުރުމަށް މެޓާއިން ތަޢާރަފްކޮށްފައިވާ މުހިންމު ޚިދުމަތެކެވެ.

މި އެޕް މެދުވެރިކޮށް މެޓާއިން އަލަށް ތަޢާރަފްކުރި މި ފީޗާގެ ސަބަބުން ބޭނުންކުރާ ފަރާތްތަކަށް އޭއައި ބޭނުންކޮށްގެން ވީޑިއޯ އުފައްދައި، ބަލައި، އަދި ހިއްސާކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މެޓާއިން ބުނެފައިވާ ގޮތުގައި، މި އާ ފީޗާގެ މަގްސަދަކީ މެޓާ އޭއައިގެ މީޑިއާގެ ވަސީލަތްތައް ބޭނުންކޮށްގެން އުފެއްދުންތެރި ވަސީލަތެއް ފޯރުކޮށްދީ، ތަޖުރިބާކުރުން ފަސޭހަކުރުމެވެ. ބޭނުންކުރާ ފަރާތްތަކަށް އާ ވީޑިއޯއެއް އުފެއްދުމަށް ނުވަތަ މިހާރު ހުރި ވީޑިއޯއެއް ރީމިކްސް ކުރުމުގެ ގާބިލްކަން ވެސް ލިބިގެންދާނެއެވެ.

މެޓާ ވައިބްސް -- ފޮޓޯ: މެޓާ

ވީޑިއޯތަކަށް އާ ވިޝުއަލްސްތައް އިތުރުކޮށް، މިއުޒިކް ލޭޔާކޮށް، އަދި ސްޓައިލް ބަދަލުކުރުމުގެ އިހްތިޔާރު ވެސް ބޭނުންކުރާ ފަރާތްތަކަށް ލިބޭނެއެވެ. މެޓާއިން ބުނެފައިވާ ގޮތުގައި، މި ފީޑް މަޑުމަޑުން ޕަރސަނަލައިޒް ވާނެ ކަމަށާއި، އެކަން ބިނާވެގެންދާނީ ބޭނުންކުރާ ފަރާތްތަކުގެ ހަރަކާތްތަކަށް ބިނާކޮށް ކަމަށެވެ.

މި އޭއައި-ޖެނެރޭޓް ކުރެވޭ ވީޑިއޯތައް ވައިބްސް ފީޑްގައި ސީދާ ހިއްސާކުރެވޭނެއެވެ. އަދި ޑައިރެކްޓް މެސެޖް މެދުވެރިކޮށް ރައްޓެހިންނަށް ފޮނުވޭނެއެވެ. މީގެ އިތުރުން، އިންސްޓަގްރާމް އަދި ފޭސްބުކް ސްޓޯރީސް ނުވަތަ ރީލްސްއަށް ވެސް ކްރޮސް-ޕޯސްޓް ކުރެވޭނެއެވެ. އިންސްޓަގްރާމްގައި މެޓާ އޭއައި ވީޑިއޯއެއް ފެނިއްޖެނަމަ، އެ ވީޑިއޯ މެޓާ އޭއައި އެޕްގައި ރީމިކްސް ކުރުމުގެ ފުރުސަތު ވެސް ލިބިގެންދާނެއެވެ.

މެޓާއިން ބުނެފައިވާ ގޮތުގައި، މި ފީޗާ ކުރިއަށް އޮތްތަނުގައި އިތުރަށް ފުޅާކުރެވޭނެއެވެ. މިހާރު ވެސް ގިނަ އަދަދެއްގެ ވިޝުއަލް އާޓިސްޓުންނާއި ކްރިއޭޓަރުންނާ ގުޅިގެން އިތުރު ބާރުގަދަ ކްރިއޭޝަން ޓޫލްސްތަކެއް ތަރައްގީ ކުރަމުންދާ ކަމަށް ވެސް މެޓާއިން ބުނެފައިވެއެވެ. މެޓާ އޭއައި އެޕްއަކީ މެޓާގެ އޭއައިގެ ހަރަކާތްތަކުގެ މައި މަރުކަޒު ކަމުގައި ދެމި އޮންނާނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.