ފޮޓޯ: ޔޫބޯޓް ވޯކްސް
ނެދަލެންޑްސްގެ ކުންފުންޏަކުން ދުނިޔޭގެ އެންމެ ހަލުވި ޕާސަނަލް ސަބްމެރިން ކަމަށްވާ "ސުޕަ ސަބްމެރިން" ނެރެފި އެވެ. ޔޫ-ބޯޓް ވޯކްސް އިން 5.75 މިލިއަން ޑޮލަރަށް އުފައްދާފައިވާ މި ސަބްމެރިން އަށް ނިސްބަތްކުރަނީ "ކަނޑުއަޑީގެ ސުޕަރ ކާރު" ގެ ނަމުންނެވެ.
ތިން މީހުންގެ ޖާގައިގެ މި އުޅަނދު ގަޑިއަކު 9-10 ނޮޓް (ގާތްގަނޑަކަށް 11.5 މޭލު) ގެ ބާރުމިނަށް ދަތުރު ކުރެވޭއިރު، މިއީ އެހެން ސަބްމާސިބަލްތަކާއި ޑޮލްފިންގެ ދުވެއްޔަށްވުރެއް ބާރު ސްޕީޑެއްގައި ދުއްވާ އުޅަނދުތަކެކެވެ. 300 މީޓަރު އަޑިއަށް ޑައިވް ކުރުމުގެ ގާބިލްކަން ލިބިފައިވާއިރު، ހައިޑްރޯ ޑައިނަމިކް ފަރުމާއާއި، އެޑްވާންސް ޕްރޮޕަލްޝަން ގެ ސަބަބުން މީއުޅަނދު ވަރަށް ސްޓެބަލް ވެފައި ދުވެލި ބާރުވި ނަމަވެސް މާގިނަ ލޮޅުންތަކެއް ނާދެއެވެ.
ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި އުފައްދާފައިވާ މި ސުޕަ ސަބްގައި ނެވިގޭޝަންގެ ސޯނާރ ސިސްޓަމާއި، ރިޑަންޑެންޓް ސޭފްޓީ މެކޭނިޒަމްސް އަދި 96 ގަޑިއިރުގެ އިމަޖެންސީ ލައިފް ސަޕޯޓް ހިމެނެއެވެ. މި އުޅަނދުގެ ޓްރާންސްޕޭރެންޓް އެކްރިލިކް ހަލް ގެ ސަބަބުން ކަނޑުއަޑީގެ މަންޒަރުތައް ވަރަށް ޗާލުކޮށް ފެންނާނެ އެވެ.
މި ސަބްމާސިން މިހާރު ވަނީ ކުރާކާއޯގެ ކަނޑުގެ ސަރަހައްދުގައި ވަރަށް ގިނަ ޓްރަޔަލްތަކެއް ފުރިހަމަކޮށްފަ އެވެ. ލަގްޒަރީ އެކްސްޕްލޮރޭޝަންތަކަށް ހާއްސަކޮށްފައިވާ މި ސަބްމެރިން ބޭނުންކުރާނީ ހައި އެންޑް ޔޮޓް އޮޕަރޭޝަންތަކާއި ޕްރައިވެޓް ކަނޑުއަޑީގެ އެކްސްޕެޑިޝަންތަކުގަ އެވެ.
ޙެއްވާ މަޖާ ވައިރަލް ހަބަރު ތަކާއި އެކު ހޮޅުއަޓަށް ދިރުން ގެނައުމަކީ ލިބޭ ބޮޑު ހިތްހަމަ ޖެހުމެއް