ބުރާސްފަތި ދުވަހުގެ ރޭ ހުޅުވި އެޕްލް މޮނޯ ސްޓާރު ---
ދިވެހިރާއްޖޭގެ އިލެކްޓްރޯނިކްސް ދާއިރާއަށް އާ އުފާވެރިކަމެއް ގެނެސްދީ، އެޕަލްގެ އުފެއްދުންތަކަށް ލޯބިކުރާ ފަރާތްތަކަށް ހާއްސަ މަރުކަޒެއްގެ ގޮތުގައި އެޕަލް މޮނޯ ސްޓޯރެއް ރާއްޖޭގައި ހުޅުވައިފިއެވެ.
މި ސްޓޯރު ހުޅުވާފައިވަނީ ރާއްޖޭގެ މަޝްހޫރު އިލެކްޓްރޯނިކްސް ވިއްކާ ކުންފުނި ކަމަށްވާ އެލް މޯބައިލް (eLL Mobile) އިންނެވެ. މިއީ ރާއްޖޭގައި އެޕަލްގެ އުފެއްދުންތައް ހޯދުމަށް ދިވެހި ކަސްޓަމަރުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައެކެވެ.
2021 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 2 ވަނަ ދުވަހު، އެލް މޯބައިލް ވަނީ އެޕަލްގެ ރަސްމީ އޮތޮރައިޒްޑް ރީސެލަރެއްގެ ގޮތުގައި ހޮވިފައެވެ. މި ކާމިޔާބީއާއެކު، އެލް މޯބައިލްއަށް ވަނީ އެޕަލްގެ ހުރިހާ އުފެއްދުންތަކެއް ރަސްމީކޮށް ރާއްޖެއަށް ގެނެސް، ވިއްކުމުގެ ހުއްދަ ލިބިފައެވެ. މިކަމުގެ ސަބަބުން، ދިވެހި ކަސްޓަމަރުންނަށް އެޕަލްގެ އޮރިޖިނަލް އުފެއްދުންތައް، ރަސްމީ ވޮރަންޓީއާއެކު، ރައްކާތެރިކަމާއެކު ހޯދުމުގެ ފުރުސަތު ވަނީ ފަހިވެފައެވެ.
އެލް މޯބައިލްގެ އެޕަލް މޮނޯ ސްޓޯރު (އެލް ސްޓޫޑިއޯ) ހުޅުވާފައިވަނީ މާލޭގެ މަޖީދީ މަގުގައެވެ. މި ސްޓޯރު ހުޅުވުމާ ގުޅިގެން، ހާއްސަ ގްރޭންޑް އޯޕަނިންގ އޮފާތަކެއް ވަނީ ހުށަހަޅާފައެވެ. މިގޮތުން، އައިޕެޑް ގަތުމުން 8% އާ ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށް އެލް މޯބައިލްގެ އިންސްޓަގްރާމް ޕޯސްޓަކުން ވަނީ ހާމަކޮށްފައެވެ. މީގެ އިތުރުން، އައިފޯން ގަންނަ ފުރަތަމަ 50 ކަސްޓަމަރުންނަށް ހިލޭ އެއަރޕޮޑްސް 4 ލިބޭނެ ކަމަށާއި، ފުރަތަމަ 100 ކަސްޓަމަރުންނަށް ހިލޭ ސްކްރީން ގާޑާއި 20W އެޑެޕްޓަރެއް ލިބޭނެ ކަމަށްވެސް ވަނީ ހާމަކޮށްފައެވެ. މި އޮފާތައް ހިނގާނީ 2026 މާރޗް 5 އިން 10 އަށް ނުވަތަ ސްޓޮކް ހުސްވަންދެނެވެ.
މި އެޕަލް މޮނޯ ސްޓޯރު ހުޅުވުމުގެ ސަބަބުން ދިވެހި ކަސްޓަމަރުންނަށް ގިނަ ފައިދާތަކެއް ލިބިގެންދާނެއެވެ. އެގޮތުން، އެޕަލްގެ އޮރިޖިނަލް އުފެއްދުންތައް ރަސްމީ ޑީލަރެއްގެ ފަރާތުން ހޯދުމުގެ ފުރުސަތާއި، ރަސްމީ ވޮރަންޓީ ލިބިގެންދާނެއެވެ. އަދި އެޕަލްގެ އުފެއްދުންތަކާ ގުޅޭގޮތުން ބޭނުންވާ މައުލޫމާތާއި، ސާވިސް އަދި ސަޕޯޓް އެއްތަނަކުން ލިބި، ހާއްސަ އޮފާތަކާއި، އެހެނިހެން ޕްރޮމޯޝަންތަކުގެ ފައިދާ ނެގުމުގެ ފުރުސަތުވެސް ލިބިގެންދާނެއެވެ. މީގެ އިތުރުން، މާލެއާއި ހުޅުމާލެއަށް އަދި ދޯނިފަހަރަށް ހިލޭ ޑެލިވަރީ ލިބުމަކީވެސް ކަސްޓަމަރުންނަށް ލިބޭނެ އިތުރު ފަސޭހައެކެވެ.
އެޕަލްގެ އުފެއްދުންތަކަށް ޝައުގުވެރިވާ ފަރާތްތަކަށް މިކަމުގެ ސަބަބުން އިތުރު ފަސޭހަތަކެއް ލިބިގެންދާނެއެވެ.
މޮނޯ ސްޓޯރަކީ ވަކި ބްރޭންޑަކަށް ހާއްސަ ކުރެވިފައިވާ ސްޓޯރެކެވެ. މިފަދަ ސްޓޯރުތަކުން އެ ބްރޭންޑްގެ ހުރިހާ އުފެއްދުންތަކެއް އެއްތަނަކުން ލިބެން ހުރުމުގެ އިތުރުން، އެ ބްރޭންޑްގެ ޚާއްސަ ޑިޒައިނާއި މިންގަނޑުތަކަށް ފެތޭ ގޮތަށް ސްޓޯރު ތައްޔާރުކޮށްފައި ހުރެއެވެ.
އެޕަލް މޮނޯ ސްޓޯރެއް ހުޅުވުމަށް އެޕަލްގެ ފަރާތުން ކަނޑައަޅާފައިވާ ވަކި މިންގަނޑުތަކަކާއި ޝަރުތުތަކެއް ހަމަވާންޖެހެއެވެ. މިގޮތުން، ސްޓޯރުގެ ތަނުގެ ބޮޑުމިނާއި، އެތެރޭގެ ޑިޒައިނާއި، ވިއްކާ މުވައްޒަފުންގެ ތަމްރީނާއި، ކަސްޓަމަރުންނަށް ދޭންޖެހޭ ޚިދުމަތްތަކުގެ ފެންވަރު ފަދަ ކަންކަމަށް އެޕަލްގެ ގައިޑްލައިންތަކަށް ފެތޭންޖެހެއެވެ.
މިފަދަ ސްޓޯރުތައް ހުޅުވުމުގެ ބޭނުމަކީ ކަސްޓަމަރުންނަށް އެންމެ ފުރިހަމަ ތަޖުރިބާއެއް ފޯރުކޮށްދިނުމާއި، އެ ބްރޭންޑްގެ ރަސްމީ އުފެއްދުންތަކާއި ޚިދުމަތްތައް ފަސޭހައިން ލިބޭނެ ގޮތް ހެދުމެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.